ދުނިޔޭގައިވާ ގަސްތަކުގެ 9،000 ބާވަތް އަދިވެސް ނުހޯދޭ: ދިރާސާ

މިހާތަނަށް ފެނިފައި ވަނީ 64،100 ބާވަތުގެ ގަސް. -- ފޮޓޯ: ރޮއިޓާޒް

މިހާތަނަށް ފެނިފައި ވަނީ 64،100 ބާވަތުގެ ގަސް. -- ފޮޓޯ: ރޮއިޓާޒް

ވޮޝިންޓަން، އެމެރިކާ (ފެބްރުއަރީ 1) - ދުނިޔޭގައިވާ ގަސްތަކުގެ ތެރެއިން 9،000 ބާވަތް އަދިވެސް ދެނެނުގަނެވޭ ކަމަށް ސައިންސްވެރިން ބުނެފި އެވެ.

"ދުނިޔޭގެ ޖަންގަލިތައް ހިމާޔަތްކޮށް، ކުރިއެރުވުމަށް ގަސްތަކުގެ ބާވަތުގެ އަދަދު ލަފާކުރުމަކީ މުހިއްމު މައުލޫމާތެއް،" އެމެރިކާގެ ނެޝަނަލް އެކެޑެމީއޮފް ސައިންސަސްގެ ޖާނަލް ޕީއެންއޭއެސްގައި ޝާއިއުކުރި ދިރާސާއެއްގައިވެ އެވެ. އެ ދިރާސާގައި ގިނަ އަދަދެއްގެ ސައިންސްވެރިން ބައިވެރިވި އެވެ.

މިހާތަނަށް ސައިންސްވެރިންނަށް ހޯދިފައި ވަނީ 64،100 ބާވަތުގެ ގަހެވެ.

Advertisement

ނަމަވެސް، ކުރިއަށް ވުރެ ފުރިހަމަ ޑޭޓާބޭސްއަކާއި ސްޓެޓިސްޓިކަލް މެތަޑް ބޭނުންކޮށްގެން ހެދި ދިރާސާއިން އެނގުނު ގޮތުގައި ދުނިޔޭގައި 73،300 ބާވަތުގެ ގަސް އެބަ ހުއްޓެވެ. އެއީ ކުރިން އަންދާޒާ ކުރި ވަރަށް ވުރެ 14 ޕަސެންޓް އިތުރެވެ.

އެހެންކަމުން، 9،200 ބާވަތުގެ ގަސް މިހާތަނަށް ސައިންސްވެރިންނަށް ހޯދިފައެއް ނުވެ އެވެ.

ދިރާސާގައިވާ ގޮތުން ގަހުގެ ބާވަތްތަކުގެ 43 ޕަސެންޓް ފެންނަނީ ދެކުނު އެމެރިކާއިންނެވެ. ދެން އެންމެ ގިނައިން އެކި ބާވަތްތަކުގެ ގަސް ފެންނަނީ ޔޫރޭޝިއާ އަދި އެފްރިކާއިންނެވެ.

މިހާތަނަށް ހޯދިފައިވާ ބާވަތްތަކުގެ ތެރެއިން ގާތްގަނޑަކަށް 50 ޕަސެންޓް ފެންނަނީ ފަސް ބައްރުގައިވާ ޓްރޮޕިކަލް ނުވަތަ ސަބްޓްރޮޕިކަލް ރެއިންފޮރެސްޓް ޖަންގަލިތަކުންނެވެ.

އެހެންކަމުން، މިހާތަނަށް ސައިންސްވެރިންނަށް ހޯދިފައި ނުވާ ގަހުގެ ބާވަތްތަކުގެ ބޮޑު ބަޔެއް ވެސް ހިމެނޭނީ އެ ސަރަހައްދުތަކުގައި ކަމަށް ދިރާސާއިން ލަފާކުރެވެ އެވެ.

ގަހުގެ ބާވަތްތަކުގެ ތެރެއިން ތިންބައިކޮށްފައި އެއްބަޔަކީ، އަދަދު މަދުވުމުން، ނެތި ދިޔުމުގެ ބިރު އޮތް ބާވަތްތަކެވެ.

"މިފަދަ ނެތި ދިޔުމުގެ ބިރު އޮތް ބާވަތްތަކުގެ ގަސް ހުންނަ ޖަންގަލީގެ ސަރަހައްދުތަކުން ގަސް ކެނޑުމަކީ މުޅި ދުނިޔޭގެ އިކޯސިސްޓަމާއި ދިރުންތަކަށް އޭގެ އަސަރު ކުރާނެ ކަމެއް،" ދިރާސާގައި ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިފޯން ޑުއޯގެ ސްކްރީނަށް މައްސަލަ ދިމާވާ ނަމަ ބަދަލުކޮށްދޭނެ

އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އައިފޯން ޑުއޯ" ގެ ސްކްރީނަށް ދިމާވި މައްސަލަތަކާ ގުޅިގެން، އެ ފޯނުތައް ބަދަލުކޮށްދޭން އެ ކުންފުނިން ނިންމައިފިއެވެ. ބާޒާރަށް ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސްކްރީނުގައި ރޮނގު އެޅުމާއި ރެނދުލުން ފަދަ މައްސަލަތައް ފާހަގަވެފައިވާއިރު، މި މައްސަލަ ދިމާވި ކަސްޓަމަރުން ފޯނު ބަދަލުކުރުމަށް އެޕަލްއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ސެކިއުރިޓީ ރިސްކާ ހެދި ބޮޑެތި ވެބްސައިޓްތައް އޮފްލައިންކޮށްފި

ދުނިޔޭގެ ބޮޑެތި އިދާރާތަކާއި ސަރުކާރުތަކުގެ ވެބްސައިޓްތައް ވަގުތީ ގޮތުން އޮފްލައިންކުރީ އޭއައިއިން ދެނެގަތް ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖުން ފާހަގަވި ނުރައްކާތެރި ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން މި މައްސަލަ ހައްލުކުރުމަށް ސެކިއުރިޓީ އަޕްޑޭޓްތައް ވަނީ ނެރެފަ.

ޖާސޫސްކުރި މީހާއަށް ސައުދީ ސަރުކާރުގެ އެހީތެރިކަން ލިބޭ

އޯޕަންއޭއައިގެ މީޓިން ރޫމެއްގައި ސިއްރުން އަޑު ރެކޯޑުކުރާ ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސައުދީ އިންޖިނިއަރަކަށް، އެ ގައުމުގެ ސަރުކާރުގެ އެހީތެރިކަން ލިބޭކަން އެމެރިކާގެ ކޯޓު ލިޔުންތަކުން ހާމަވެއްޖެއެވެ. މި އަމަލަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބަލައި، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ދިރާގުގެ ގޭމިން ކޮންކުއެސްޓް ނޮވެމްބަރު 26 ގައި

ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް 2026، އަންނަ ނޮވެމްބަރު 26 އިން 28 އަށް ކަލާފާނު ސްކޫލުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޖުމްލަ 150,000 ރުފިޔާގެ އިނާމު ހުށަހަޅާފައިވާ މި އިވެންޓުގައި މޯބައިލް، ޕީސީ އަދި ކޮންސޯލްގެ އެކި މުބާރާތްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ގޭމްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހިލޭ ލިބޭނެއެވެ.

މާސްގެ ހަނދުން ސާމްޕަލް ނެގުމުގެ މިޝަނަށް ޖަޕާން ތައްޔާރު

މާސްގެ ހަނދެއް ކަމަށްވާ "ފޯބޯސް" އިން ސާމްޕަލް ނެގުމަށް ޖަޕާނުން ކުރިއަށްގެންދާ ދުނިޔޭގެ ފުރަތަމަ މިޝަން ފެށުމަށް އެ ގައުމުން ވަނީ ތައްޔާރުވެފައެވެ. ފަސް އަހަރުގެ މި ދިރާސާގެ ސަބަބުން މާސްގެ ހަނދުތައް އުފެދުނު ގޮތާއި އިރުގެ ނިޒާމުގައި ދިރުން އުފެދުނު ގޮތުގެ މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މި މިޝަންގެ ސަބަބުން ކުރިމަގުގައި މާސްއަށް ކުރާ އިންސާނީ ދަތުރުތަކުގައި އެ ހަނދު ބޭސްއެއްގެ ގޮތުގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ.

ޓެސްލާގެ އިންގިލާބީ އީޖާދު: އުދުހޭ ކާރު 'ރޯޑްސްޓާ' ދައްކާލައިފި

ޓެސްލާ އާއި ސްޕޭސް އެކްސް ގުޅިގެން އުފެއްދި، ވައިގެ ޕްރެޝަރު ބޭނުންކޮށްގެން އުދުހުމުގެ ގާބިލުކަން ލިބިފައިވާ "ރޯޑްސްޓާ" ކާރުގެ ނަމޫނާ ދައްކާލައިފިއެވެ. މި އިންގިލާބީ އުޅަނދު އާންމުކޮށް އުފައްދަން ފަށާނީ 2028 ވަނަ އަހަރު ކަމަށް އީލޮން މަސްކް ހާމަކޮށްފައިވާއިރު، މިއީ ދަތުރުފަތުރުގެ ދާއިރާއަށް އަންނާނެ ބޮޑު ބަދަލެއް ކަމަށް ބެލެވެއެވެ.

ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ސައުދީ މީހަކަށް ދައުވާ

އޯޕަންއޭއައިގެ އޮފީހެއްގައި ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި އެ ކުންފުނީގެ ކުރީގެ އިންޖިނިއަރެއް ކަމަށްވާ ސައުދީ ރައްޔިތެއްގެ މައްޗަށް އެމެރިކާގައި ދައުވާ އުފުލައިފިއެވެ. ކުންފުނީގެ އޭއައި މޮޑެލްތައް ބޭނުންކޮށްގެން މި އަމަލު ހިންގި މީހާ ދެނެގަނެފައިވާއިރު، މި ހާދިސާގައި ކުންފުނީގެ އެއްވެސް މުހިންމު މައުލޫމާތެއް ވަގަށް ނަގާފައިވާކަމުގެ ހެއްކެއް ފެނިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox