ވެރިކަމަށް އާދެވިއްޖެ ނަމަ ސަރުކާރު ވަޒީފާތައް ދޭނީ ހަމައެކަނި ޕީޕީއެމް މެމްބަރުންނަށް: ޔާމިން

އިދިކޮޅު ޕީޕީއެމްގެ ޖަލްސާއެއްގައި ޔާމީން ވާހަކަ ދައްކަވަނިކޮށް: އެމަނިކުފާނަށް ދެވަނަ ދައުރެއް ލިބެއްޖެ ނަމަ ސަރުކާރު ވަޒީފާތަކުގެ ފުރުސަތު އެހެން ޕާޓީތަކަށް ނިސްބަތްވާ މެމްބަރުންނަށް ނުލިބޭނެ ކަމަށް ވިދާޅުވި -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

އިދިކޮޅު ޕީޕީއެމްގެ ޖަލްސާއެއްގައި ޔާމީން ވާހަކަ ދައްކަވަނިކޮށް: އެމަނިކުފާނަށް ދެވަނަ ދައުރެއް ލިބެއްޖެ ނަމަ ސަރުކާރު ވަޒީފާތަކުގެ ފުރުސަތު އެހެން ޕާޓީތަކަށް ނިސްބަތްވާ މެމްބަރުންނަށް ނުލިބޭނެ ކަމަށް ވިދާޅުވި -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

އިދިކޮޅު ޕީޕީއެމްއަށް 2023 ގައި ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބުކުރެވިއްޖެ ނަމަ، ސަރުކާރު ވަޒީފާތައް ދޭނީ ހަމައެކަނި އެ ޕާޓީއަށް ނިސްބަތްވާ މެމްބަރުންނަށް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ލީޑަރު މިފަދައިން ވިދާޅުވީ އެ ޕާޓީގެ ޓިކެޓުގައި ރަައްޔިތުން މަޖިލީހުގެ ކޮމަންޑޫ ދާއިރާއަށް ވާދަކުރާ މޫސާ ފަތުހީއަށް ތާއީދު ހޯދުމަށްޓަކައި، މާލޭގައި ދިރިއުޅޭ އެ ދާއިރާއަށް ނިސްބަތްވާ ރައްޔިތުންނާ އެކު ރޭ ހެންވޭރު ލެވެންޑާ ރެސްޓޯރެންޓުގައި ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ.

އަންނަ މަހުގެ ފަސްވަނަ ދުވަހު އޮންނަ ބައި އިލެކްޝަންގައި ފަތުހީއަށް ވޯޓު ދެއްވުމަށް އެދިވަޑައިގެން ޔާމީން ވިދާޅުވީ 2023 ގައި އެމަނިކުފާނު ވެރިކަމަށް އިންތިހާބުވެއްޖެ ނަމަ އެހެން ޕާޓީތަކުގެ މެމްބަރުންނަށް ސަރުކާރު ވަޒީފާތަކުގެ ފުރުސަތު ނުދޭނެ ކަމަށެވެ.

Advertisement

"2023 ގައި އަޅުގަނޑުމެންގެ ސަރުކާރެއް، ރައްޔިތުންގެ ކަންތައްތައް ކުރުމަށް ފަހިވެގެން ހިނގައްޖެ ކަމަށް ވަންޏާ، ހިންގާ ސަރުކާރުގެ ކުންފުނިތަކުގެ ވަޒީފާތައް ކަމަށްވިޔަސް އަދި މުއައްސަސާތަކުގެ ވަޒީފާތައް ކަމަށް ވިޔަސް، މި ތަންތަނަށް (ސަރުކާރު ވަޒީފާތަކަށް) އަޅުގަނޑުމެން ނަގާނީ ޕީޕީއެމްގެ ކުދިން. އެހެން ބަޔަކަށް ޖާގައެއް ނޯންނާނެ. އަދި އޭގެން ޖާގަ ދޭނަން މިހާރު އަޅުގަނޑުމެންނާ އެކު މަސައްކަތްކުރާ މީހުނަށް،" ޔާމިން ވިދާޅުވި އެވެ.

މީގެ އިތުރުން ޕީޕީއެމްގެ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ސަބަބުން ވަޒީފާ ގެއްލުނު މީހުންނަށް އެމަނިކުފާނަށް ދެވަނަ ފަހަރަށް ވެރިކަމަށް އާދެވިއްޖެ ނަމަ، އެ މީހުންގެ ވަޒީފާތައް އިއާދަކުރުމަށްފަހު ކުރިން ތިބި މަގާމަށްވުރެ ބޮޑު މަގާމެއް ދޭނެ ކަމަށް ވެސް ރޭ ބޭއްވި ޖަލްސާގައި ޔާމީން ވައުދުވެވަޑައިގަތެވެ.

އެމަނިކުފާނު މިވާހަކަތައް ދެއްކެވީ އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދު ހޯދުމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމް ފޯކައިދޫއަށް ވަޑައިގެން ދެއްކެވި ވާހަކަތަކަށް ފާޑު ވިދާޅުވަމުންނެވެ. އެއީ އާސަންދަ ލިބޭނީ ވަކި ފިކުރެއްގެ ބަޔަކަށް ކަމަށް ދޭހަވާ މޭރުމަކުން ގާސިމް ދެއްކެވި ވާހަކައަށް އިޝާރާތް ކުރައްވަމުންނެވެ.

"ސިޔާސީ ގޮތުން މިހާ ވާދަވެރިިކޮށް ގޮސްފައިި، މިހާ އަނިޔާވެރިކޮށް ތިބި ބަޔަކު ރައްޔިތުންނާ މެދު އަމަލު ކުރަމުންދާއިރު އަޅުގަނޑުމެން އެބަ ޖެހޭ އެބަޔަކު މިނާ ނާޅިއަކުން މިނެލަން،" ޕީޕީއެމްގެ ވެރިކަމެއްގައި ސަރުކާރު ވަޒީފާތަކުގެ ފުރުސަތު އެހެން ޕާޓީތަކުގެ މެމްބަރުންނަށް ނުދޭނެކަން ފާހަގަކުރައްވަމުން ޔާމީން ވިދާޅުވި އެވެ.

ވަކި ސިޔާސީ ފިކުރަކަށް ތާއީދުކުރުމުން ސަރުކާރުގެ ވަޒީފާ ނުގެއްލޭނެ ކަމަށާއި، ހަމަހަމަކަމާއި އެކު ކޮންމެ ފިކުރެއްގެ މީހަކަށް ވެސް ވަޒީފާގެ ފުރުސަތު ދޭން ރައީސް ޔާމީން 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބަށް ކުރި ކެމްޕެއިންގެ ތެރެއިން ވައުދުވި އެވެ. އަދި ވަޒީފާގެ ބިރުވެރިކަން އޮތީ އެމަނިކުފާނުގެ ސަރުކާރުގައި ނޫން ކަމަށާއި، އެ ބިރުވެރިކަން އޮތީ މިހާރުގެ ސަރުކާރުގައި ކަމަށް އިންތިހާބުން ނާކާމިޔާބުވުމަށްފަހު 2019 ވަނަ އަހަރު މ. އަތޮޅަށާއި ފ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ވިދާޅުވެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox