އިޒްރޭލަކީ އަޕާތެއިޑް ދައުލަތެއް ކަމަށް ޖަމިއްޔާތަކުން ލޭބަލްކޮށްފި

އެމްނެސްޓީ އިންޓަނޭޝަނަލްގެ ސެކެޓްރީ ޖެނެރަލް އެގްނިސް ކެލަމާޑް. -- ފޮޓޯ: އޭއެފްޕީ

އެމްނެސްޓީ އިންޓަނޭޝަނަލްގެ ސެކެޓްރީ ޖެނެރަލް އެގްނިސް ކެލަމާޑް. -- ފޮޓޯ: އޭއެފްޕީ

ގުދުސް (ފެބްރުއަރީ 1) - ފަލަސްތީނުގެ ރައްޔިތުންނަކީ "ނަސްލީ ގޮތުން ދަށް ފަންތީގެ ބަޔެއް" ކަމަށް ދެކޭ އިޒްރޭލަކީ "އަޕާތެއިޑް" ދައުލަތެއް ކަމަށް އެމްނެސްޓީ އިންޓަނޭޝަނަލް އާއި އެހެން ޖަމިއްޔާތަކުން ލޭބަލްކޮށްފި އެވެ.

"އިޒްރޭލުން އަޅުވެތިކޮށްގެން އުޅޭ ފަލަސްތީނުގެ ރައްޔިތުން ވަކިކޮށް، އިޖުތިމާއީ ކަންކަމުން އެކަހެރިކޮށް، މުދާ ފޭރުމުގެ އަމަލުތަކަކީ ވަރަށް ސާފުކޮށް އަޕާތެއިޑް ހިންގުން،" އެމްނެސްޓީގެ ސެކެޓްރީ ޖެނެރަލް އެގްނިސް ކެލަމާޑް ވިދާޅުވި އެވެ.

"ފަލަސްތީނުގެ ރައްޔިތުން ދިރިއުޅެނީ ގާޒާ، ގުދުސް، ހުޅަނގު އައްސޭރި ނުވަތަ އިޒްރޭލުގައި ވިޔަސް، އެ މީހުންނާ މެދު އަމަލު ކުރަނީ ނަސްލީ ގޮތުން ދަށް ފަންތީގެ ބަޔެއްގެ ގޮތުގައި އަދި ނިޒާމީ ގޮތުން ރާވައިގެ ހައްގުތައް ނިގުޅައިގަންނަމުންދޭ."

އިޒްރޭލުގެ ފޮރިން މިނިސްޓަރު ޔެއާ ލަޕިދް ވިދާޅުވީ އެ ނިންމުން ބަލައިނުގަންނަ ކަމަށާއި އެއީ "ހަގީގަތާ ދުރު" ވިސްނުމެއް ކަމަށެވެ. އަދި އެމްނެސްޓީން ނެރުނު ރިޕޯޓުގައި ވަނީ ޓެރަރިސްޓް ޖަމާއަތްތަކުގެ ދޮގު ވާހަކަތައް ހިމަނާފައި ކަމަށް ތުހުމަތު ކުރެއްވި އެވެ.

އިޒްރޭލުގެ ފޮރިން މިނިސްޓްރީން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި އެމްނެސްޓީއަށް ގޮވާލީ އެ ޖަމިއްޔާއިން އާއްމުކުރި ރިޕޯޓު އަނބުރާ ގެންދިޔުމަށެވެ.

މީގެ އަހަރެއް ކުރިން، އިޒްރޭލުގައި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ބީ'ޓްސެލެމް ގްރޫޕުން ތުހުމަތު ކުރީ އިޒްރޭލުގެ ސިޔާސަތުތައް ރާވާފައި ވަނީ "އުރުދުންގެ ކޯރުން ފެށިގެން މެޑިޓެރޭނިއަން ކަނޑާ ހަމައަށް ޔަހޫދީ ނަސްލުގެ ބާރު ގަދަ ކުރަން" ކަމަށެވެ.

އިޒްރޭލަކީ އަޕާތެއިޑް ދައުލަތެއް ނުވަތަ ނިޒާމީ ގޮތުން ރާވައިގެ ނަސްލީ ތަފާތު ކުރުން ގެންގުޅޭ ދައުލަތެއްގެ ގޮތުން އެންމެ ފުރަތަމަ އާއްމުކޮށް އިއުލާނު ކުރީ މިދިޔަ އޭޕްރިލް މަހު ހިޔުމަން ރައިޓްސް ވޮޗި އިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox