ސީޝެލްސް އާއި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ގައުމީ އަންހެން ޓީމު މެޗުތަކެއް ކުޅެނީ

ގައުމީ އަންހެން ޓީމުން މިހާރު ކުރިއަށްގެންދާ ޕްރެކްޓިސްތަކުގެ ތެރެއިން.-- ފޮޓޯ: އާއިމް ޒަމީރު/ އަދަދު

ގައުމީ އަންހެން ޓީމުން މިހާރު ކުރިއަށްގެންދާ ޕްރެކްޓިސްތަކުގެ ތެރެއިން.-- ފޮޓޯ: އާއިމް ޒަމީރު/ އަދަދު

ސީޝެލްސް އާއި ސައުދީ އަރަބިއްޔާގެ އަންހެން ފުޓްބޯޅަ ޓީމާއި ދެކޮޅަށް ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމުން ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗުތަކެއް ކުޅެން ތައްޔާރުވެއްޖެ އެވެ.

ދާދި ފަހުން ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކޯޗުކަމާ ހަވާލުވި ސާބިއާގެ ކޯޗު ޑޭވޯ ބާބާއާ އެކު ގައުމީ އަންހެން ޓީމު މި ވަގުތު ތަމްރީން ހަދަމުން އަންނައިރު، އެކުވެރިކަމުގެ މެޗުތައް ކުޅޭނެ ތާރީހުތައް ވެސް މިހާރު ވަނީ ފައިނަލް ކޮށްފަ އެވެ. އެ ގޮތުން އެފްއޭއެމުން މިހާރު މެޗުތައް ތާވަލުކޮށްފައިވަނީ އަންނަ ފެބްރުއަރީ މަހުގެ 15 އިން 24 އަށެވެ.

ކުރިއަށް އޮތް މަހެއްހާ ދުވަސް ތެރޭގައި ގައުމީ އަންހެން ޓީމު އެކުވެރިކަމުގެ ހަތަރު މެޗެއް ކުޅޭ ގޮތަށް ވަނީ ނިންމައިފަ އެވެ. އެ ގޮތުން ފެބްރުއަރީ މަހުގެ 15 އާއި 18 ވަނަ ދުވަހު އޮންނަ ދެ މެޗުގައި ގައުމީ އަންހެން ޓީމު ވާދަކުރާނީ ސީޝެލްސްއާ އެވެ. އަދި ފެބްރުއަރީ 20 ވަނަ ދުވަހު ސީޝެލްސް އާއި ސައުދީ އަރަބިއްޔާގެ މެޗެއް ވެސް ކުޅޭނެ އެވެ. އެންމެ ފަހުން މެޗަކަށް އަންނަ މަހު 24 ވަނަ ދުވަހު ގައުމީ ޓީމު ކުޅޭނީ ސައުދީ އަރަބިއްޔާއާ އެވެ.

މިއީ ގައުމީ އަންހެން ޓީމުން ބޭރުގެ ޓީމުތަކާ ދެކޮޅަށް މާލޭގައި ގާތް ގާތުގައި މެޗުތަކެއް ކުޅޭނެ ފުރަތަމަ ފަހަރެވެ.

ގައުމީ އަންހެން ޓީމުގެ ކޯޗު ބަބާ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން.-- ފޮޓޯ: އާއިމް ޒަމީރު/ އަދަދު

އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު މުޙައްމަދު ޝަރީފް (ޑުންގާ)، "އަދަދު" އަށް ވިދާޅުވީ މިހާރު ގައުމީ އަންހެން ޓީމު ކޯޗު ބަބާއާ އެކު މަސައްކަތް ކުރަމުން އަންނައިރު، ލިބިފައިވާ ކުރިއެރުން ވަޒަންކޮށްލަން އަންނަ މަހު ކުޅޭ މެޗުތަކުގެ ބޭނުން ހިފޭނެ ކަމަށެވެ.

މީގެ އިތުރުން މި މެޗުތަކަކީ ގައުމީ ޓީމުގައި ތިބި ޒުވާން ކުޅުންތެރިންނަށް ބައިނަލްއަގުވާމީ މެޗުތައް ތަޖުރިބާ ކޮށްލަން ލިބޭނެ ރަނގަޅު ފުރުސަތަކަށްވާނެ ކަމަށް ޑުންގާ ދެކިލައްވަ އެވެ. އަދި މި މެޗުތަކަކީ މިއަހަރު ގައުމީ ޓީމުގެ އެންމެ ބޮޑު ޓާގެޓްކަމަށްވާ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ފެށުން ކަމަށް ޑުންގާ ވިދާޅުވި އެވެ.

"އަސްލު އަންހެން ޓީމަށް ލިބޭ މެޗުތައް އިތުރުކޮށް ކުޅުންތެރިންނަށް ތަޖުރިބާ ހޯދައިދިނުން އެއީ ވަރަށް ބޮޑަށް އަޅުގަނޑުމެން މަސައްކަތްކުރާ ކަމެއް. މާލޭގައި އަންނަ މަހު ކުޅޭ މެޗުތަކުގެ އިތުރުން އަންހެން ޓީމަށް މި އަހަރު ތެރޭގައި އިތުރު މެޗުތަކެއްވެސް ހަމަޖެއްސޭތޯ އަޅުގަނޑުމެން މަސައްކަތް ކުރާނަން." ދާދި ފަހަކާ ޖެހެންދެން އަންހެން ޓީމުގެ ހެޑް ކޯޗުގެ ޒިންމާ އަދާކުރަމުން އައި ޑުންގާ ވިދާޅުވި އެވެ.

ޑުންގާ ވިދާޅުވީ އަންހެން ޓީމުގެ ތައްޔާރީތަކަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޓީމުގެ ބައެއް ކުޅުންތެރިން މިވަގުތު ކޮވިޑަށް ޕޮޒިޓިވްގެ އެކަހެރިވެގެން ތިބެން ޖެހުމުގެ ސަބަބުން އެންމެން އެއްކޮށް ޕްރެކްޓިސްކޮށްލަން ފުރުސަތު ނުލިބުން ކަމަށެވެ.

ގައުމީ ސީނިއާ ޓީމުގެ ސްކޮޑަށް ރަށްރަށުން އަލަށް ގިނަ ކުޅުންތެރިންތަކެއް ގުޅިފައިވާކަމަށްވެސް ޑުންގާ ވިދާޅުވި އެވެ.

"ނިސްބަތުން ބަލާއިރު މިހާރު ޓީމުގައި އާ ކުޅުންތެރިން ގިނަވާނެ، ވަރަށް ހުނަރުވެރި ކުޅުންތެރިން ރަށްރަށުން އެބަ ފެނޭ، އެ ކުޅުންތެރިންނަށް ގައުމީ ސްކޮޑުން ފުރުސަތު ދިނުމަކީ އަބަދުވެސް އެފްއޭއެމްގެ ވަރަށް ބޮޑު އަމާޒެއް،" ޑުންގާ ވިދާޅުވި އެވެ.

އޭގެތެރޭގައި ދާދި ފަހުން ޅ.ނައިފަރުގައި ކުރިއަށްދިޔަ އެފްއޭއެމް ވިމެންސް އިންވިޓޭޝަން ކަޕްގެ ފުރަތަމަ މުބާރާތުން ފާހަގަވި ބައެއް ކުޅުންތެރިން ހިމެނެ އެވެ. ވިމެންސް އިންވިޓޭޝަން ކަޕްގެ އިތުރު މުބާރާތްތަކެއް މި އަހަރު ތެރޭ ބާއްވަން އެފްއޭއެމުން ވަނީ ނިންމައިފަ އެވެ.

ގައުމީ އަންހެން ޓީމުން އެންމެ ފަހުން ވާދަކުރީ މިދިޔަ އަހަރު ކުރިއަށްދިޔަ އަންހެން އޭޝިއަން ކަޕް ކޮލިފިކޭޝަންގެ މެޗުތަކުގަ އެވެ. އަންހެން ސާފް ޗެމްޕިއަންޝިޕް ބާއްވަން މިހާރު ނިންމާފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox