ބަލި މީހުންނާ ދިމާވެފައި ތިބި މީހުން ކަރަންޓީނުވާން ނުޖެހޭ ގޮތަށް ހަދައިފި

ކޮވިޑުން ރައްކާތެރިވުމަށް ޖަހާ ވެކްސިން ލިބިގަތުމަށް ދެ މީހަކު ކިއުގައި މަޑުކޮށްލައިގެން: ބަލިޖެހިފައި ތިބި 17،000 ވުރެ ގިނަ މީހުން މިވަގުތު އެބަ އުޅޭ -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ކޮވިޑުން ރައްކާތެރިވުމަށް ޖަހާ ވެކްސިން ލިބިގަތުމަށް ދެ މީހަކު ކިއުގައި މަޑުކޮށްލައިގެން: ބަލިޖެހިފައި ތިބި 17،000 ވުރެ ގިނަ މީހުން މިވަގުތު އެބަ އުޅޭ -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ކޮވިޑް-19 ޖެހިފައި ހުރި މީހަކާ ދިމާވެފައި ހުރި ނަމަވެސް ވެކްސިންގެ ޑޯޒުތައް ފުރިހަމަކޮށްފައިވާ މީހުން ކަރަންޓީނުވާން ނުޖެހޭ ގޮތަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިއަދު ހަމަޖައްސައިފި އެވެ.

އެޗްޕީއޭއިން ނެރުނު އިއުލާނެއްގައި ބުނީ ކޮވިޑް ޖެހިފައި ހުރި މީހަކާ ދިމާވެފައި ހުރި ނަމަވެސް، ދިމާވި މީހާގެ ފަރާތުން ބަލީގެ އަލާމާތެއް ނުފެންނަ ނަމަ އެކަހެރިވާންނުޖެހޭނެ ކަމަށެވެ. ނަމަވެސް މި ގޮތަށް އަމަލު ކުރެވޭނީ ވެކްސިންގެ ތިން ޑޯޒު ވެސް ފުރިހަމަކޮށްފައި ތިބި މީހުންނަށް ކަމަށް އިއުލާނުގައިވެ އެވެ.

ކޮވިޑު ޖެހިފައި ހުރި މީހަކާ ދިމާވެފައިވާ ފަރާތެއްގެ ހަށިގަނޑުން ބަލީގެ އަލާމާތެއް ހުރި ނަމަވެސް ޕީސީއާރް ނުވަތަ އެންޓިޖެން ޓެސްޓެއް ހަދައިގެން ބަލި ނުޖެހޭކަން ކަށަވަރުވެއްޖެ ނަމަ ކަރަންޓީނުވާން ނުޖެހޭނެ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ. އެކަމަކު ޓެސްޓުގެ ނަތީޖާ ލިބެންދެން ހުންނަންޖެހޭނީ އެހެން މީހުންނާ އެކަހެރިވެގެން ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

ބަލި މީހުންނާ ދިމާވެފައި ތިބި މީހުން ކަރަންޓީނުވާން ނުޖެހުނު ނަމަވެސް، ބަލި މީހާއާ އެންމެ ފަހުން ދިމާވި ތާރީހުން ފެށިގެން ފަސް ދުވަސް ހަމަވުމުން ޕީސީއާރް ނުވަތަ އެންޓިޖެން ޓެސްޓެއް ހަދަންޖެހޭނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ކޮވިޑު ޖެހިފައި ތިބި މީހުންނާ ބައްދަލުވާ މީހުން ބައްޔަށް ޕޮޒިޓިވްނުވި ނަމަވެސް ބަލިޖެހައި ހުރި މީހަކާ އެކީގައި ދިރިއުޅޭ ނަމަ އެމީހަކު ވެސް ކަރަންޓީނުވާންޖެހޭނެ ކަމަށް އެޗްޕީއޭގެ އިއުލާގައި ބުނެފައިވެ އެވެ. އަދި ކަރަންޓީނުގެ މުއްދަތު ނިމުމުން ބައްޔަށް ޓެސްޓު ކުރަންޖެހޭނެ ކަމަށް ވެސް އެޗްޕީއޭއިން ބުނެ އެވެ.

ކޮވިޑް ޖެހޭ މީހުންނާ ބައްދަލުވާ މީހުން ކަރަންޓީނުވާންނުޖެހޭ ގޮތަށް ހަމަޖައްސާފައި މި ވަނީ ބަލި ޖެހޭ މީހުންގެ ކަރަންޓީނު މުއްދަތު 14 ދުވަހުން ހަތް ދުވަހަށް ކުޑަކޮށްފައި އޮއްވަ އެވެ.

އެޗްޕީއޭއިން ރޭ ހާމަކުރި ހިސާބުތަކަށް ބަލާއިރު އިއްޔެ 2754 މީހުންނަށް ވަނީ ކޮވިޑް ޖެހިފަ އެވެ. އެއާއެކު ކޮވިޑްޖެހިފައި ތިބި މީހުންގެ އަދަދު 17770 އަށް އުފުލުނީ އެވެ. އޭގެ ތެރެއިން ބަލިބޮޑުވެގެން 63 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox