ކޮލަމް: އަންހެނުން "ބޭޑް ބޯއިޒް" ގެންގުޅެނީ ކީއްވެ؟

ކޮލަމް: އަންހެނުން "ބޭޑް ބޯއިޒް" ގެންގުޅެނީ ކީއްވެ؟

މަގުއޮޅިފައިވާ "ބޭޑް ބޯއި" އެއް އަހަރެންގެ ޙަޔާތަށް ގެނެސް، އަހަރެންގެ ލޯބީގެ ބާރުގައި އޭނާ އިސްލާޙުކުރާނަމޭ، ޚުދު އަހަރެންވެސް ޅައިރު ހިތަށް އެރި އެވެ. އެހެން ހިތައިގެން އިސްލާހު ކުރާނޭ "ބަސްނާހާ" މީހެއްގެ ފޫބުޑުގައި ހަޔާތުގެ ބޮޑު ބައެއް ބޭކާރުވެސް ކުރީމެވެ. މިކަމުން ލިބުނު ހަމައެކަނި އެދެވޭ ނަތީޖާއަކީ އެކަނިވެރިކަން ފިލުވާލައިދޭނޭ ދެ ދަރީންނެވެ. "ބޭޑް ބޯއި" އެއްގެ "ކޫލް" ކަމުގެ ދިލަ ހޫނު ތަހުރިބާ ކުރަން ޖެހުނީ ޚުދު އަހަރެންނާއި އެ ދެ ކުދިންނަށެވެ. ހިތަށް ކުޅަދާނަ ނުވާ މިންވަރަށެވެ.

މިއަދު އަހަރެންނަށް އެ ތަޖުރިބާތަކުގެ ވާހަކަ، ދުރުތިބީންނެކޭ އެއްފަދައިން ދައްކަން ވަރަށް ފަސޭހަ އެވެ. އެހެންނަމަވެސް އޭރު، އަހަރެންނަށް އެ އަނިޔާތަކުން ރެކޭކަށް ފަސޭހައެއް ނުވި އެވެ. ދެތިން ސަބަބެއް އޮތީމަ އެވެ.

އެއް ކަމަކީ އަހަރެންގެ އަމިއްލަ ޤާބިލިއްޔަތަށް އަހަރެންދިން ކަނު އިތުބާރެވެ. މީގައި އަހަރެން ކުށްވެރިކުރާނީ އިޖުތިމާޢީ ޤަބޫލުކުރުންތަކާއި ޓީވީ ސްކްރީނާއި ވާހަކަފޮތްތަކެވެ. އަބަދުވެސް ބުނާ އަޑު އަހަމަވެ. ހެޔޮލަފާ އަންހެނަކާ ޖެހުނީމާ ކޮންމެ ފިރިހެނެއްވެސް އިސްލާހުކުރެވޭނެ އެވެ. ފުރާވަރުގައި ބެލި އެތައް ފިލްމެއްގައިވެސް އެހެންވެއެވެ. "ތޭރޭ ނާމް"، "އަ ވޯކް ޓު ރިމެމްބަރ" ފަދަ ފުރާވަރުގެ ކުދިންނަށް އަސަރުކުރުވާ ގޮތަށް ހަދާފައި ހުންނަ ފިލްމުތައް ބެލުމަށްފަހު، އަހަރެންވެސް ބޭނުންވީ އެކަހަލަ "ބޭޑް ބޯއި" އެއް ރަނގަޅުކުރާށެވެ. ހެޔޮލަފާ، ޚުލްޤު ހެޔޮ މީހުންގެ ހުށަހެޅުންތައް ބޮލާލާ ޖެހީ، އެމީހުންނަށް އަހަރެންގެ "އިސްލާޙީ ޤާބިލިއްޔަތު" ގެ އެހީ ބޭނުންނުވާނޭކަން އެނގޭތީ އެވެ. އަހަރެން ހީކުރީ އެ ފިލްމުތަކެކޭ އެއްގޮތަށް ލޯބިން ގޮސް، އެމީހުން އިސްލާޙުކުރެވޭނޭ ކަމަށެވެ. ހާދަ ބޮޑު ކުށްހީއެކެވެ. ހާދަ ހިތި ނަތީޖާއެކެވެ. އެހެންނަމަވެސް އެއީ އޭރު އަހަރެން ޤަބޫލުކުރި ޙަޤީޤަތެވެ. މިއަދުވެސް މި ކުށްހީގެ މައްޗަށް ދިރިއުޅުމުގެ ބިންގާ އަޅަން ފައިނަގައިގެން ތިބި އަންހެނުންނަށް މިއީ ދަރުސަކަށް ފުދޭނޭކަމަށް އަހަރެން އުއްމީދުކުރަމެވެ.

ދެވަނަ ކަމަކީ މީހުންގެ ކުރިމަތީ އަހަރެންގެ އަގުވެއްޓިދާނެތީ އަހަރެން ޖެހިލުންވި މިންވަރެވެ. އަހަރެންގެ "އިސްލާޙީ އެޖެންޑާ" ގެ ވަކި ހިސާބަކުން، މި ހެދުނީ ގޯހެއްކަން ޚުދު އަހަންނަށްވެސް އެނގުނެވެ. އެހެންނަމަވެސް، ދެން އަހަރެން އެ ހަޔާތް ތަހައްމަލުކުރީ ދުނިޔޭގެ ލަދަށެވެ. އޭނާ ދޫކޮށްލާފާ ހިނގައްޖެނަމަ، މީހުން ކިޔާނޭ އެއްޗަކާ މެދު އަހަންނަށް ވިސްނުނީ އަހަރެންނާއި ކުދިންނަށް ޖިސްމާނީ އަދި ނަފުސާނީ ގޮތުން ވަމުންދިޔަ އަނިޔާއަށް ވުރެ ދުނިޔޭގެ ލަދުން ރެކުން މުހިއްމުވާ މިންވަރަށެވެ. އަހަރެންގެ ކައިވެނި ރޫޅިއްޖެނަމަ، އާއިލާ އާއި މައިންބަފައިންނަށް މީހުން މަލާމާތްކުރާނެއޭ ހިތަށް އަރުވާފަ އެވެ. އަހަރެންގެ ކެރިއަރަށް އޭގެ ނޭދެވޭ އަސަރުކޮށްފާނެއޭ ހިތަށް އަރާފަ އެވެ. ކިޔަވައިގެން ހުރި، މާލީ ފުދުންތެރިކަން ހުރި މީހަކަށް، އޭނާގެ ފިރިމީހާ އިސްލާޙުނުކުރެވުމުން، އެހެން އަންހެނުންގެ ކުރިމަތީ އަހަރެން ފޭލުވެދާނެއޭ ހިތުލާފަ އެވެ. އެހެން މީހުންވެސް މިފަދަ ކަންކަން ތަހައްމަލުކުރާނެކަމަށް ޔަޤީންކޮށްފަ އެވެ. މިއަދުވެސް މި ފަދަ ޙާލަތެއްގައި ތިބި މީހުންނަށް އިލްތިމާސްކުރެމެވެ. ތިމާގެ ތަޖުރިބާ، އެހެން މީހުންގެ ތަޖުރިބާއާ އަޅައިނުކިޔާށެވެ. ތިމާ އާއި ދަރީންގެ އުފާ، ދުނިޔޭގެ ލަދަށްޓަކައި، ޤުރުބާން ނުކުރާށެވެ. ތިމާއަށް ހެދުނު ގޯސް އެނގުމާއެކު، ލަސް ނުކޮށް، ސަލާމަތްވާށެވެ. ތިމާއަށް ލިބޭނީ ކިހާ ވަގުތެއްކަން އެނގޭނީ ކާކަށް ހެއްޔެވެ؟

ތިން ވަނަ ކަމަކީ ޤާނޫނު ނެގެހެއްޓުމާއި ޢަދުލު އިންސާފުގެ ނިޒާމުތަކަށް އަހަރެން ކުރި އިތުބާރު ކުޑަވުމެވެ. އަހަރެންގެ "ބޭޑް ބޯއި" ދައްކާފައި ހުރި ބިރާއި ދީފައި ހުރި އިންޒާރުތައް އަހަރެންގެ ސިކުނޑީގައި ކަނޑާ ނެގިފައިވާއިރު، އެ ބިރުވެރިކަމުން އަހަރެމެން ހިމާޔަތްކޮށްދޭނޭ ގޮތްފޮތާއި ޤާބިލިއްޔަތު ފުލުހުންނާއި ޢަދުލު އިންސާފުގެ ނިޒާމުގައި ހުރި ކަމާމެދު އަހަރެންގެ އިތުބާރެއް ނެތެވެ. އެއްވެސް މިންވަރަކަށެވެ. އެއަށްވުރެ "ބޭޑް ބޯއި" ގެ ގުރޫޕުކުދިން ވާ ނުފޫޒު ގަދަވެ ބާރުގަދަވާނެކަމާމެދު އަހަރެންގެ އިތުބާރު އެބައޮތެވެ. "ބޭޑް ބޯއި"ގެ އަތުން ވީ އެތައް އަނިޔާއެއްގެ ސީސީޓީވީ ފުޓޭޖު "ނުލިބުން" ފަދަ، އޭނާގެ ބަހަށް ނޫ ޔުނިފޯމުތައް އިތުބާރުކުރާ މިންވަރު އިތުރުވުން ފަދަ، ކޯޓާއި އިމިގްރޭޝަނުގައި އޭނާގެ "ރަޙުމަތްތެރިން" ގިނަވުން ފަދަ އެތައް ސަބަބަކާހުރެ އެވެ. އޭނާގެ ނުފޫޒާ މެދު އޭނާ ކަނޑާ ފޮނި، އެއީ ހޮޅި ވާހަކަ ނޫންކަން އަހަރެންނަށް ޤަބޫލުކުރެވޭތީ އެވެ.

އެނގިހުރި މި ފަދަ މީހުން އިޚުތިޔާރު ކުރާ އަންހެނުން "ބޭޑް ބޯއިޒް" އިޚުތިޔާރުކުރަނީ އަމިއްލައަށެވެ. އެކަމަށް ބާރުދޭ ކޮންމެވެސް ނުފޫޒެއް އެފަދަ އަންހެނުންގެ ހަޔާތުގައި ވާތީއެވެ. އެހެންނަމަވެސް ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ ވަކި ހިސާބަކުން، މިފަދަ ނުބައި މީހުންގެ ވަކިތައް އެ އަންހެނުންގެ ގައިގައި ހިއްޕާލާ ހިސާބުން، އޭނާ ތަޙައްމަލުކުރަންޖެހޭ ޖިސްމާނީ އަދި ނަފުސާނީ އަނިޔާގެ ސަބަބުން، އެ ހާލަތުން ނިކުންނަން އެ މީހުންނަށް ދަތިވާކަމެވެ. މެނިޕިއުލޭޝަން، ގެވެށި އަނިޔާ، ޖިސްމާނީ، ޖިންސީ، ވާބަލް އަނިޔާ އަދި އެފަދަ އަނިޔާ އާއި ދުއްތުރާ ކުރާނޭ ކަމުގެ ބިރުދެއްކުމާއި އިންޒާރު ދިނުމުގެ ތެރޭގައި، އެ ފަދަ ގިނަ ބަޔަކު، މުޅި ޢުމުރުވެސް ހޭދަކުރެ އެވެ. އެއް ބަޔަކު އެ މީހުންނާ ގުޅި، އެމީހުންގެ މަގު އޭނާވެސް އިޚުތިޔާރުކުރަނީ އެވެ. އެހެން މީހުން އެއް އިރެއްގައި އެމީހުންނަށް އެޅުނު ޅައެއްޗެއްގެ ހިތީގައި "ހައްޔަރު"ވެފައި ތިބެނީއެވެ. އެހީތެރިކަމާއި އެއްބާރުލުން ލިބޭ މީހުން، އެ ވަޅުގަނޑުން އަރައިގަނެ، ދިރިއުޅުން އަލުން އާރާސްތުކުރަނީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox