އެފްއޭ ކަޕް: ޗެލްސީ ސަލާމަތްކޮށްދިނީ ކެޕާ، ސިޓީން ފަހަތުން އަރައި ފުލަމް ބަލިކޮށްފި

Feb 5, 2022, 5:25 PM
ފަހު ވަގުތު ޕެނަލްޓީ މަތަކުރި ޗެލްސީގެ ކީޕަރު ކެޕާ (ކ) އާއި ޖޯޖީނިއޯ.-- ފޮޓޯ: އޭއެފްޕީ

ފަހު ވަގުތު ޕެނަލްޓީ މަތަކުރި ޗެލްސީގެ ކީޕަރު ކެޕާ (ކ) އާއި ޖޯޖީނިއޯ.-- ފޮޓޯ: އޭއެފްޕީ

ލަންޑަން (ފެބްރުއަރީ 4) - އިނގިރޭސި އެފްއޭ ކަޕްގައި މިރޭ ޕްލައިމައުތު އާގައިލާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީގެ ކީޕަރު ކެޕާ އަރިއްޒަބަލާގާ މަތަކުރި ޕެނަލްޓީއާ އެކު 2-1 އިން އެ ޓީމު މޮޅުވިއިރު، މެންޗެސްޓާ ސިޓީން ފަހަތުން އަަރައި 4-1 އިން ފުލަމް ބަލިކޮށް، މުބާރާތުގެ ގަދަ 16 ޓީމުގެ ބުރުން ފުރުސަތު ހޯދައިފި އެވެ.

ޗެލްސީން މިރޭގެ މެޗަށް ނުކުތުމުގެ ކުރިން އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން ވަނީ އެކަހެރިވާން ޖެހިފަ އެވެ. ޓުޗެލް ނެތުމުން ބެންޗުގައި ހުރެ ޗެލްސީ ޓީމަށް އިރުޝާދުދިނީ އާނޯ މިޗެލްސް އެވެ.

ވަރުގަދަ ޓީމަކާ އެކު ނުކުތް ޗެލްސީ ދަނޑުގައި ކުޅުނު މެޗުގައި ފުރަތަމަ ލީޑުނެގީ އިނގިރޭސި ތިން ވަނަ ޑިވިޝަނުގައި ކުޅެމުން އަންނަ ޓީމު ޕްލައިމަތުންނެވެ. މެޗުގެ އަށް ވަނަ މިނިޓްގައި މަކައުލީ ގިލެސްޕީ ވަނީ ބޮލުން ގޯލެއް ޖަހައި ޕްލައިމައުތަށް ލީޑުނަަގައިދީފަ އެވެ.

ޗެލްސީން ނަތީޖާ ހަމަހަމަކުރަން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 41 ވަނަ މިނިޓްގަ އެވެ. މޭސަން މައުންޓް އޭރިއާތެރެއަށް ނަގައިދިން ހުރަހަކުން މި ގޯލު ޖެހީ ސެޒާ އަޒްޕިލިކުއޭޓާ އެވެ. ދެ ވަނަ ހާފްގައި ޗެލްސީން ގޯލެއް ޖެހޭތޯ ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދެ ޓީމު 1-1 އިން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެން އިތުރު ވަގުތުގެ ދެ ހާފް ކުޅުނެވެ.

އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޗެލްސީން މެޗުގައި ފުރަތަމަ ފަހަރަށް ލީޑުނެގީ ކައި ހަވާޓްޒް ދިން ބޯޅައަކުން މާކޯސް އަލޮންސޯ ޖެހި ގޯލުންނެވެ. އިތުރު ވަގުތުގެ ދެ ވަނަ ހާފްގެ ފަހު ކޮޅުގައި ޗެލްސީގެ ޑިފެންޑަރު މަލަންގް ސާ ކުރި ފައުލަކަށް ރެފްރީ ޕެނަލްޓީއެއް ދިނެވެ. ނަތީޖާ ހަމަހަމަކުރަން ޕްލައިމައުތުގެ ރިޔާން ހާޑީ ފޮނުވާލި ޕެނަލްޓީ ޗެލްސީ ކީޕަރު ކެޕާ ވަނީ ހުއްޓުވައިފަ އެވެ.

މި މެޗަށް ފަހު ޗެލްސީން އަބޫދާބީ އަށް ދަތުރުކުރާނީ ޔޫރަޕްގެ ޗެމްޕިއަންގެ ހައިސިއްޔަތުން ފީފާ ކްލަބް ވޯލްޑް ކަޕްގައި ކުޅޭށެވެ.

ފުލަމް ކުޅުންތެރިއަކު ކައިރިން ސިޓީގެ މާރޭޒް (ވ) ބޯޅަ ހިފައިގެންދެވޭތޯ މަސައްކަތްކުރަނީ.-- ފޮޓޯ: އޭއެފްޕީ

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މިރޭގެ މެޗު ފަށައިގެން ހަތަރު ވަނަ މިނިޓްގައި ފުލަމް އަށް ލީޑުނަގައިދިނީ ނިމިދިޔަ ޓްރާންސްފާ މާކެޓްގައި ލިވަޕޫލުން ސޮއިކުރެވޭތޯ މަސައްކަތްކުރި ފަބިއޯ ކަވާލިއޯ އެވެ. ކަވާލިއޯގެ ގޯލުން ލީޑުނަގައި ސިޓީ އަށް ހަމަޖެހިނުލެވެނިސް މެޗުގެ ހަ ވަނަ މިނިޓްގައި އިލްކާއި ގުންޑޮގާން ވަނީ ރިޔާދު މާރޭޒް ދިން ބޯޅައަކުން ސިޓީ އަށް އެއްވަރުކޮށްދީފަ އެވެ. އަދި މެޗުގެ 13 ވަނަ މިނިޓްގައި ޖޯން ސްޓޯންސް ސިޓީ އަށް ލީޑުނަގައިދިނެވެ.

މެޗުގެ 53 ވަނަ މިނިޓްގައި ޖެކް ގްރީލިޝް އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީއެއްގައި މާރޭޒް ޖެހި ގޯލުން ސިޓީން ލީޑުފުޅާކުރި އެވެ. އޭގެ ހަތަރު މިނިޓް ފަހުން މާރޭޒް ވަނީ އިތުރު ގޯލެއް ޖަހައިފަ އެވެ. މިއީ އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން)ގެ އެންމެ ފަހުގެ ޗެމްޕިއަންގެ ގޮތުގައި މި ފަހަރުގެ މުބާރާތުގައި ވާދަކޮށް ގްރޫޕް ސްޓޭޖުން ކެޓި ފަހުން އަލްޖީރިއާގެ ކެޕްޓަން މާރޭޒް، ސިޓީ އަށް އެނބުރި އައިސް ކުޅުނު ފުރަތަމަ މެޗެވެ. އޭނާ ވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ދާދި ފަހުން އެވަޓަންގެ ކޯޗުކަމާ ހަވާލުވި ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން އެވަޓަން އިން ކުޅުނު ފުރަތަމަ މެޗުގައި ވަނީ މިރޭ އެފްއޭ ކަޕްގައި ބްރެންޓްފޯޑް އަތުން 4-1 އިން މޮޅުވެފަ އެވެ. އެވަޓަންގެ ގޯލުތައް ޖެހީ ޔެރީ މިނާ، ރިޗާލިސަން، މޭސަން ހޯލްގޭޓް އަދި އަންޑްރޮސް ޓައުންސެންޑް އެވެ. ބްރެންޓްފޯޑްގެ ހަމައެކަނި ލަނޑު ޖެހީ އިވާން ޓޯނޭ އެވެ.

ވެސްޓް ހޭމް ޔުނައިޓެޑުން އިންގްލެންޑްގެ ދަށް ޑިވިޝަނުގެ ކިޑާމިންސްޓާ އަތުން މޮޅުވީ އުނދަގުލުންނެވެެ. އިތުރު ވަގުތުގެ ދެ ހާފް ކުޅުނު މި މެޗުގައި ވެސްޓް ހޭމް މޮޅުވީ 2-1 އިންނެވެ. ނޮރިޗް ސިޓީން ވަނީ ރަށުންބޭރުގައި 1-0 އިން ވުލްވްސް ބަލިކޮށް އެ ޓީމު ކަޓުވާލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox