ބޭނުންވާ ކުޅުންތެރިން ނުގަނެވޭތީ ކޮންޓޭ ޓޮޓެންހަމް ދޫކޮށްލަފާނެ

Jan 29, 2022, 5:41 AM
ބޭނުންވާ ކުޅުންތެރިން ނުގަނެވޭތީ ކޮންޓޭ ޓޮޓެންހަމް ދޫކޮށްލަފާނެ

ލަންޑަން (ޖެނުއަރީ 29) - ޓޮޓެންހަމް ހޮޓްސްޕާސް އަށް އޭނާ ބޭނުންވާ ކުޅުންތެރިން ނުގެނެވޭތީ ކޯޗު އެންޓޯނިއޯ ކޮންޓޭ އެ ޓީމު ދޫކޮށްލަން އުޅޭ ކަމަށް އިނގިރޭސި މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

މި މަހުގެ ކުރިއަށްދާ ފިނި މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ޓޮޓެންހަމުން އަންނަނީ ކޮންޓޭ ބޭނުންވާ ސްޓައިލުގެ ގިނަ ކުޅުންތެރިންތަކެއް ހޯދަން މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ޕްރިމިއާ ލީގުގެ ވުލްވްސް އަށް ކުޅޭ އަޑަމާ ޓްރައޯރޭ އާއި ޕޯޓޯގެ ލުއިސް ޑިއާޒް އާއި އޭސީ މިލާންގެ ފްރެންކް ކެސިއޭ، ފިއޮރެންޓީނާގެ ސޮފިއަން އަމްރަބާތު އާއި ފިއޮރެންޓީނާގެ ޑުސަން ވްލަހޮވިޗް އާއި މެންޗެސްޓާ ޔުނައިޓެޑްގެ ޖެސީ ލިންގާޑްގެ އިތުރުން ބްރައިޓަންގެ ތާރިގް ލަމްޕްޓޭ ހިމެނެ އެވެ.

މީގެ ތެރެއިން އެޑަމާ ބާސެލޯނާއާ ގުޅެން ނިންމާފައިވާއިރު، ވްލަހޮވިޗް ވަނީ ޔުވެންޓަސް އަށް ސޮއިކޮށްފަ އެވެ. އަދި ޑިއާޒް ވަނީ ޓޮޓެންހަމަށް ނޫނެކޭ ބުނެ، ލިވަޕޫލާ ގުޅެން ނިންމައިފަ އެވެ.

ކޮންޓޭ ބޭނުންވާ ކުޅުންތެރިންގެ ލިސްޓު ކިތަންމެ ދިގުވި ކަމުގައި ވިޔަސް އެއްވެސް ކުޅުންތެރިއެއް ގަތުމުގެ ރޭހުގައި ޓޮޓެންހަމް އަށް އަދި ކުރިއެއް ނުލިބެ އެވެ.

ކޮންޓޭ އަކީ އޭނާ ހަވާލުވާ ކޮންމެ ޓީމަކަށް ވެސް ގިނަ ޝަރުތުތަކެއް ކުރާ ކޯޗެެކެވެ. ޓޮޓެންހަމް އާއި ހަވާލުވީ ވެސް އޭނާ ބޭނުންވާ ކުޅުންތެރިން ގަތުމަށް ކުލަބުން ފަންޑު ދޭނެކަމުގެ ކަމުގެ ޔަގީންކަން ދިނުމުންނެވެ. ނަމަވެސް އަދި އެއްވެސް ވަރަކަށް ކުޅުންތެރިން ހޯދުމުގައި ކްލަބަށް މާ ބޮޑު ކަމެއް ނުކުރެވެ އެވެ. އަދި ޓޮޓެންހަމްގެ ސްޕޯޓިން ޑިރެކްޓަރު ފަބިއޯ ޕަރަޓިޗީ ވެސް ވަނީ ޓޮޓެންހަމަށް ކުޅުންތެރިން ގެނައުމުގައި ދަތިތަކެއް ހުރި ކަމަށް ބުނެފަ އެވެ.

އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ކޮންޓޭ ބޭނުންވާ ކުޅުންތެރިން ނުގަނެވޭނަމަ އޭނާ މި ސީޒަނަށް ފަހު އެ ކުލަބު ދޫކޮށްލުން ގާތެވެ. ހާލަތު ބަދަލުވާ ގޮތަކުން ސީޒަން ނިމުމުގެ ކުރިން ވެސް ކޮންޓޭ ޓޮޓެންހަމްގެ ވަޒީފާ ދޫކޮށްލުމުގެ ފުރުސަތު އެބައޮތެވެ. ޓޮޓެންހަމާ އެކު ކޮންޓޭ ހަދާފައިވަނީ ދެ އަހަރުގެ އެއްބަސްވުމެކެވެ.

މި ސީޒަން ފެށިއިރު ޓޮޓެންހަމުން ޓީމު ހަވާލުކުރީ ޕޯޗުގީސްގެ ކޯޗު ނޫނޯ އެސްޕިރީޓޯ ސަންޓޯއާ އެވެ. އޭނާގެ ވަޒީފާ ގެއްލި ޓޮޓެންހަމުން ކޮންޓޭއާ ޓީމު ހަވާލުކުރީ މިދިޔަ ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހުގަ އެވެ.

ޓޮޓެންހަމާ އެކު ކޮންޓޭގެ ލީގު ރެކޯޑު ރަނގަޅެވެ. ކޮންޓޭ އަކީ ޓޮޓެންހަމާ ހަވާލުވެ، އެ ކްލަބްގެ ތާރީހުގައި ވެސް ފުރަތަމަ ހަތް މެޗު ބައްޔެއް ނުވެ ނިންމާލި ފުރަތަމަ ކޯޗު އެވެ. މިހާތަނަށް ޓޮޓެންހަމަށް ކޮންޓޭ ކޯޗުކޮށްދިން 16 މެޗުގެ ތެރެއިން އެ ކްލަބް ބަލިވީ އެންމެ ހަތަރު މެޗުންނެވެ. އޭގެ ތެރެއިން ތިން މެޗަކީ ކޮންޓޭ ކުރިން ކޯޗުކޮށްދިން ޗެލްސީ އަތުން ބަލިވި މެޗުތަކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox