އައިއެސްގެ އަންހެން ފައުޖުގެ ލީޑަރަކަށް އުޅުނު އެމެރިކާ އަންހެނަކު ހައްޔަރުކޮށްފި

އެލިސަން ފްލޫކް އެރްކެން އަކީ އެމެރިކާގެ ރައްޔިތެއް. -- ފޮޓޯ: ދަ ސަން

އެލިސަން ފްލޫކް އެރްކެން އަކީ އެމެރިކާގެ ރައްޔިތެއް. -- ފޮޓޯ: ދަ ސަން

އިސްލާމިކް ސްޓޭޓް (އައިއެސް) ޓެރަރިސްޓް ގްރޫޕްގެ އަންހެނުންނަށް ހާއްސަ ފައުޖެއް ރާވައި، ލީޑަރުގެ ގޮތުގައި ހަރަކާތްތެރިވި ކަމުގެ ތުހުމަތުގައި އެމެރިކާގެ އަންހެނަކު ހައްޔަރުކޮށް ދައުވާ އުފުލައިފި އެވެ.

އެލިސަން ފްލޫކް އެކްރެން ނަމަކަށް ކިޔާ އަންހެން މީހާއަކީ ކުރިން އެމެރިކާގެ ކަންސަސް ސިޓީގައި ދިރިއުޅުނު މަންމައެކެވެ. ތުހުމަތު ކުރެވޭ ގޮތުގައި އޭނާ ވަނީ އޭކޭ-47 ރައިފަލް ބަޑި އާއި އަމިއްލައަށް މަރުވެގެން ހަމަލާދޭ ޖެކެޓް ބޭނުން ކުރާނެ ގޮތް ސީރިއާގައި އަންހެނުންނާއި ކުޑަކުދިންނަށް ކިޔައިދީފަ އެވެ.

އޭގެ އިތުރުން އެމެރިކާގެ ކޮލެޖް ކެމްޕަހަކަށް މުސްތަގްބަލުގައި ދޭން ރޭވި ހަމަލާއެއްގައި އުޅޭނެ މެމްބަރުން ހޮވައި، ތަމްރީން ކުރި ކަމަށް ވެސް އޭނާއަށް ތުހުމަތު ކުރެވެ އެވެ.

ކުށް ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

މައްސަލައާ ގުޅޭ ތަފްސީލް ހާމަކުރާ 2019 ވަނަ އަހަރު އެފްބީއައިއިން ތައްޔާރު ކުރި ރިޕޯޓަކުންނެވެ. ދައުވާ އުފުލައި، ޝަރީއަތް ފެށުމުގެ ގޮތުން އެލިސަން އެމެރިކާއަށް ގެންގޮސްފައިވާ އިރު، އެ މައުލޫމާތުތައް އާއްމު ކުރީ ހޮނިހިރު ދުވަހު އެވެ.

ރިޕޯޓުގައިވާ ގޮތުން އައިއެސްގެ އަންހެން މެމްބަރުންނަށް ހާއްސަ ހަތީބާ ނުސައިބާ ފައުޖު ގާއިމްކުރީ 2016 ވަނަ އަހަރު ސީރިއާގެ ރައްގާގަ އެވެ. އޭރު އެ ސިޓީއަކީ އައިއެސް ވެރިކަމުގެ ވެރިރަށެވެ.

އެ ފައުޖުގައި ހިމެނެނީ އައިއެސްގެ ފިރިހެން ހަނގުރާމަވެރިންނާޢި ކައިވެނިކޮށްގެން އުޅުނު އަންހެން މެމްބަރުންނެވެ. އެ ފައުޖުގެ ލީޑަރަކީ އެލިސަން ކަމަށް ތުހުމަތު ކުރެވޭ އިރު، އެ ފައުޖާ ގުޅުނުތާ ދުވަސްކޮޅެއް ފަހުން ހުރިހާ ކަމެއް ރޭވުމުގައި އުޅުނީ އޭނާ ކަމަށް ވެ އެވެ.

އެލިސަންގެ މައިގަނޑު ދައުރަކީ އައިއެސްގެ ދުޝްމަނުންނާ ދެކޮޅަށް އަމިއްލައަށް ދިފާއު ވާނެ ގޮތް އަންހެނުންނަށް ދަސްކޮށްދިނުމެވެ. އެގޮތުން އޭކޭ-47 ރައިފަލް ބަޑި އާއި ގްރެނޭޑާއި އަމިއްލައަށް މަރުވެގެން ހަމަލާދޭ ޖެކެޓް ބޭނުންކުރާނެ ގޮތް ގިނަ އަންހެނުންތަކަކަށް ކާމިޔާބުކަމާ އެކު އޭނާ ދަސްކޮށްދިނެވެ.

އޭގެ އިތުރުން ކުޑަކުދިންނަށް ވެސް ހަތިޔާރު ބޭނުން ކުރަން ދަސްކޮށްދިން ކަމަށް ތުހުމަތު ކުރެވޭ އިރު، އެފްބީއައި ރިޕޯޓުގައި މަންޒަރު ދުށް މީހަކާ ހަވާލަދީ ބުނީ އެލިސަންގެ އުމުރުން ފަހެއް ނުވަތަ ހަ އަހަރުގެ ފިރިހެން ދަރިފުޅު މެޝިން ބަޑިއެއް ހިފައިގެން އުޅުނު ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox