އެފްރިކަން ކަޕް: ސެމީގެ ފަހު ޖާގަ ސެނެގާލް އަށް

Jan 31, 2022, 4:17 AM
ސެނެގާލްގެ ކުޔާޓޭ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ސެނެގާލްގެ ކުޔާޓޭ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޔައުންޑޭ، ކެމަރޫން (ޖެނުއަރީ 31) - އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން)ގައި ރޭ ކުޅުނު ކުއާޓާ ފައިނަލްގެ ފަހު މެޗުގައި އިކުއޭޓްރަލް ގިނީ އަތުން 3-1 އިން މޮޅުވެ، ސެނެގާލުން މުބާރާތުގެ ސެމީ ފައިނަލުގެ ފަހު ޖާގަ ހޯދައިފި އެވެ.

މިއީ އެފްރިކަން ކަޕްގައި 16 ވަނަ ފަހަރު ވާދަކުރާ ސެނެގާލް ޖެހިޖެހިގެން ދެ މުބާރާތުގެ ސެމީ ފައިނަލަށް ދިޔަ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ސެނެގާލް ޖުމްލަ ފަސް ފަހަރު ސެމީގައި ކުޅުނުއިރު، ދެ ފަހަރު ވަނީ ފައިނަލުން ބަލިވެފަ އެވެ. އެއީ 2002 އާއި 2019 ވަނަ އަހަރު އެވެ.

ސެނެގާލުން ކުޅުނު ދެ ވަނަ ބުރުގެ މެޗުގައި ބޮލަށް ލިބުނު އަނިޔާގެ ސަބަބުން ބަދަލުކުރަން ޖެހުނު ސަޑިއޯ މާނޭ ވަނީ ރޭ އެ ޓީމުގެ ފުރަތަމަ އެގާރައިގައި ކުޅެފަ އެވެ. މެޗު ފަށައިގެން ސެނެގާލަށް ލީޑުނަގައިދޭން އިދްރީސާ ގާނާ ގޭއި ހިލޭ ޖެހުމަކުން ފޮނުވާލި ބޯޅަ ގޯލާ ސީދާނުވެ ދިޔައިރު، މެޗުގެ 28 ވަނަ މިނިޓްގައި ސެނެގާލަށް ލީޑުނަގައިިދނީ ފަމާރާ ޑިއެދިއޯ އެވެ. އޭނާ މި ގޯލު ޖެހީ މާނޭ ނަގައިިދިން ހުރަހަކުންނެވެ.

ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން މާގިނައިރެއްނުވެ، ސެނެގާލްގެ ކެޕްޓަން ކަލީދޫ ކުލިބާލީ އަތުގައި އޭރިއާތެރެއިން ޖެހުނު ބޯޅައެއްގައި ޕެނަލްޓީ ދޭން ރެފްރީ ނިންމި އެވެ. އެކަމަކު، ފަހުން ވަނީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީގައި އެއީ ޕެނަލްޓީ އެއް ނޫން ކަމަށް ނިންމައިފަ އެވެ.

ޕެނަލްޓީ ނުލިބުނު ނަމަވެސް މެޗުގެ 57 ވަނަ މިނިޓްގައި ސެނެގާލްގެ ކީޕަރަކަށް ހުރި އެޑޮއާޑް މެންޑީ ކައިރިން އިކުއޭޓްރަލް ގިނީން ވަނީ ގޯލު ޖަހައި، ނަތީޖާ ހަމަހަމަކޮށްފަ އެވެ. ޕަބްލޯ ގަނެޓް ދިން ބޯޅަ އަކުން އިކުއޭޓްރަލް ގިނީގެ މި ގޯލު ޖެހީ ޖެނިކް ބީލާ އެވެ.

ސެނެގާލުން އަލުން ލީޑުނެގީ މެޗުގެ 68 ވަނަ މިނިޓްގަ އެވެ. ކުޅެން އެރިތާ ތިން މިނިޓް ތެރޭ ޗެއިކޫ ކުޔާޓޭ ޖެހި ވޮލީ އަކުން ސެނެގާލް އަލުން ލީޑުނެގި އެވެ. މެޗު ނިމެން 10 މިނިޓަށް ވެފައި ވަނިކޮށް، ސެނެގާލް މެޗުން މޮޅުކޮށްދިން ގޯލު ޖެހީ ބަދަލެއްގެ ގޮތުގައި ކުޅެން އެރި އިސްމާއިލާ ސާ އެވެ. ސާ މި ގޯލު ޖެހީ އެ ޓީމުގެ ސަލިއޫ ސިސް ދިން ބޯޅައަކުންނެވެ.

ބުދަ ދުވަހު ކުޅޭ ސެމީގެ ފުރަތަމަ މެޗުގައި ސެނެގާލް ބައްދަލުކުރާނީ ބުރްކީނާ ފާސޯއާ އެވެ. އަދި ބުރާސްފަތި ދުވަހު ކުޅޭ ދެ ވަނަ ސެމީގައި މިސްރު ކުޅޭނީ މުބާރާތުގެ ހޯސްޓް ކެމަރޫންއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox