ޓްރާންސްފާ ބާޒާރުގައި ޓޮޓެންހަމުން ގޯސްތަކެއް ހަދާފައި އެބަހުރި: ކޮންޓޭ

Feb 5, 2022, 7:43 AM
ޓްރާންސްފާ ބާޒާރުގައި ޓޮޓެންހަމުން ގޯސްތަކެއް ހަދާފައި އެބަހުރި: ކޮންޓޭ

ލަންޑަން (ފެބްރުއަރީ 5) - ޓޮޓެންހަމް ހޮޓްސްޕާސް އިން މީގެ ކުރިން ޓްރާންސްފާ މާކެޓްގައި ގޯސްތަކެއް ހަދާފައި އެބަހުރި ކަމަށް އެ ޓީމުގެ ކޯޗަކަށް ހުރި އިޓަލީގެ އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.

މި ސީޒަން ފެށިއިރު، ޓޮޓެންހަމުން ގެނައި ކޯޗު ނޫނޯ އެސްޕިރީޓޯ ސަންޓޯ ވަކިކޮށް މިދިޔަ ނޮވެމްބަރު މަހު އެއް ވަނަ ދުވަހު ޓޮޓެންހަމުން ވަނީ އެ ޓީމުގެ ކޯޗަކަށް ކޮންޓޭ ހަމަޖައްސައިފަ އެވެ.

ދެ އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުން ކޮންޓޭ ޓޮޓެންހަމާ ގުޅުނު ނަަމަވެސް ނިމިދިޔަ ޖެނުއަރީ ޓްރާންސްފާ މާކެޓްގައި ކޮންޓޭ ބޭނުންވި އެއްވެސް ކުޅުންތެރިއަކު ޓޮޓެންހަމަށް ނުލިބުނެވެ. އެހެންވެ، ކޮންޓޭ، ޓޮޓެންހަމް ދޫކޮށްލަން އުޅޭ ކަމަށް ވެސް މީޑިއާގައި ވާހަކަ ދެކެވުނެވެ. އެކަމަކު، ކޮންޓޭ ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ.

ކޮންޓޭ ބުނީ ޓޮޓެންހަމުން މިހާރު ކުރަމުން އަންނަނީ ޓީމެއް އެކުލަވާލުމުގެ މަަސައްކަތް ކަމަށާއި އެކަން ކުރާއިރު، ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

"ޖެނުއަރީ ޓްރާންސްފާގައި އަހަރެމެން ކުޅުންތެރިންތަކެއް ލޯނަށް ފޮނުވާލާފައި. ކުޅުންތެރިއަކު ވިއްކާލަން ޖެހުމުން އެނގޭ ކަމަކީ މީގެ ކުރިން އަހަރެމެންނަށް ކުރެވިފައި ހުރި ކަންކަމަށް ވިސްނާލަން އެބަޖެހޭ. އެނގޭ ކަމަކީ ގޯސްތަކެއް ހެދިފައި ހުރިކަން،" ކޮންޓޭ ބުންޏެވެ.

"އާންމު ގޮތެއްގައި އަހަރެމެން ޓްރާންސްފާ ބާޒާރުގެ ބޭނުން ހިފަނީ ޓީމު ވަރުގަދަ ކުރަން ކުޅުންތެރިން ގެންނަން. އެކަމަކު، މީގެ ދެ އަހަރު ނޫނީ ތިން އަހަރު ތެރޭ ގެނެސްފައި ހުރި ކުޅުންތެރިންތަކެއް ލޯނަށް ދޫކޮށްލަން ޖެހުމުން އެނގޭ ކަމަކީ އެންމެ ރަނގަޅަކަށް ނޫނޭ ޓީމެއް ބައްޓަން ކުރެވިފައި މި ހުރީ،"

ޖެނުއަރީ ޓްރާންސްފާ މާކެޓްގައި ޓޮޓެންހަމުން ވަނީ ޑެލެ އަލީ އެވަޓަން އަށް ވިއްކާލުމަށް ފަހު، ޓަންގީ އެންޑޮމްބެލޭ، ޖިއޮވާނީ ލޮ ސެލްސޯ، ބްރަޔާން ހިލް ލޯން އެއްބަސްވުމެއްގެ ދަށުން ދޫކޮށްލައިފަ އެެވެ. ލޯނަށް ދިޔަ ތިން ކުޅުންތެރިންނަކީ ވެސް މިދިޔަ ތިން އަހަރު ތެރޭ ޓޮޓެންހަމް އިން ގެނައި ކުޅުންތެރިންނެވެ.

މިދިޔަ މަހުގެ ޓްރާންސްފާގައި ޓޮޓެންހަމުން ގެންނަން ބޭނުންވި އެޑަމާ ޓްރައޯރޭ ބާސެލޯނާއާ ގުޅުނުއިރު، ލުއިސް ޑިއާޒް ގަތީ ލިވަޕޫލުންނެވެ. ޓޮޓެންހަމުން ގެނައީ ޔުވެންޓަސްގެ ޑޭޔާން ކުސުލެވްސްކީ އާއި ރޮޑްރީގޯ ބެންޓަންކޫރް އެވެ.

ޔުވެންޓަސް އާއި ޗެލްސީ އަދި އިންޓަ މިލާނުގައި ޓީމެއް އެކުލަވާލައިގެން ކާމިޔާބު ހޯދި ކޮންޓޭ ބުނީ ޓީމެއް ވަރުގަދަ ކުރަން ކުޅުންތެރިން ގެންނައިރު، އިސްކަންދޭންޖެހޭނީ އެއިރެއްގައި އޮތް ކޮލިޓީ އަށް ވުރެ ރަނގަޅު ކުރެވޭނެ ކުޅުންތެރިން ހޯދުމަށް ކަމަށެވެ.

އެ ގޮތުން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޓޮޓެންހަމުން ހަރަކާތްތެރިވީ ވަރަށް ވިސްނުންތެރިކަމާ އެކީގައި ކަމަށާއި ޓޮޓެންހަމްގައި ވަރުގަދަ ޓީމެއް އެކުލަވާލުމުގެ "ޕްލޭނެއް" އެބައޮތް ކަމަށް ކޮންޓޭ ވަނީ ބުނެފަ އެވެ.

"މި ވަގުތު ގޯހެއް ނަހަދައި އަހަރެމެން ޓީމެއް އެކުލަވާލަން ޖެހޭ. އަހަރެމެންނަށް ވުރެ ކުރީގައި މި ވަގުތު އެ އޮތް ޓީމުތަކަކީ މިދިޔަ އަހަރުތަކުގެ ޓްރާންސްފާ ބާޒާރުގައި ޓީމެއް އެކުލަވާލުމުގައި ވީހާވެސް މަދުން ގޯސް ހަދާފައި އޮތް ޓީމުތައް. ވިޝަން އެއް އޮވެގެން ކުރިއަށް ދެވޭނީ. މި ވަގުތު ޓޮޓެންހަމް މި ދަނީ އެ މަގުން ކުރިއަށް،" ކޮންޓޭ ބުންޏެެވެ.

ޓޮޓެންހަމް އިން އިނގިރޭސި އެފްއޭ ކަޕްގައި މިރޭ ކުޅޭ މެޗުގައި ނުކުންނާނީ ބްރައިޓަންއާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox