ނިއު ސްޓާގެ ފަރާތުން މާފުށީގައި އެކަޑަމީއެއް ފަށައިފި

Jan 29, 2022, 9:35 AM
ނިއު ސްޓާ އެކެޑަމީ ފެއްޓުމުގެ ރަސްމިއްޔާތުގެ ތެރެއިން.-- ފޮޓޯ: އަބްދުﷲ އިރުފާން

ނިއު ސްޓާ އެކެޑަމީ ފެއްޓުމުގެ ރަސްމިއްޔާތުގެ ތެރެއިން.-- ފޮޓޯ: އަބްދުﷲ އިރުފާން

ނިއު ސްޓާ ސްޕޯޓްސް ކްލަބްގެ ފަރާތުން ކ. މާފުށީގައި އެކެޑަމީއެއް ފަށައިފި އެވެ.

މާފުށީގައި މި އެކެޑަމީގެ މަަސައްކަތް ރަސްމީކޮށް އިއްޔެ ފެއްޓި ހަފްލާ ޝަރަފްވެރި ކޮށްދެއްވީ ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ކްލަބް ވެލެންސިއާ އަދި ގައުމީ ފުޓްބޯޅަ ޓީމުގެ ތަރި އަލީ ފާސިރު (ސެންޓޭ) އާއި ގައުމީ ޓީމުގެ މިޑްފީލްޑަރު އިސްމާއިލް އީސާ (މެސީ) އެވެ.

މި ރަސްމިއްޔާތުގައި މާފުށީގެ މުއައްސަސާތަކުގެ އިސްވެރިންނާއި ނިއު ސްޓާ ކްލަބްގެ ގިނަ އަދަދެއްގެ މެންބަރުން ވަނީ ބައިވެރިވެފަ އެވެ.

މި އެކެޑަމީ ފެށިިއިރު، 88 ކުދިން ބައިވެރިވެ އެވެ. މިއީ އެ ރަށުގެ ނިސްބަތުން ބަލާއިރު، ތަރުހީބު ބޮޑު އަދަދެކެވެ.

ނިއު ސްޓާ އެކެޑަމީ އިއްޔެ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެެރެއިން.-- ފޮޓޯ: އަބްދުﷲ އިރުފާން

އެކަޑަމީ ހުޅުވުމުގެ ރަސްމިއްޔާތުގައި ނިއު ސްޓާގެ ރައީސް އަހުމަދު އަބްދުﷲ ވިދާޅުވީ އެ ކްލަބްގެ ފަރާތުން މާފުށީގައި އެކަޑަމީއެއް ފެއްޓުމުގެ އެންމެ ބޮޑު މަގުސަދަކީ ރަނގަޅު ހަރުދަނާ މުޖްތަމައެއް ބިނާކުރުމަށް ބޭނުންވާ މީހުން ތައްޔާރުކުރުން ކަމަށެވެ.

"ކުޅިވަރަކީ މީހުން ތަރުބިއްޔަތު ކުރުމަށް ބޭނުން ކުރެވޭނެ ރަނގަޅު މަސްދަރެއް.، ކ.މާފުށިން ދިވެހިރާއްޖެ ތަމްޞީލު ކުރާނެ ހުނަރުވެރި ދަރިން ތަކެއް ތައްޔާރު ކުރުމަކީ މި އެކަޑަމީ އުފެއްދުމުގެ މައިގަނޑު އެއް މަގުސަދު،" އަބްދުﷲ ވިދާޅުވި އެވެ.

ނިއު ސްޓާ އެކަޑަމީ ފެއްޓީ ހަމައެކަނި ފުޓްބޯޅަ އަށް އިސްކަންދީގެން ކަމުގައިވީ ނަމަވެސް، ކުރިއަށް އޮތްތަނުގައި މި އެކެޑަމީ އިތުރަށް ފުޅާކުރުމުގެ ވިސްނުން ގެންގުޅެ އެވެ.

ނިއު ސްޓާ އިން އިއްޔެ ފެށި އެކަޑަމީގައި ބައިވެރިވާ ކުދިންތަކެއް.-- ފޮޓޯ: އަބްދުﷲ އިރުފާން.

އެކެޑަމީ ހިންގުން ފަދަ ކޮންމެ ހަރަކާތެއް ނިއު ސްޓާގެ ފަރާތުން ކުރިއަށް ގެންދަނީ ގިނަ ފަރާތްތަކެއްގެ އެހީތަރިކަމާ އެކު ކަމަށާއި އެކަމަށްޓަކައި އެ ހުރިހާ ފަރާތަކަށް ނިއު ސްޓާގެ ފަރާތުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

ނިއު ސްޓާ އިން ވަނީ މާފުށީގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ އައިކޮމް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުން ދިން އެއްބާރުލުން ފާހަގަކޮށްފަ އެވެ. ފުރަތަމަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް މި ފަހަރު ބިނާވެފައި އޮތީ މާފުށީގެ މެނޭޖްމަންޓަކާއި ގިނަ ޒުވާނުންތަކެއް އެކުލެވިގެންވާ ގޮތަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox