އަނބިމީހާއަށް ފިރިމީހާ ތޫނު އެއްޗަކުން ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލައިފި އެވެ.
ފުލުހުން ބުނީ މާލޭގެ ގެއެއެއްގައި ބިދޭސީ އަންހެނަކަށް އޭނަގެ ފިރިމީހާ ގެވެށި އަނިޔާ ކޮށްފައިވާ ކަމުގެ މައްސަލައެއް މިއަދު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އަނިޔާ ލިބުނު އަންހެން މީހާއަށް އައިޖީއެމްއެޗްގައި ފަރުވާދޭން ފަށަފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އަނިޔާ ލިބުނު އަންހެންމީހާ ގެއިން ނެރެ ހޮސްޕިޓަލަށް ގެންދާ ވީޑިއޯއެެއް ސޯޝަލް މީޑިއާގައި ވަނީ އަންމުވެފަ އެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން އަންހެން މީހާ ވަނީ ވަރަށް ބޮޑަށް ޒަހަމްވެފަ އެވެ.
ގިނަ އަދަދެއްގެ ލޭ އޭނާގެ ހެދުމުގައި ހުއްޓެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ވަޅިއަކުން އަންހެން މީހާއަށް ހަމަލާދީފައިވަނީ އެމީހާގެ ޖިންސީ ގުނަވަން ކައިރިއަށެވެ.













