ގެވެށި އަނިޔާ ލިބޭ މީހުންނަށް ހާއްސަ ތިން މަރުކަޒެއް ގާއިމް ކުރަނީ

ރިޔާސީ ބަޔާން ދެއްވުމަށް ރައީސް ސޯލިހު މަޖިލީހަށް ވަޑައިގަންނަވަނީ: ގެވެށި އަނިޔާ ލިބޭ މީހުންނަށް ހާއްސަ މަރުކަޒެއް އެޅުމަށް ނިންމިއިރު، ރާއްޖޭގައި ގެވެށި އަނިޔާގެ ކަންކަން ހުއްޓުވުމަށް އޭޕްރީލް 23، 2012 ގައި ވަނީ ހާއްސަ ގާނޫނެއް ވަނީ ފާސްކޮށްފައި-- ފޮޓޯ: ރައީސް އޮފީސް

ރިޔާސީ ބަޔާން ދެއްވުމަށް ރައީސް ސޯލިހު މަޖިލީހަށް ވަޑައިގަންނަވަނީ: ގެވެށި އަނިޔާ ލިބޭ މީހުންނަށް ހާއްސަ މަރުކަޒެއް އެޅުމަށް ނިންމިއިރު، ރާއްޖޭގައި ގެވެށި އަނިޔާގެ ކަންކަން ހުއްޓުވުމަށް އޭޕްރީލް 23، 2012 ގައި ވަނީ ހާއްސަ ގާނޫނެއް ވަނީ ފާސްކޮށްފައި-- ފޮޓޯ: ރައީސް އޮފީސް

ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައި ތިބޭ މީހުންނަށް ރާއްޖޭގެ ތިން ސަރަހައްދެއްގައި މަރުކަޒުތައް ގާއިމް ކުރުމަށް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުއްވައިދެއްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން އިއްވަވަމުން ވިދާޅުވީ ގެވެށި އަނިޔާގެ ޝިކާރައަށްވާ ފަރާތްތަށް ދުޅަހެޔޮ ދިރިއުޅުމަކަށް އަނބުރާ ގެނައުމަށް ތިން މަރުކަޒެއް ގާއިމު ކުރުމަށް ސަރުކާރުން ނިންމައިފައިވާ ކަމަށެވެ.

"އެ މަރުކަޒުތައް ގާއިމް ކުރަނީ ރ. އުނގޫފާރާ، ހުޅުމާލޭގެ އިތުރުން ސ. ހިތަދޫގައި،" ރައިސް ވިދާޅުވި އެވެ.

އޭގެ އިތުރުން ރައީސް ވިދާޅުވީ ކޮވިޑުގެ ހާލަތާ ގުޅިގެން މަސްތުވާތަކެތީގެ ހާލަތު އިތުރަށް ގޯސްވެފައި ވާއިރު، އެ ދޮރުތައް ބަންދުކޮށް، ހުއްޓުވުމަށް ސަރުކާރަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހުނު ކަމަށެވެ.

"އެހެން ނަމަވެސް ދޮވެފާ ހުރި ގޮށްތައް ބާރުކޮށް ހުޅުވާ ދޮރުތައް ބަންދުކޮށް އެމީހުން ހުއްޓުވުމަށް ސަރުކާރުގެ ހުރިހާ ވަސީލަތެއް ބޭނުން ކުރާނަން. ކަމާބެހޭ ޓާސްކް ފޯސް އެކުލަވާލެވި ކުރަން ޖެހޭކަންކަން ސަރުކާރުން މިދަނީ ކުރަމުން. އިރާދަކުރެއްވިއްޔާ މި ގެންނަ ބަދަލުގެ ހެޔޮނަތީޖާ ފެންނާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.

ރާއްޖޭގައި ގެވެށި އަނިޔާގެ ކަންކަން ހުއްޓުވުމަށް އޭޕްރީލް 23، 2012 ގައި ވަނީ ހާއްސަ ގާނޫނެއް ފާސްކޮށްފަ އެވެ. މިއީ ގެވެށި އަނިޔާގެ މައްސަލަތައް ހުއްޓުވުމާއި މަނާކުރުމުގެ އުސޫލުތައް ކަނޑައަޅައި، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަމާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގްސަދުގައި އެކުލަވައިލި ގާނޫނެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox