އެފްރިކަން ކަޕް: މާނޭގެ މޮޅު ކުޅުމާ އެކު ސެނެގާލް ފައިނަލަށް

Feb 3, 2022, 2:40 AM
ލަނޑު ޖެހުމަށް ފަހު މާނޭ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު މާނޭ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޔައުންޑޭ، ކެމަރޫން (ފެބްރުއަރީ 3) - އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން)ގެ ފުރަތަމަ ސެމީގައި ރޭ ބުރްކީނާ ފާސޯ އަތުން 3-1 އިން މޮޅުވެ، ސެނެގާލުން ޖެހިޖެހިގެން ދެ މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ރޭ ސެނެގާލް މޮޅުކޮށްދިނުމުގައި އެންމެ ބޮޑު ކްރެޑިޓެއް ހައްގުވާ އެއް ކުޅުންތެރިއަކީ ލަނޑެއް ޖެހުމުގެ އިތުރުން ލަނޑެއް ޖަހަން އެހީތެރިވެދިން ސަޑިއޯ މާނޭ އެވެ. ސެނެގާލް އެންމެ ފަހުން 2019 ވަނަ އަހަރުގެ ފައިނަލުގައި އަލްޖީރިއާ އަތުން ބަލިވި ނަމަވެސް އެ ފަހަރުގެ މުބާރާތުގައި ވެސް މާނޭ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ސެނެގާލަށް ލިބުނު ދެ ޕެނަލްޓީއެއް ރޭ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ވަނީ ނުދޭން ނިންމައިފަ އެވެ.

ރޭގެ މެޗުގެ ފަހު 20 މިނިޓާ ހަމައަށް ދެ ޓީމުގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ފެނުނު ނަމަވެސް އެއްވެސް ޓީމަކަށް ގޯލެއް ޖެހޭގޮތެއްނުވި އެވެ. އެކަމަކު، އޭގެ ފަހުން ދެ ޓީމުގެ އެޓޭކްތައް ވެސް ވަރުގަދަވެ، ގޯލު ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފަން ފެށި އެވެ.

މެޗުގެ 70 ވަަނަ މިނިޓްގައި ސެނެގާލަށް ލީޑުނަގައިދިނީ އަބްދޫ ޑިއާލޯ އެވެ. ޑިއާލޯ މި ގޯލު ޖެހީ ސެނެގާލްގެ ކެޕްޓަން ކަލީދޫ ކުލިބާލީ ދިން ބޯޅައަކުންނެވެ. އޭގެ ހަ މިނިޓް ފަހުން މާނޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި އިދްރީސާ ގާނާ-ގޭއި ވަނީ ސެނެގާލްގެ ލީޑުފުޅާކޮށްދީފަ އެވެ.

ހިތްވަރު އެލުވާނުލައި ކުޅެ، ބުރްކީނާ ފާސޯ އިން ވަނީ މެޗުގެ 82 ވަނަ މިނިޓްގައި ގޯލެއް ޖަހައި އުންމީދެއް ހޯދައިފަ އެވެ. މި ގޯލު ޖެހީ އީސާ ކަބޯރޭ ދިން ބޯޅައަކުން ބްލާޓީ ޓޫރޭ އެވެ.

ނަތީޖާ ހަމަހަމަކުރެވޭތޯ ބުރްކީނާ ފާސޯ އިން މަސައްކަތް ކުރަމުން ދަނިކޮށް މެޗުގެ 87 ވަނަ މިނިޓްގައި މާނޭ ވަނީ ސެނެގާލް ފައިނަލަށް ގެންގޮސްދިން ގޯލު ޖަހައި ޕްރެޝަރު ކަނޑުވާލައިފަ އެވެ. އިސްމާއިލާ ސާ ދިން ބޯޅައަކުން މާނޭ ޖެހި މި ގޯލަކީ ގައުމީ ޓީމަށް އޭނާ ކާމިޔާބުކޮށްދިން 29 ވަނަ ގޯލެވެ. މި ލަނޑާ އެކު މާނޭ ވަނީ ސެނެގާލަށް އެންމެ ގިނަ ގޯލު ޖަަހައިދީގެން ހެންރީ ކަމާރާ ހަދާފައިވާ ރެކޯޑާ ހަމަކޮށްފަ އެވެ.

އަންނަ އާދިއްތަ ދުވަހު ކުޅޭ ފައިނަލުގައި ސެނެގާލް ކުޅެން ޖެހޭ ޓީމެއް އެނގޭނީ މިރޭ ކުޅޭ ދެ ވަނަ ސެމީ ފައިނަލް މެޗަށް ފަހު އެވެ. ދެ ވަނަ ސެމީގައި މުބާރާތް ބާއްވާ ގައުމު، ކެމަރޫން ނުކުންނާނީ މިސްރާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox