ހުލާސާކޮށް އިއްޔެ: ކޮމަންޑޫ ގޮނޑި އެމްޑީޕީގެ ރާޝިދަށް

ކޮމަންޑޫ ދާއިރާގެ އިންތިހާބު ކާމިޔާބު ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް ރާޝިދު. އޭނާ ވަނީ ވޯޓުލި މީހުންގެ 47.78 އިންސައްތަ ވޯޓު ކާމިޔާބު ކޮށްފައި -- ގްރެފިކްސް: އަބްދުﷲ ޝަފީއު/އަދަދު

ކޮމަންޑޫ ދާއިރާގެ އިންތިހާބު ކާމިޔާބު ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް ރާޝިދު. އޭނާ ވަނީ ވޯޓުލި މީހުންގެ 47.78 އިންސައްތަ ވޯޓު ކާމިޔާބު ކޮށްފައި -- ގްރެފިކްސް: އަބްދުﷲ ޝަފީއު/އަދަދު

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދު ކާމިޔާބު ކުރެއްވީ އިއްޔެ އެވެ.

އިއްޔެ ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ވޯޓުލި 2،932 މީހުންގެ ތެރެއިން ރާޝިދު ވަނީ 1،401 ވޯޓާއެކު 48.56 އިންސައްތަ ވޯޓު ކާމިޔާބު ކޮށްފަ އެވެ. ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ 1،161 ވޯޓާއެކު 40.24 އިންސައްތަ ކާމިޔާބު ކުރިއިރު 323 ވޯޓާއެކު ތިންވަނައަށް ދިޔަ އެމްއެންޕީގެ ކެންޑިޑޭޓަށް ލިބުނީ ވޯޓުލި މީހުންގެ 11.20 އިންސައްތަ އެވެ.

އިންތިހާބުގައި ރާޝިދާ އެންމެ ބޮޑަށް ވާދަކުރެއްވީ އިދިކޮޅު, ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ އާދަމެވެ. އެ ދެ ކެންޑިޑޭޓުންގެ މެދުގައި 240 ވޯޓުގެ ފަރަގެއް ހުއްޓެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 3،309 މީހަކަށް ލިބުނެވެ. އޭގެ ތެރެއިން ވޯޓުލީ 88 އިންސައްތަ މީހުންނެވެ.

މި އިންތިހާބުގެ ކެމްޕޭނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ރައީސް މުހައްމަދު ނަޝީދު ވެސް އެ ދާއިރާއަށް ވަޑައިގެންނެވި އެވެ. ހަމައެހެންމެ، އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ކެމްޕޭނަށް ވަޑައިގަތެވެ.

އެމްޑީޕީގެ ކެންޑިޑޭޓަށް ތާއިދު ހޯދުމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ލީޑަރު އިމްރާން އަބްދުﷲ އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އިތުރުން އެ ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ މިނިސްޓަރުން ވެސް ވަޑައިގަތެވެ. އެމްއާރުއެމްއިން މި އިންތިހާބުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއިދު ކޮށްފައެއް ނުވެ އެވެ.

ވާދަވެރި ފޯރިގަދަ އިންތިހާބެއް

އެ ދާއިރާގައި ބައި އިލެކްޝަނެއް ބޭއްވީ އެ ގޮނޑި ފުރުއްވި މެމްބަރު ހުސެއިން ވަހީދު މިދިޔަ ޑިސެމްބަރު 14، 2021 ގައި އަވަހާރަވުމުންނެވެ. ހުސެއިން އަވަހާރަވީ ކެންސަރުގެ ބައްޔަކަށް ގިނަ ދުވަސްތަކެއްވަންދެން ފަރުވާ ކުރެއްވުމަށްފަހު އެވެ.

އެ ގޮނޑި 2019 ވަނަ އަހަރު ހުސައިން ވަހީދު ކާމިޔާބުކުރެއްވީ އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓް އިބްރާހީމް ރަޝީދު އިދުރީސް ބޮޑު ތަފާތަކުން ބަލިކުރައްވައިގެންނެވެ. އެ އިންތިހާބުގައި ހުސައިން 56.29 ޕަސެންޓް ވޯޓް ހޯއްދެވި އެވެ. ރަޝީދަށް ލިބިވަޑަައިގެންނެވީ 43.56 ޕަސެންޓެވެ.

އިންތިހާބާ ދިމާކޮށް ގިނަ އަދަދެއްގެ މަޝްރޫއުތަކެއް ސަރުކާރުން އެ ދާއިރާގައި ފެށި އެވެ. ދެ ކޮމަންޑޫ ގުޅާލުމަށް ގާތްގަނޑަކަށް 250 މިލިއަން ރުފިޔާގެ މަޝްރޫއެއް އިފްތިތާހުކޮށް އަމަލީ މަސައްކަތް ވެސް ވަނީ ފަށާފަ އެވެ. އޭގެ އިތުރުން 25 ޓަނުގެ އައިސްޕްލާންޓެއް ގާއިމުކުރުމާއި އެ ރަށުގެ ބޭރުން ކަނދުފައްޗެއް ވެސް ވަނީ އަޅާފަ އެވެ. އޭގެ އިތުރުން އެ ރަށު ފުޓުބޯޅަ ދަނޑު ހެދުމުގެ މަޝްރޫއު ވެސް ވަނީ އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ.

އޭގެ އިތުރުން ފޯކައިދޫ އާއި މަރޮށީގައި ވެސް މަޝްރޫއުތަކެއް ވަނީ ފަށާފަ އެވެ. ޓޫރިސްޓު ރިސޯޓު ތަރައްގީކުރަން ހުޅުވާލި ރަށްތަކުގެ ތެރޭގައި ށ. އަތޮޅުގެ ތިން ރަށެއް ވެސް ހިމެނި އެވެ. ނަމަވެސް، ސަރުކާރުން ބުނީ މިއީ އިންތިހާބަށް ފެށި މަޝްރޫއުތަކެއް ނޫން ކަމަށެވެ.

ބައެއް މުހިންމު ހަބަރުތައް

  • ވޯޓް ދިން ރައްޔިތުންނާއި ނުދިން ރައްޔިތުން ތަފާތު ކުރުމެއް ނެތި ދާއިރާގެ އެންމެހާ ރައްޔިތުންނަށް ހިދުމަތް ކުރެއްވުމުގައި ދެމިހުންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބަައި އިލެކްޝަން ކާމިޔާބުކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދު ވިދާޅުވީ އިއްޔެ އެވެ.
  • ދިވެހިރާއްޖޭގެ ޝިޕިން ސިނާއަތުގައި ފާހަގަކޮށްލެވޭ ވިޔަފާރިވެރިޔާ އަދި ގަލޮޅު އަވަށުގެ ހިދުމަތްތެރިޔާ ގ. ހިލްމަން، އަބްދުލްގުއްދޫސް އިބްރާހީމް އަވަހާރަވީ އިއްޔެ އެވެ.
  • ކޮމަންޑޫ ދާއިރާގައި ސަރުކާރުން ގިނަ މަޝްރޫއުތަކެއް އިއުލާނުކުރީ ރައްޔިތުންގެ މަޖިލީހުގެ އެ ދާއިރާގެ ބައި-އިލެކްޝަނާ ދިމާކޮށް ކަމަށް ގަބޫލުކުރަން ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީން ގަބޫލުކުރަން ދެކޮޅު ހެދީ ވެސް އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ނުކުރެވުނު ނަމަވެސް އިންތިހާބުގެ ނަތީޖާއަކީ ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބް ރައީސް "އަދަދު" އަށް ވިދާޅުވީ:

"އަޅުގަނޑު ދަންނަވާނީ ހަމަ ވަރަށް ފުރިހަމަ ކާމިޔާބީއެއް، މުޅި ދައުލަތާ ދެކޮޅަށް ހޯއްދެވި ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީއަށް ވެސް އަަޅުގަނޑު ހަމަ މަރުހަބާ ދަންނަވަން."

ދުވަހުގެ ފޮޓޯ

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވޯޓު ލުމަށް އިސްކަންދަރު ސްކޫލްގައި ބެހެއްޓި ވޯޓު ފޮއްޓަށް ބަޔަކު ވޯޓުލާން ކިޔުގައި ޖެހިގެން. އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 3،309 މީހުންގެ ތެރެއިން 88 އިންސައްތަ  މީހުން ވޯޓުލި -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވޯޓު ލުމަށް އިސްކަންދަރު ސްކޫލްގައި ބެހެއްޓި ވޯޓު ފޮއްޓަށް ބަޔަކު ވޯޓުލާން ކިޔުގައި ޖެހިގެން. އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 3،309 މީހުންގެ ތެރެއިން 88 އިންސައްތަ މީހުން ވޯޓުލި -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވޯޓު ލުމަށް އިސްކަންދަރު ސްކޫލްގައި ބެހެއްޓި ވޯޓު ފޮއްޓަށް ބަޔަކު ވޯޓުލާން ކިޔުގައި ޖެހިގެން. އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 3،309 މީހުންގެ ތެރެއިން 88 އިންސައްތަ މީހުން ވޯޓުލި -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ދިރާސާތަކުން ކިޔާލުމަށް

"ދަ އެލީޓް އޮފް ދަ މޯލްޑިވްސް: ސޯޝިއޯ ޕޮލިޓިކަލް އޯގަނައިޒޭޝަން އެންޑް ޗޭންޖް"

އެއީ އިނގިރޭސިވިލާތުގެ ލަންޑަން ސްކޫލް އޮފް އިކޮނޮމިކްސް އެންޑް ޕޮލިޓިކަލް ސައިންސްގައި ސޯޝަލް އެންތުރޮޕޮލޮޖީ އިން ޕީއެޗްޑީ ހާސިލްކުރެއްވި އެލިޒަބަތު ކޯލްޓަން ލިޔުއްވާފައިވާ ތީސިސް އެކެވެ. އޭނާގެ މި ތީސިސްގައި ވަނީ 1976 އިން 1983 އަށް ރާއްޖޭގެ މަތީ ފަންތީގެ ބޭފުޅުންގެ ދިރިއުޅުމުގެ ކަންކަން ހުރި ގޮތަށް ބަލާލާފަ އެވެ. ވަކިން ހާއްސަކޮށް ރާއްޖޭގެ ވެރިކަން ބަދަލުވަމުން އައި ގޮތާއި އެ ބަދަލުތަކަށް މެދުވެރިވި ސަބަބުތައް ދިރާސާގެ އަލީގައި ގެނެސްދީފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕްލާސްޓިކް ހޮޅި މަނާކުރުން ފަސްކުރުމުން އެމްޑީޕީގެ ކަންބޮޑުވުން

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ބައެއް ބާވަތްތައް މަނާކުރުން 2031 ވަނަ އަހަރަށް ފަސްކުރުމަށް ސަރުކާރުން ނިންމި ނިންމުމާމެދު އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅުކުރޭ. އެ ޕާޓީން ބުނީ މިއީ ތިމާވެށި ހިމާޔަތްކުރުމަށް އަޅާފައިވާ މުހިންމު ފިޔަވަޅެއް ފަހަތަށް ޖައްސާލުން ކަމަށް.

"ރަސްމާލެ ކުއްޔަށް ދެވިގެން ނުވާނެ، އެކަމާ ދެކޮޅު ހަދަންޖެހޭ"

ރަސްމާލޭގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ކުއްޔަށް ދިނުމަކީ ދައުލަތަށް ގެއްލުންވާނެ ކަމެއް ކަމަށް ވިދާޅުވެ، ޝަމްހީދު އެކަމާ ދެކޮޅު ހައްދަވާ. މަޖިލީހަށް ސިއްރުން މިފަދަ އަގުހުރި ބިންތައް ދޫކުރުމަކީ ގާނޫނީ ގޮތުން ސުވާލު އުފެދޭ ކަމެއް ކަމަށާއި، މި އެއްބަސްވުމުގެ ސަބަބުން ބިން ހިއްކުމަށް ދިޔަ ޚަރަދުވެސް ދައުލަތަށް ނުލިބޭނެ ކަމަށް އޭނާ ވިދާޅުވި.

ބީއެމްއެލްއިން 12 ބުރީގެ އޮފީސް އިމާރާތެއް ތަރައްގީކުރަނީ

ބޭންކް އޮފް މޯލްޑިވްސްއިން މާލޭގައި 12 ބުރީގެ އޮފީސް އިމާރާތަކާއި 3 ބުރީގެ ކޮމާޝަލް އިމާރާތެއް ޑިޒައިންކޮށް، ފައިނޭންސްކޮށް، އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފިއެވެ. މި މަޝްރޫއަށް ކުރިމަތިލާ ފަރާތްތަކަކީ ތަޖުރިބާކާރު ކުންފުނިތަކަކަށް ވާންޖެހޭއިރު، މަޝްރޫއު ކުރިއަށް ގެންދަންޖެހޭނީ ކޮންޓްރެކްޓަރުން އަމިއްލައަށް ފައިސާ ހޯދައިގެން.

މާދަމާއަށް ތާވަލުކުރި ޔާމީންގެ ޝަރީއަތް އަންނަ މަހަށް ފަސްކޮށްފި

ރ. ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޚުލާސާ ބަޔާން އިއްވުމަށް މާދަމާއަށް ތާވަލުކުރި އަޑުއެހުން އަންނަ މަހުގެ 8 ވަނަ ދުވަހަށް ވަނީ ފަސްކޮށްފައި. މީގެ އިތުރުން، ވ. އާރަށް މައްސަލައިގައި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ ގުޅޭ އަޑުއެހުމެއް މި މަހުގެ 29 ވަނަ ދުވަހަށް ވަނީ ތާވަލުކޮށްފައި.

އެމްޑީޕީގެ އެކްޓިވިސްޓު ޝާމިން ބަންދުން ދޫކޮށްލައިފި

އެމްޑީޕީގެ މުޒާހަރާއެއްގައި ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަދެ، ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެކްޓިވިސްޓު މުހައްމަދު ޝާމިން ހައްޔަރުކުރީ، އޭނާގެ މައްޗަށް މުދަލަށް ގެއްލުންދިނުމާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ތުހުމަތުކޮށްފަ.

އަބޫދާބީ ކުންފުނީގެ ފްލެޓުތައް ސަރުކާރަށް ލިބެނީ ހިލޭ

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓަކީ ސަރުކާރުން އެއްވެސް ގެރެންޓީއެއް ނުވަތަ ފައިނޭންޝަލް ކޮމިޓްމަންޓެއް ދީގެން ހިންގާ މަޝްރޫއެއް ނޫން ކަމަށާއި، މިއީ އެ ކުންފުނީގެ އަމިއްލަ ހަރަދުގައި ކުރިއަށްގެންދާ މަސައްކަތެއް ކަމަށް ސަރުކާރުން ބުނޭ.

ނައިބުރައީސް އދ. ގެ ސެކްރެޓަރީ ޖެނެރަލާ ބައްދަލުކުރައްވައިފި

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ ބައްދަލުކުރައްވައި މޫސުމީ ބަދަލުތަކާއި ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވި. މި ބައްދަލުކުރެއްވުމުގައި ރާއްޖެއިން އިސްކަންދޭ މުހިންމު ކަންކަމާއި ފަލަސްތީނުގެ ހާލަތާ ގުޅޭގޮތުން ވާހަކަދެއްކެވި.

Newsletter

Get the latest news delivered straight to your inbox