އާންމު ދިރިއުޅުމުގައި ދިމާވެދާނެ ކުއްލި ހާދިސާއަކުން ތިމާއަށާއި އާއިލާއަށް މާލީ އެހީތެރިކަމެއް ލިބޭނެ ގޮތަށް ފަރުމާކޮށްފައިވާ ޓަކަފުލް ޕެކޭޖަށް އެޕްލައިކުރުން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ފަަސޭހަކޮށްފި އެވެ.
18 އަހަރާއި 70 އަހަރާއި ދެމެދު އެމްއައިބީ ކަސްޓަމަރުންނަށް އަހަރަކު އެންމެ 265ރ ހަރަދު ކޮށްގެން ލިބޭ މި ޓަކަފުލް ޕެކޭޖެގެ ދަށުން ގިނަވެގެން 127،500ރ ގެ ކަވަރޭޖް ހޯދުމުގެ ފުރުސަތުލިބެއެވެ. އެގޮތުން އެކްސިޑެންޓެއްގެ ސަބަބުން ނިޔާވުން ނުވަތަ ދާއިމީ ނުކުޅެދުންތެރިކަމެއް ކުރިމަތިވެއްޖެނަމަ އެ ބޭފުޅެއްގެ އާއިލާއަށް ނުވަތަ ބަޔާންކޮށްފައިވާ ފަރާތަކަށް 100،000ރ ލިބެ އެވެ.
އެކްސިޑެންޓެއްގެ ސަބަބުން އާމްދަނީ ދަތިވެއްޖެނަމަ މި ޕެކޭޗްގެ ދަށުން ކަރަންޓު އަދި ފެންބިލު ދެއްކުމަށާއި އަދި ސްކޫލްފީއެއް ދައްކަންޖެހޭނަމަ އެކަމަށްވެސް ކަނޑައެޅޭ އުސޫލެއްގެ ދަށުން ފައިސާ ހަމަޖެހެ އެވެ. މީގެއިތުރުން ދިރިއުޅޭ ގޮދޮރުގައި އަލިފާނުގެ ހާދިސާއްހިނގާ ގެއިން ނުކުންނަން ޖެހުން ފަދަ ކަމެއް ދިމާވިޔަސް ފައިސާ ކަނޑައަޅާފައި އޮންނަ އުސޫލުގެ ދަށުން ހަދާފައިވާ ލިމިޓު ތަކާއި އެއްވަރަށް ފައިސާ ލިބެ އެވެ.
މީގެ އިތުރުން ޑެންގޫ، ޗިކަން ގުންޔާ ފަދަ ބައްޔެއްޖެހިގެން އެޑްމިޓް ކުރަން ޖެހުން ނުވަތަ ހައްޖު ނުވަތަ އުމްރާގެ އަޅުކަމުގައި އުޅުއްވަނިކޮށް އެޑްމިޓްކުރަން ޖެހޭ ފަދަ ކަމެއް ދިމާވެއްޖެނަމަވެސް މި ޕެކޭޗްގެ ދަށުން ފައިސާ ލިބެ އެވެ. އެގޮތުން ޑެންގޫ އަދި ޗިކަން ގުންޔާޖެހިގެން އެޑްމިޓްކޮށްފިނަމް 7500ރ އަދި ހައްޖު އަދި އުމްރާގެ ދުވަސްވަރު އެޑްމިޓް ކުރެވިއްޖެނަމަ 10،000ރ ލިބެވެ. މިއީ އެމްއައިބީ އަދި އަމާނާ ތަކަފުލް ގުޅިގެން އުފައްދާ މާރކެޓަށް 2019 ގައި ތައާރަފް ކުރި މި ހިދުމަތުގެ ފައިދާލިބި ކަސްޓަމަރުންގެ މަގުބޫލުކަން ވަނީ ލިބިފައިވެ އެވެ.
"އަހަރެން އެކްސިޑެންޓް ވެގެން ފައި އޮޕަރޭޝަންކޮށް އާމްދަނީގެ މަގު ބަންދުވެފައިވަނިކޮށް ފެމިލީ ސަޕޯޓް ކަވާގެ އެހީތެރިކަން ލިބުނު ކަމީ، ދިރިއުޅުމުގެ ޚަރަދުތަކަށް ލިބުނު ވަރަށް ބޮޑު ލުޔެކެވެ. ފެންބިލާއި ކަރަނޓު ބިލުވެސް ދެއްކީ އެލާރިން" ކަމަށް ކަސްޓަމަރެއް މައުލޫމާތު ދިނެވެ.
މި ހިދުމަތަށް އެދޭނީ ކިހިނެއް؟
ފެމިލީ ސަޕޯޓް ކަވާ ނަންގަވަން ބޭނުންވާ އެމް.އައި.ބީގެ ކަސްޓަމަރުންނަށް ފަސޭހަކަމާއި އެކު ބޭންކުގެ އެޕްލައި ނައު ޕޯރޓަލް މެދުވެރިކޮށް އެދިލައްވާ ވަގުތުން ފައިސާވެސް ދެއްކެ އެވެ. މިކަމަށް ޓަކައި mib.mv/applynow އަށް ޒިޔާރަތް ކުރައްވައިގެން ޚިދުމަތަށް އެދިލެއްވޭނެ އެވެ.
އެމްއައިބީއަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި އިސްލާމިކް ފައިނޭންސްދޭ މުއައްސަސާ އެވެ. އެމްއައިބީއިން ވަނީ ގިނައަދަދެއްގެ އިސްލާމިކް ފައިނޭންސް ޕޮރޮޑަކްޓް ރާއްޖެއަށް ތައާރަފްކޮށްފަ އެވެ. އެގޮތުން އެ ބޭންކުގެ އުޖާލާ ދިރިއުޅުން ފެސިލީޓީއަށް ވަނީ ބައިނަލްއަގްވާމީ އެވޯޑުތައްވެސް ލިބިފަ އެވެ.









