އެމެރިކާގެ އޮޕަރޭޝަނެއް ހިންގަނިކޮށް އައިއެސްގެ ލީޑަރު އަމިއްލައަށް މަރުވެއްޖެ

އަބޫ އިބްރާހިމް އަލް ހާޝިމީ އަލް ގުރައިޝީ. -- ފޮޓޯ: ނިއު ޔޯކް ޕޯސްޓް

އަބޫ އިބްރާހިމް އަލް ހާޝިމީ އަލް ގުރައިޝީ. -- ފޮޓޯ: ނިއު ޔޯކް ޕޯސްޓް

އަތްމޭ، ސީރިއާ (ފެބްރުއަރީ 3) - ސީރިއާގެ ހުޅަނގު އުތުރުގައި ބުރާސްފަތި ދުވަހުގެ ރޭ އެމެރިކާގެ ވައިގެ އޮޕަރޭޝަނެއް ހިންގަނިކޮށް، އިސްލާމިކް ސްޓޭޓް (އައިއެސް) ޓެރަރިސްޓް ގްރޫޕުގެ ލީޑަރު ބޮމެއް ގޮއްވާލައި އަމިއްލައަށް މަރުވެއްޖެ އެވެ.

މިއީ އައިއެސްގެ ކުރީގެ ލީޑަރު އަބޫ ބަކުރު އަލް ބަގްދާދީ 2019 ވަނަ އަހަރު މަރާލި ފަހުން އެ ގްރޫޕަށް ލިބުނު އެންމެ ބޮޑު ގެއްލުމެވެ. ސީރިއާގެ އިދްލިބް ސަރަހައްދުގައި ބަގްދާދީ ވެސް މަރުވީ އޮޕަރޭޝަނެއް ހިންގަމުން ދަނިކޮށެވެ.

"އަޅުގަނޑުމެންގެ އަސްކަރީ ފައުޖުގެ ހުނަރުވެރިކަމާއި ހިތްވަރުގެ ސަބަބުން، އައިއެސްގެ ލީޑަރު އަބޫ އިބްރާހިމް އަލް ގުރައިޝީ ވަނީ ހަނގުރާމައިގެ މައިދާނުން ނައްތާލެވިފައި،" އެމެރިކާގެ ރައީސް ޖޯ ބައިޑެން ނެރުއްވި ބަޔާނެއްގައި ވިދާޅުވި އެވެ.

ނަން ހާމަ ނުކުރާ ވައިޓް ހައުސްގެ އޮފިޝަލަކު ބުނީ އަސްކަރީ އޮޕަރޭޝަން ހިންގީ އަތްމޭ އަވަށުގައި ގުރައިށީ ދިރިއުޅޭ ގެއަށް އަމާޒުކޮށް ކަމަށެވެ. އޮޕަރޭޝަން ފެށުމާ އެކު ބޮމެއް ގޮއްވާލައި ގުރައިޝީ އާއި އޭނާގެ އާއިލާ އަމިއްލައަށް މަރުވީ އެވެ.

ގުރައިޝީއަކީ އިރާގުގެ ތާލް އަފަރް ސިޓީގެ މީހެކެވެ. އާމިރް މުހައްމަދު ސައިދު އަބްދުލް ރަހްމާން އަލް މައުލާގެ ނަމުން ވެސް އޭނާއަށް މުހާތަބު ކުރެ އެވެ. އައިއެސްގެ ލީޑަރު ކަމަށް އޭނާ އައީ އޮކްޓޯބަރު 2019 ގައި ބަގްދާދީ މަރުވުމުންނެވެ.

ގުރައިޝީ އުޅޭ ތަނަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭ ފަރާތަކަށް 10 މިލިއަން ޑޮލަރު ދޭން އެމެރިކާ ސަރުކާރުން ހުށަހަޅާފައިވެ އެވެ.

ސީރިއަން އޮބްޒަވޭޓަރީ ފޯ ހިޔުމަން ރައިޓްސް އިން ބުނީ އޮޕަރޭޝަނުގައި 13 މީހުން މަރުވިއިރު، އޭގެ ތެރޭގައި އާއްމުން ވެސް ހިމެނޭ ކަމަށެވެ. އޮޕަރޭޝަނުގައި އެމެރިކާގެ އަސްކަރީ ފައުޖުގެ ހެލިކޮޕްޓަރެއް އަތްމޭ ކައިރިއަށް ތިރިކުރި އެވެ.

"އޮޕަރޭޝަނުގައި 13 މީހުން މަރުވި. އޭގެ ތެރޭގައި ހަތަރު ކުދިންނާއި ތިން އަންހެނުން ހިމެނޭ،" އޮބްޒަވޭޓަރީގެ ވެރިޔާ ރާމީ އަބްދުލް ރަހްމާން އޭއެފްޕީއަށް ވިދާޅުވި އެވެ.

އަތްމޭގައި ގުރައިޝީ ދިރިއުޅުނު ގޭގެ ވެރިމީހާ އޭއެފްޕީއަށް ބުނީ އެ ކުއްޔަށް ނަގައިގެން އޭނާ އުޅޭތާ 11 މަސް ވެއްޖެ ކަމަށެވެ. އޭނާއާ ގުޅޭ އެއްވެސް ޝައްކު ކުރެވޭ ކަމެއް ފާހަގަނުވާ ކަމަށް ވެސް ބުންޏެވެ.

"އޭނާ އައިސް ކުލި ދައްކާފައި ދާނީ. އޭނާ އުޅުނީ ތިން ކުދިންނާއި އަންހެނުންނާ އެކު. އޭނާގެ ހުވަފަތްވެފައިވާ ދައްތަ އާއި ދައްތަގެ އަންހެން ދަރިފުޅު އުޅުނީ އެ ގޭގެ މަތީ ބައިގައި."

އަތްމޭއަކީ ސީރިއާގެ 10 އަހަރުވީ ހަމަނުޖެހުމުގައި ގެދޮރު ގެއްލިފައިވާ މީހުން ގިނަ އަދަދަކަށް ދިރިއުޅޭ ތަނެކެވެ. އެ ތަނުގައި އާއްމުންގެ ތެރޭގައި ފޮރުވިގެން ޓެރަރިސްޓުން ސިއްރުން އުޅޭ ކަމަށް ކުރިން ވެސް އޮތީ ބެލެވިފަ އެވެ.

އައިއެސްގެ ލީޑަރު އަމިއްލައަށް މަރުވެފައި މި ވަނީ މީގެ ދެ ހަފްތާ ކުރިން އެ ގްރޫޕުގެ ޓެރަރިސްޓުން އިރު އުތުރު ސީރިއާގެ ޖަލަކަށް ބޮޑު ހަމަލާއެއް ދީފައި ވަނިކޮށެވެ. އެ ހަމަލާގެ އަމާޒަކީ ޖަލުގައި ތިބި ގިނަ އަދަދެއްގެ ޓެރަރިސްޓިން މިނިވަން ކުރުމެވެ.

ނަމަވެސް އެ ސަރަހައްދު ކޮންޓްރޯލް ކުރާ ކުރުދީންގެ ފައުޖުން ވަނީ ޓެރަރިސްޓުން ބަލިކޮށް ޖަލުގެ ކޮންޓްރޯލް ހޯދާފަ އެވެ. އައިއެސްގެ ބާރު ކަނޑުވާލިތާ ތިން އަހަރު ފަހުން އެ ގްރޫޕުން ދިން އެންމެ ބޮޑު ހަމަލާގެ ގޮތުގައި ބެލެވޭ އެ ހަމަލާގައި 300 އަށް ވުރެ ގިނަ މީހުން މަރުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox