ދިވެހި އެޖެންޓަށް ފައިސާ ނުދީގެން އިންޑިއާ ކުންފުންޏެއްގެ އާގު ބޯޓެއް ހިފަހައްޓައިފި

ސިވިލް ކޯޓުގެ އަމުރެއްގެ ދަށުން ހިފަހައްޓާފައިވާ "އެމްވީ ޕޫރަމަލަމް 1": މި ބޯޓު އާންމުކޮށް ދަތުރުކުރަނީ ރާއްޖެ އާއި ޓުޓޮކުރިންއާ ދެމެދު. -- ފޮޓޯ: ފްލީޓްމޮން.ކޮމް

ސިވިލް ކޯޓުގެ އަމުރެއްގެ ދަށުން ހިފަހައްޓާފައިވާ "އެމްވީ ޕޫރަމަލަމް 1": މި ބޯޓު އާންމުކޮށް ދަތުރުކުރަނީ ރާއްޖެ އާއި ޓުޓޮކުރިންއާ ދެމެދު. -- ފޮޓޯ: ފްލީޓްމޮން.ކޮމް

ޕްރަވަލަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ފޯރުކޮށްދިން ހިދުމަތްތަކަކަށް ފައިސާ ނުދީގެން ހުށަހެޅި މައްސަލައަކާ ގުޅިގެން 2.4 މިލިއަން ރުފިޔާގެ ޑިޕޮސިޓެއް ބަހައްޓާފައި ނޫނީ ނުފުރޭ ގޮތަށް އާގު ބޯޓެއް ހިފަހައްޓަން ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.

އެ ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ވަގުތީ އަމުރެއްގެ ދަށުން ހިފެހެއްޓީ ރާއްޖެ އާއި ޓުޓޮކުރިންއާ ދެމެދު ދުއްވާ "އެމްވީ ޕްރަވަލަން 1" ބަލްކް ކެރިއަރެވެ. ޕެނަމާ ދިދައިގައި ދުއްވާ މި ބޯޓު އޮޕަރޭޓުކުރަނީ އިންޑިއާގެ ޓެމިލް ނާޑޫގައި ގާއިމުވެފައިވާ ޕްރަވަލަން ފްރައިޓް ފޯވާޑާސް ޕްރައިވެޓް ލިމިޓެޑެވެ.

ޕްރަވަލަން ފްރައިޓާ ދެކޮޅަށް މައްސަލަ ހުށަހެޅި ޕްރަވަލަަން މޯލްޑިވްސްއަކީ އެ ކުންފުނީގެ ބޯޓުތަކުން ރާއްޖެއަށް އެތެރެކުރާ މުދަލާއި ބޭރުކުރާ މުދަލުގެ ކަންކަން ބަލަހައްޓާ ލޯކަލް އެޖެންޓެވެ.

ޕްރަވަލަން މޯލްޑިވްސްއިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އެދުނީ އެ ކުންފުނިން ފޯރުކޮށްދީފައިވާ މުދަލާއި ހިދުމަތުގެ އަގާއި ގެއްލުމުގެ ބަދަލުގެ ގޮތުގައި ޕްރަވަލަން ފްރައިޓުން 160،473.49 ޑޮލަރު (2.4 މިލިއަން ރުފިޔާ) ނަގައި ދިނުމަށާއި، އެ މައްސަލަ ނިމެންދެން މިހާރު ރާއްޖޭގައި އޮތް އެ ކުންފުނީގެ އާގު ބޯޓު ފުރުން މަނާކޮށް އަމުރެއް ނެރެދިނުމަށެވެ.

މި މައްސަލައިގައި ޕްރަވަލަން ފްރައިޓުން ކޯޓަށް ހާޒިރު ނުވާތީ ވަގުތީ އަމުރާ މެދު ގޮތެއް ނިންމީ އެ ކުންފުނީގެ ޣައިރު ހާޒިރުގަ އެވެ.

ދިވެހި ކުންފުނިން އެދުނު ގޮތަށް ސިވިލް ކޯޓުގެ ގާޒީ އަބްދުﷲ އަލީ ނެރެދެއްވި އަމުރުގައި، ބޯޓު ހިފަހައްޓަން ބުރަވީ އެ މައްސަލަ ރައްދުވާ ފަރާތަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ގާނޫނީ ޝަހުސަކަށް ނުވާތީ، ހުކުމުން ބޭނުންވާ ނަތީޖާ ނުނެރެވިދާނެތީ ކަމަށް ފާހަގަކުރައްވާފައި ވެއެވެ.

މިގޮތަށް ރަޖިސްޓްރީ ނުކުރާ ބަޔެއްގެ އެ ނޫން މުދަލެއް ނޯންނަ ހާލަތްތަކުގައި އަމަލުކުރަން އޮންނަ ގޮތަކީ ޑިޕޮސިޓް ފައިސާއެއް ބަހައްޓަން އަމުރުކޮށް އުޅަނދު ނުހިފަހައްޓާ ދޫކޮށްލުން ނޫނީ ޑިޕޮޒިޓް ދެއްކުމުން ދޫކޮށްލުމެވެ. ޑިޕޮޒިޓް ބަހައްޓާފައި ނޫނީ ފުރުން މަނާކުރީ، އެ އުޅަނދު ފުރައިގެން ގޮސްފި ނަމަ މައްސަލަ ހުށަހެޅި ފަރާތުގެ ހައްގަކަށް އުނިކަމެއް އަންނާނެކަމަށް މައްސަލަ ބެއްލެވި ގާޒީއަށް ފެނިވަޑައިގަންނަވާތީ އެވެ.

އާގު ބޯޓު ފަހަރު ޓްރެކް ކުރާ އިންޓަނެޓް ވެބްސައިޓް ވެސްލްފައިންޑާއިން ދައްކާ ގޮތުގައި އެންމެ ފަހުން ރިޕޯޓުކޮށްފައިވާ މި ބޯޓުގެ ލޮކޭޝަނަކީ ވިލިމާލެއާ ދިމާލުން ކިލޯމީޓަރެއް ބޭރުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox