43 ޕަސެންޓް ކުރިއެެރުމަކާއެކު، ރަޝިޔާ މާކެޓް އެންމެ ކުރިއަށް

ޓޫރިސްޓަކު ހުޅުމާލޭގައި ކަނދެއް ކަނބަނީ: މިދިޔަ މަހު އެންމެ ގިނަ ޓޫރިސްޓުން އައީ ރަޝިޔާ އިން-- އަދަދު ފައިލް ފޮޓޯ

ޓޫރިސްޓަކު ހުޅުމާލޭގައި ކަނދެއް ކަނބަނީ: މިދިޔަ މަހު އެންމެ ގިނަ ޓޫރިސްޓުން އައީ ރަޝިޔާ އިން-- އަދަދު ފައިލް ފޮޓޯ

ދެހާސް އެކާސްވީނަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދަށްވުރެ މިދިޔަ ޖެނުއަރީ މަހު އައި ޓޫރިސްޓުންގެ އަދަދު 43 ޕަސެންޓް އިތުރުވެ، ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން ފޮނުވި ގައުމަކަށް ރަޝިޔާ ވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2021 ވަނަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެ އައިސްފައިވަނީ 92,103 ޓޫރިސްޓުންނެވެ. މިިދިޔަ މަހު 131,764 ޓޫރިސްޓުން އައިސްފައިވެ އެވެެ.

ކުރީ އަހަރުގެ ޖެނުއަރީ މަހަށްވުރެ މިދިޔަ މަހު އައި ޓޫރިސްޓުން އިތުރުވެފައިވީ ނަމަވެސް، ކޮވިޑް-19 އާ ކުރިމަތިލާން ޖެހުމުގެ ކުރިން 2020 ވަނަ އަހަރުގެ ޖެނުއަރީ މަހު 173,347 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ކޮވިޑަށް ފަހު ރާއްޖޭގައި ޓޫރިސްޓުން ޗުއްޓީ ހޭދަކުރާ މުއްދަަތަށް ވަނީ ވަރަށް ބޮޑު ހެޔޮ ބަދަލެއް އައިސްފަ އެވެ. ކޮވިޑްގެ ކުރިން 2019 ވަނަ އަހަރު ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރީ އެވަރެޖްކޮށް، 6.3 ރެ އެވެ. ދެހާސް ވިހި ވަނަ އަހަރު އެ ނިސްބަތް 7.2 ރެއަށް އެރިއިރު، މިދިޔަ އަހަރު ހުރީ 8.7 ގަ އެވެ. މި އަހަރުގެ މިހާތަނަށް އެވަރެޖްކޮށް ނުވަ ރޭ ޓޫރިސްޓުން ރާއްޖޭގައި ހޭދަކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

ކޮވިޑްގެ ހާލަތަށްފަހު، ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ މާކެޓްތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ. ކޮވިޑްގެ ކުރިން ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަމުން ދިޔައީ ޗައިނާ އިންނެވެ. ކޮވިޑަށްފަހު ރާއްޖެ ހުޅުވާލުމުން މިދިޔަ އަހަރު ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައި ވަނީ އަވަށްޓެރި އިންޑިޔާ އިންނެވެ. މިދިޔަ އަހަރު ރާއްޖެ އައި 1.3 މިލިއަން ޓޫރިސްޓުންގެ 22 ޕަސެންޓް ހިއްސާކުރީ އިންޑިޔާ އެވެެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައި ވަނީ، ކޮވިޑްގެ ކުރިން ހަވަނާގައި އޮތް ރަޝިޔާ އިން ނެވެ. މި މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށް 24,464 ޓޫރިސްޓުން ރަޝިޔާ އިން އައިސްފައި ވާއިރު އެއީ އެ މުއްދަތުގެ ނިޔަލަށް އައި ޖުމްލަ ޓޫރިސްޓުންގެ 17.5 ޕަސެންޓެވެ.

ރާއްޖެ އައި ޖުމްލަ ޓޫރިސްޓުންގެ 10 ޕަސެންޓް ހިއްސާކޮށްގެން ދެ ވަނާގައި އިނގިރޭސިލާތް މި ވަގުތު އޮތްއިރު އަށް ޕަސެންޓް ހިއްސާ ކޮށްގެން ތިން ވަނާގައި އޮތީ އިންޑިޔާ އެެވެ.

ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން ފޮނުވަމުން ދިޔަ ޗައިނާގެ ޓޫރިސްޓުން، ކޮވިޑްގެ ސަބަބުން ރާއްޖެ އައުން ހުއްޓިފައިވާއިރު، ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން ފޮނުވާ ގައުމުތަކުގެ ތެރޭގައި ޔޫކްރޭން، އެމެރިކާ އަދި ސައުދީ އަރަބިއްޔާ ވަނީ ހިމެނިފަ އެވެ.

ސަރުކާރުން އަންދާޒާކޮށްފައިވާ ގޮތުގައި ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރޭ މި އަހަރު، 1.6 ޓޫރިސްޓުން ރާއްޖެ އަށް ޒިޔާރަތް ކުރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox