ވޮޝިންޓަން، އެމެރިކާ (ފެބްރުއަރީ 3) - ސްޕޭސް އެކްސްގެ ފެލްކަން 9 ރޮކެޓެއްގައި އެމެރިކާގެ ޖާސޫސީ ސެޓެލައިޓެއް ކާމިޔާބުކަމާ އެކު ޖައްވަށް ފޮނުވައިފި އެވެ.
ރޮކެޓް ޖައްވަށް ދަތުރު ފެށީ ކެލިފޯނިއާގެ ވެންޑެންބާގް އެއާ ފޯސް މަރުކަޒުން ކަމަށް ނެޝަނަލް ރިކޮނައިސަންސް އޮފީހުން (އެންއާރްއޯ) ބުންޏެވެ.
އެމެރިކާގެ ޖައްވީ ސިފައިންނާ ގުޅޭ އޮފީހުން ބުނޭ އެންއާރްއޯއެލް-87 ސެޓެލައިޓް އޯބިޓަށް ފޮނުވުމަށް ފަހު ރޮކެޓް އެނބުރި ދުނިޔެއަށް އައިސް، ވެންޑެންބާގް އެއާ ފޯސް މަރުކަޒަށް ތިރިކުރި ކަމަށެވެ.
"އެންއާރްއޯއެލް-87 ޑިޒައިންކޮށް، އުފައްދާ، އޮޕަރޭޓް ކުރާނީ އެންއާރްއޯއިން،" އެ އޮފީހުން ނެރުނު ބަޔާނެއްގައި ބުންޏެވެ. އެ އޮފީހުން ބުނީ ސެޓެލައިޓްގެ އެހީގައި ވަރަށް މުހިއްމު ޖާސޫސީ މައުލޫމާތު ހޯދޭނެ ކަމަށެވެ.
އެންއާރްއޯއަކީ އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓްގެ ވަކި ޑިވިޝަނެކެވެ. އެ ތަނުގެ ދަށުން ޖާސޫސް ކުރާ ސެޓެލައިޓުތައް ހިމެނޭ ބޮޑު ނެޓްވޯކެއް އޮޕަރޭޓް ކުރެ އެވެ.
މިއީ އެ އޮފީހުން 2022 ވަނަ އަހަރު ޖައްވަށް ފޮނުވި ފުރަތަމަ ސެޓެލައިޓެވެ. މީގެ ކުރިން އެ އޮފީހުން ވަނީ ފެލްކަން 9 ރޮކެޓް ތިން ފަހަރެއްގެ މަތިން ބޭނުންކޮށްފަ އެވެ.
ފާއިތުވި ދެ އަހަރުގެ ތެރޭގައި އެންއާރްއޯއިން 16 ސެޓެލައިޓް ޖައްވަށް ފޮނުވި އެވެ.








