ރެއާލްގެ ކޯޗު އަންޗެލޮޓީގެ ކޯޗިން ލައިސަންސަށް ވީ ގޮތް އޮޅުންފިލުވައިދީފި

Feb 3, 2022, 1:46 PM
ރެއާލްގެ ކޯޗު އަންޗެލޮޓީގެ ކޯޗިން ލައިސަންސަށް ވީ ގޮތް އޮޅުންފިލުވައިދީފި

މެޑްރިޑް (ފެބްރުއަރީ 3) - ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އަންޗެލޮޓީގެ ކޯޗިން ލައިސަންސްގެ މުއްދަތު ހަަމަވެފައިވާއިރު، އޭގެ ކަންތައްތައް ހިނގާދިޔަ ގޮތް އޭނާ މިޑިއާ އަށް އޮޅުންފިލުވައިދީފި އެވެ.

ޔުއެފާ ޕްރޯ ލައިސަންސް ހާސިލްކޮށްފައިވާ އުމުރުން 62 އަހަރުގެ އަންޗެލޮޓީގެ ކޯޗިން ލައިސަންސް މުއްދަތު ހަމަވީ ޑިސެމްބަރު 31 ވަނަ ދުވަހު އެވެ.

ކޯޗިން ލައިސަންސް އާ ނުކޮށް އޮތް މައްސަލައިގައި ޔުއެފާއިން އިޓަލީ އަށް އުފަން ކޯޗު، އަންޗެލޮޓީ އަށް އަންގާފައިވަނީ މުއްދަތު ހަމަނުވެ އޮތް ލައިސަންސެއް ނެތި ރެއާލަށް ކޯޗުކޮށްދޭން ބެންޗަށް ނުދެވޭނެ ކަމަށެވެ. އަންޗެލޮޓީގެ ކޯޗިން ލައިސަންސް މައްސަލައިގައި ޔުއެފާ އިން ވަނީ ސްޕެއިނުގެ ފުޓްބޯޅަ ފެޑެރޭޝަނަށް ވެސް މައުލޫމާތު ފޮނުވައިފަ އެވެ.

އެ މައްސަލައިގައި ސްޕެއިނުގެ މީޑިއާ އަށް އަންޗެލޮޓީ ބުނީ ޑިސެމްބަރު 31 އަށް އޭނާގެ ކޯޗިން ލައިސަންސް މުއްދަތު ހަމަވެފައިވާ ވާހަކަ އަކީ ހަގީގަތް ކަމަށެވެ. އެކަމަކު، އެ މުއްދަތު ހަމަވުމުގެ ކުރިން ކޯޗިން ލައިސަންސް އާ ކުރަން ކުރަން ޖެހޭ ކަންކަން ސްޕެއިނުގެ ފުޓްބޯޅަ ފެޑެރޭޝަނާ ގުޅިގެން ކޮށްފައިވާ ކަމަށް އަންޗެލޮޓީ ވަނީ ބުނެފަ އެވެ.

"އަހަންނަކީ އަބަދުވެސް ގަވާއިދަށް އިހުތިރާމްކުރާ މީހެއް. ކަންތައް ހިނގާދިޔަ ގޮތް އޮތީ ހުރިހާ ތަނަކަށް ރަނގަޅަށް އޮޅުންނުފިލައި. ލައިސަންސްގެ މުއްދަތު އޮތީ ހަމަވެފައި. އެކަމަކު، މިދިޔަ އޮކްޓޫބަރު މަހު ސްޕެއިނުގެ ފުޓްބޯޅަ ފެޑެރޭޝަނުގެ އެހީގައި އަހަރެން ވާނީ ކޯޗިން ލައިސަންސް އާ ކުރަން ކޯހެއް ފުރިހަމަކޮށްފައި. އެ ކަމަށްޓަކައި، ސްޕެއިނުގެ ފުޓްބޯޅަ ފެޑެރޭޝަނަށް އަހަރެން ޝުކުރު އަދާކުރަން،" އަންޗެލޮޓީ ބުންޏެވެ.

އޮފިޝަލަކާ ހަވާލާދީ ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޔުއެފާ އަށް އަންޗެލޮޓީގެ ކޯޗިން ލައިސަންސް އާ ކުރަން ބޭނުންވާ މައުލޫމާތު މިހާރު ވަނީ ސްޕެއިން ފުޓްބޯޅަ ފެޑެރޭޝަން މެދުވެރިކޮށް ފޮނުވައިފަ އެވެ.

"ދެން މައްސަލައެއް ދިމާވާނެ ކަމަކަށް ނުބެލެވޭ،" ރެއާލް މެޗުގައި ބެންޗަށް އާދެވޭނެތޯ ކުރި ސުވާލަށް އަންޗެލޮޓީ ބުންޏެވެ.

ކޯޗިން ލައިސަންސް އާ ކުރަން އަންޗެލޮޓީ ފަހުގެ ތާރީހެއްގައި ކޯހެއް ހަދާފައިނުވާނަމަ ލައިސަންސް އާ ކުރަން އޭނާ އަށް ވެސް އޮތީ އާންމު އުސޫލާ އެއްގޮތަށް ކުރިއަށް ދިއުމެވެ. އެ ގޮތަކީ ލައިސަންސް އާ ކުރަން 15 ގަޑިއިރުގެ އޮންލައިން ތިއަރީ ކޯހެއް ފުރިހަމަކޮށް، އޭގެ ފަހުން ޓެސްޓެއްގައި ބައިވެރިވެގެންނެވެ.

އެކަަމަކު، ސްޕެއިން ފުޓްބޯޅަ ފެޑެރޭޝަންގެ އެހީގައި އަންޗެލޮޓީ މިދިޔަ އޮކްޓޫބަރު މަހު ހެދި ކޯހާ އެކު އޭނާގެ ލައިސަންސް ޔުއެފާ އިން އާ ކޮށްދޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox