ރާއްޖޭން މިސްކް ޖެހުނު ހުރިހާ ކުދިން ބަލިން ފަސޭހަވެއްޖެ

ރާއްޖޭން މިސްކް ޖެހުނު ހުރިހާ ކުދިން ބަލިން ފަސޭހަވެއްޖެ

ރާއްޖޭން މަލްޓި ސިސްޓަމް އިންފްލެމޭޓޮރީ ސިންޑްރޯމް އިން ޗިލްޑްރެން (މިސްކް) ޖެހުނު 19 ކުދިން ބަލިން ފަސޭހަވެއްޖެ އެވެ

މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮފް އިމިއުނައިޒޭޝަންގެ ޗެއާޕާސަން އަދި ކުޑަކުދިންގެ ހާއްސަ ޑރ. އަހުމަދު ފައިސަލް ވަނީ އެކަން ކަށަވަރުކޮށްދެއްވައިފަ އެވެ.

މިސްކް އަކީ ކުޑަކުދިންގެ ހަށިގަނޑުގެ އެކި ސިސްޓަމްތަކަށް ޖެހޭ ބައްޔަކަށް ކިޔާ ނަމެކެވެ. މި ބަލި ޖެހުމުން ހަށިގަނޑުގެ އެކި ގުނަވަންތައް ރަތްވެ ދުޅަ އެވެ. މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ބަނޑުގައި ރިއްސުން، ލޯ ރަތްވުން ބޭރަށް ހިންގުން، ހޮޑުލެވި ވަރުބަލިވުން، ހަންގަޑުގައި ބިހި ނެގުން، ބޯ އެނބުރުން އަދި ބޮލުގައި ރިހުން ފަދަ ކަންކަން ހިމެނެ އެވެ.

އެ ބަލީގައި މިދިޔަ އަހަރުގެ ފަހުކޮޅު ކުއްޖަކު ވަނީ މަރުވެފަ އެވެ.

"އަޅުގަނޑަށް އެއްކުރެވިފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި އަހަރާއި، މިދިޔަ އަަހަރު ތެރޭ ޖުމްލަ 19 ކުއްޖަކަށް މި ބަލި ޖެހިފައިވޭ. ބޮޑަށް ރަށްރަށުގެ ކުދިންނަށް ބަލި ޖެހިގެން އައިޖީއެމްއެޗް ފަރުވާ ދިނީ، އެންމެ ފަހު ކުއްޖާ ދޫކޮށްލީ އިއްޔެ،" ފައިސަލް ވިދާޅުވި އެވެ.

އޭނާ ކިޔައިދިން ގޮތުގައި މި ބައްޔަކީވެސް ކޮވިޑް ފަދައިން ދުވަސްކޮޅެއްގެ ތެރޭގައި ރަނގަޅުވާ ބައްޔެކެވެ. ނަމަވެސް ބަލީގެ ނުރައްކާތެރިކަން ބޮޑުވަނީ ލޭގެ ޕްރެޝަރު ދަށްވާ ހިސާބުން ކަމަށް ވިދާޅުވި އެވެ.

ކޮވިޑުން ރަނގަޅުވާތާ މަހެއްހާ ދުވަސް ފަހުންވެސް މި ބަލީގެ އަލާމާތްތައް ފެނެ އެވެ. އެހެންކަމުން މި ބައްޔަކީ ގައިން ގަޔަށް އަރާ ބައްޔެއް ނޫން ކަމުގައި ވިޔަސް، ކޮވިޑުން ރައްކާތެރިވެގެން ކަމަށް ފައިސަލް ނަސޭހަތްތެރިވި އެވެ. އެއީ މި ބައްޔަށް މަގުފަހިވަނީ ކޮވިޑް ޖެހިގެން ކަމަށް ވެފައި، ކޮވިޑަކީ ގައިންގަޔަށް އަރާ ބައްޔަކަށްވާތީ އެވެ.

"ކޮވިޑް މަދުކުރެވިގެން ނޫނީ މި ބައްޔެއް މަދެއް ނުކުރެވޭނެ، މުހިއްމީ ކޮވިޑުން ރައްކާތެރިވުން،" ފައިސަލް ވިދާޅުވި އެވެ.

މިސްކުގެ ސަބަބުން އާންމުކޮށް ގުނަވަންތަކުގެ އިތުރުން ޓިޝޫ ވެސް ދުޅަވެ އެވެ. އަސަރު ކުރާ ބައެއް ގުނަވަންތަކުގެ ތެރޭގައި ކިޑްނީ، ހިތް، ފުއްޕާ ޕޭ، ހަޖަމު ކުރާ ނިޒާމް، ބްލަޑް ވެސެލްސް، ސިކުނޑި، ލޯ އަދި ހަންގަނޑު ހިމެނެ އެވެ.

މިހާތަނަށް މިސްކު ކްލެސިފައި ކުރަނީ ސިންޑްރޯމެއްގެ ގޮތުގަ އެވެ. މާނައަކީ ބައްޔެއްގެ ގޮތުގައި މިސްކު ފާހަގަ ކުރުމުގެ ބަދަލުގައި އެ ސިފަ ކުރަނީ ވަކި ކަމެއް މެދުވެރިވުމުން ފެންނަ އަލާމާތެއްގެ ގޮތުގަ އެވެ. އޭގެ އެއް ސަބަބަކީ މިސްކާ ގުޅޭ ގިނަ މައުލޫމާތު އަދި ވެސް ސައިންޓިސްޓުންނަށް ދަނެގަނެވިފައި ނެތުމެވެ.

މިސްކު ޖެހޭ ކުދިންނަށް ބޭސްކޮށްގެން ވަރަށް އަވަހަށް ފަސޭހަވެ އެވެ. ނަމަވެސް ބައެއް ކުދިންގެ ހާލު ވަރަށް ބޮޑަށް ދެރަވެ، ފުރާނަ ނުރައްކާވާ ހިސާބަށް ވެސް ބަލިބޮޑުވެ އެވެ. އަދި ކުޑަކުދިންގެ އިތުރުން ވަރަށް މަދުން ނަމަވެސް ބޮޑެތި މީހުންގެ ހަށިގަނޑުން ވެސް މިސްކުގެ އަލާމާތްތައް ފެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox