އިޒްރޭލުގެ ރައީސަކު ފުރަތަމަ ފަހަރަށް ޔޫއޭއީއަށް ވަޑައިގެންފި

އިޒްރޭލުގެ ރައީސް އިސްހާގް ހެރްޒޮގް (ވ) އަދި ޔޫއޭއީގެ ފޮރިން މިނިސްޓަރު ޝެއިހް އަބްދުﷲ ބިން ޒައިދު އަލް ނަހްޔާން ބައްދަލުކުރައްވަނީ. -- ފޮޓޯ: އޭއެފްޕީ

އިޒްރޭލުގެ ރައީސް އިސްހާގް ހެރްޒޮގް (ވ) އަދި ޔޫއޭއީގެ ފޮރިން މިނިސްޓަރު ޝެއިހް އަބްދުﷲ ބިން ޒައިދު އަލް ނަހްޔާން ބައްދަލުކުރައްވަނީ. -- ފޮޓޯ: އޭއެފްޕީ

އިޒްރޭލުގެ ރައީސް އިސްހާގް ހެރްޒޮގް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ކުރައްވާ ފުރަތަމަ ދަތުރުގައި އާދީއްތަ ދުވަހު އެ ގައުމަށް ވަޑައިގެންފި އެވެ.

އިޒްރޭލާއި ޔޫއޭއީއިން ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރި ފަހުން އިޒްރޭލުގެ ގިނަ ވެރިންތަކެއް ވަނީ ޔޫއޭއީއަށް ވަޑައިގެންފަ އެވެ.

އާދީއްތަ ދުވަހު ހެނދުނު ޔޫއޭއީގެ ވެރިރަށް އަބޫ ދާބީއަށް ވަޑައިގެން ހެރްޒޮގް އެންމެ ފުރަތަމަ ބައްދަލުކުރެއްވީ އެ ގައުމުގެ ފޮރިން މިނިސްޓަރު ޝެއިހް އަބްދުﷲ ބިން ޒައިދު އަލް ނަހްޔާންއާ އެވެ.

"އިޒްރޭލުގެ ރައީސަކު ޔޫއޭއީއަށް ކުރައްވާ ފުރަތަމަ ދަތުރު އަޅުގަނޑު ފަށައިފިން. އަބޫ ދާބީގައި އަޅުގަނޑުމެންނަށް އަދާކުރި ހޫނު މަރުހަބާއާ މެދު އުފާކޮށް، ޝުކުރު ކުރަން،" ހެރްޒޮގް ޓްވީޓް ކުރެއްވި އެވެ.

އިޒްރޭލާއި ޔޫއޭއީއިން ގުޅުން ގާއިމްކުރީ މީގެ 16 މަސް ކުރިންނެވެ. ޔޫއޭއީއަކީ މިސްރާއި އުރުދުންނަށް ފަހު އިޒްރޭލާ އެކު ގުޅުން ގާއިމްކުރި ތިން ވަނަ އަރަބި ގައުމެވެ.

ފޮރިން މިނިސްޓަރުގެ އިތުރުން ވަލީ އަހުދު ޝެއިހް މުހައްމަދު ބިން ޒައިދް އަލް ނަހްޔާންއާ ވެސް ހެރްޒޮގް ވަނީ ބައްދަލުކުރައްވާފަ އެވެ. އެ ބައްދަލުވުން އޮތީ ޝާހީ ގަނޑުވަރުގަ އެވެ.

ދެ ދުވަހުގެ ދަތުރުގައި ހޯމަ ދުވަހު ހެރްޒޮގް ބައްދަލުކުރައްވާނީ ބޮޑު ވަޒީރު އަދި ޑުބާއީގެ ވެރިޔާ ޝެއިހް މުހައްމަދު ބިން ރާޝިދް އަލް މަހްތޫމްއާ އެވެ.

އޭގެ އިތުރުން ޑުބާއީގައި މިހާރު ކުރިއަށްދާ އެކްސްޕޯ 2020 ޑުބާއީ މައުރަޒަށް ހެރްޒޮގް ވަޑައިގަންނަވާނެ އެވެ. އަދި ޔޫއޭއީގައި ދިރިއުޅޭ ޔަހޫދީ ކޮމިއުނިޓީއާ ވެސް ބައްދަލުކުރައްވާނެ އެވެ.

މި މަހުގެ ކުރީކޮޅު ހެރްޒޮގް ވިދާޅުވީ އިޒްރޭލާއި ޔޫއޭއީގެ ގުޅުމުގެ ސަބަބުން މުޅި މެދުއިރުމައްޗަށް އިންގިލާބެއް އަންނާނެ ކަމަށެވެ.

ދެ ގައުމުން ގުޅުން ގާއިމްކުރި ފަހުން ހޭދަވި އެއް އަހަރުގެ ތެރޭގައި 200،000 އިޒްރޭލް މީހުން ޔޫއޭއީއަށް ދަތުރުކުރި އެވެ. އޭގެ އިތުރުން އިޒްރޭލުގެ 40 އަށް ވުރެ ގިނަ ވިޔަފާރި ޔޫއޭއީގައި ވަނީ ހިންގަން ފަށާފަ އެވެ. އިޒްރޭލާއި ޔޫއޭއީއިން ވަނީ އިގްތިސާދާއި ވިޔަފާރި ކުރިއަރުވަން ގިނަ އެއްބަސްވުންތަކެއްގައި ސޮއިކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox