ރަޝިއާއަށް ޕްރެޝަރު ކުރަން އިރުމަތީ ޔޫރަޕަށް އެމެރިކާ ސިފައިން ފޮނުވަނީ

އެމެރިކާގެ ރައީސް ޖޯ ބައިޑެން.

އެމެރިކާގެ ރައީސް ޖޯ ބައިޑެން.

ވޮޝިންޓަން، އެމެރިކާ (ޖެނުއަރީ 29) - އިރުމަތީ ޔޫރަޕްގައި ނޭޓޯގެ ބާރު ވަރުގަދަ ކުރަން ވަރަށް އަވަހަށް އެމެރިކާގެ ސިފައިން ފޮނުވާނެ ކަމަށް ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެ އެވެ.

ބައިޑެން އެހެން ވިދާޅުވި އިރު، ރަޝިއާއިން ޔޫކްރެއިން ހިފަން އުޅޭ ކަމަށް ހުޅަނގުގެ ގައުމުތަކުން ތުހުމަތުކޮށް، އިރުމަތީ ޔޫރަޕްގެ މަޝްރަހު ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ.

"އިރުމަތީ ޔޫރަޕާއި ނޭޓޯގެ ގައުމުތަކަށް ވަރަށް އަވަހަށް ސިފައިން ފޮނުވާނަން. އެއީ މާ ބައިވަރު ސިފައިންނެއް ނޫން،" ބައިޑެން ނޫސްވެރިންނަށް ވިދާޅުވި އެވެ.

ހުޅަނގު ޔޫރަޕްގެ ގައުމުތަކުގައި މިހާރު ވެސް އެމެރިކާގެ އެތައް ހާސް ސިފައިން އެބަ ތިއްބެވެ. ނަމަވެސް ޕެންޓަގަން އިން މިހާރު މަސައްކަތް ކުރަނީ އިރުމަތީ ޔޫރަޕަށް ވެސް ސިފައިން ފޮނުވުމަށެވެ.

މި ހަފްތާގައި ޕެންޓަގަންގެ ތަރުޖަމާން ޖޯން ކާބީ ވިދާޅުވީ ނޭޓޯއަށް އެހީވާން ދާން ޖެހިދާނެ ކަމަށް ބަލައި 8،500 ސިފައިން ތައްޔާރީ ހާލަތުގައި އެބަ ތިބި ކަމަށެވެ.

ޔޫކްރެއިނަކީ ނޭޓޯގެ މެމްބަރު ގައުމެއް ނޫނެވެ. ނަމަވެސް ރަޝިއާއިން ޔޫކްރެއިނަށް ހަމަލާ ދީފި ނަމަ، އަވައްޓެރި ގައުމުތަކުގެ ތެރޭގައި ހިމެނޭ ނޭޓޯގެ މެމްބަރުންނަށް ވެސް ހަނގުރާމަ ކުރިމަތިވާނެ ކަމަށް އެމެރިކާއިން ދެކެ އެވެ.

ރަޝިއާއިން ތަކުރާރުކޮށް ބުނަމުން ދަނީ ޔޫކްރެއިނަށް ހަމަލާދޭން ނޫޅޭ ކަމަށެވެ. ނަމަވެސް ރަޝިއާ އާއި ޔޫކްރެއިން ގުޅޭ ބޯޑަރު ކައިރީގައި 100،000 ރަޝިއާ ސިފައިން އެބަ ތިއްބެވެ.

ރަޝިއާއިން ޑިމާންޑް ކުރަނީ ޔޫކްރެއިނަށް ނޭޓޯގެ މެމްބަރުކަން ނުދިނުމަށެވެ. މިދިޔަ ހަފްތާގައި ބައިޑެން ވިދާޅުވީ ރަޝިއާއިން ޔޫކްރެއިނަށް ހަމަލާދީފި ނަމަ، ރައްދުގައި އަޅާނީ ރަޝިއާއިން ނޭދޭ ފިޔަވަޅެއް ކަމަށެވެ.

"ޕޮލޭންޑާއި ރޮމޭނިއާ އަދި އެހެން ގައުމުތަކުގައި ސިފައިން އިތުރު ކުރާނަން. އެއީ މިހާރު ވެސް ނޭޓޯގެ މެމްބަރު ގައުމުތައް،" ބައިޑެން ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox