ލިވަޕޫލުން ލުއިސް ޑިއާޒްގެ ސޮއި ހޯދުމާ ގާތަށް

Jan 28, 2022, 8:01 PM
ޕޯޓޯގެ ފޯވާޑް ލުއިސް ޑިއާޒް: ލިވަޕޫލަށް ވަރަށް އަަވަހަށް ސޮއިކުރުމުގެ ފުރުސަތު ބޮޑު.

ޕޯޓޯގެ ފޯވާޑް ލުއިސް ޑިއާޒް: ލިވަޕޫލަށް ވަރަށް އަަވަހަށް ސޮއިކުރުމުގެ ފުރުސަތު ބޮޑު.

ލިވަޕޫލް (ޖެނުއަރީ 29) - ޕޯޗުގަލްގެ ޕޯޓޯ އަށް ކުޅެމުން އަންނަ ކޮލަމްބިއާގެ ފޯވާޑް ލުއިސް ޑިއާޒް، އިނގިރޭސި ޕްރިމިއާ ލީގުގެ ލިވަޕޫލަށް ސޮއިކުރަން ހުރިހާ ކަމެއް ހަމަޖެހިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އުމުރުން 25 އަހަރުގެ ޑިއާޒް ހޯދަން ލިވަޕޫލުން އެންމެ ފުރަތަމަ ބޭނުންވީ މި ސީޒަން ނިމުމުން އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުންނެވެ. އެކަމަކު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ހޮޓްސްޕާސް އިން އަންނަ ހޯމަ ދުވަހު ނިމޭ މި މަހުގެ ޓްރާންސްފާ މާކެޓް ތެރޭ ޑިއާޒް ހޯދަން މަސައްކަތްކުރާތީ ލިވަޕޫލުން މި ވަނީ އެ ޑީލްގެ މަސައްކަތް އަވަސްކޮށް، ކޮންޓްރެކްޓްގައި ސޮއިކުރުމާ ހަމައަށް ގެންގޮސްފަ އެވެ.

މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި ޕޯޓޯގެ ޑިއާޒް (ވ) ލިވަޕޫލްގެ ޖޮޓާ ކައިރިން ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ.-- ފޮޓޯ: އޭއެފްޕީ

މިދިޔަ ހަފްތާއެއްހާ ދުވަހު ޑިއާޒް ހޯދުމުގެ މަޝްވަރާތަކުގެ ކުރީގައި އޮތީ ޓޮޓެންހަމް އެވެ. ޓޮޓެންހަމް އިން ވަނީ ޑިއާޒްގެ ސޮއި ހޯދަން 45 މިލިއަން ޕައުންޑްގެ ބިޑެއް ކޮށްފަ އެވެ. އެއީ ފުރަތަމަ 30 މިލިއަން ޕައުންޑް ދިނުމަށް ފަހު ބާކީ ބަހާލައިގެން ދޭ ގޮތަށެވެ.

ރިޕޯޓްތައް ބުނާގޮތުން ލިވަޕޫލުން ޓޮޓެންހަމްގެ ޑީލް ހައިޖެކްކުރީ ޖުމްލަ އެއްކޮށް 50 މިލިއަން ޕައުންޑް ދޭ ގޮތަށެވެ. ފުރަތަމަ ދައްކާނީ 37 މިލިއަން ޕައުންޑެވެ. ބާކީ 13 މިލިއަން ޕައުންޑް ދޭނީ ބަހާލައިގެންނެވެ.

ސްކައި ސްޕޯޓްސް އިން ރިޕޯޓްކުރާ ގޮތުގައި ލިވަޕޫލުން މިހާރު ވަނީ ޑިއާޒްގެ މެޑިކަލް ޓެސްޓްތައް ހަދަން އާޖެންޓީނާ އަށް ޓީމެއް ފޮނުވައިފަ އެވެ. ވޯލްޑް ކަޕް ކޮލިފައިންގައި ޑިއާޒް ކުޅެމުން އަންނަ ކޮލަމްބިއާ މިރޭ ޕެރޫއާ ކުޅުމަށް ފަހު މާދަމާގެ ވަގުތެއްގައި އާޖެންޓީނާ އަށް ފުރާނެ އެވެ. ދެކުނު އެމެރިކާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ޑިއާޒްގެ މެޑިކަލް ޓެސްޓްތައް ނިންމާނީ އާޖެންޓީނާގަ އެވެ.

ޑިއާޒްގެ ސޮއި ހޯދަން ކުރާ މަސައްކަތް ޓޮޓެންހަމަށް ނާކާމިޔާބު ވެއްޖެނަމަ ޖެހިޖެހިގެން ދެ ޓްރާންސްފާއެއް އެ ޓީމަށް ނާކާމިޔާބުވީ އެވެ. ޓޮޓެންހަމުން ހޯދަން މަސައްކަތް ކުރި ވުލްވްސްގެ ވިންގް އެޑަމާ ޓްރައޯރޭ ވަނީ ބާސެލޯނާ އަށް ބަދަލުވާން ނިންމައިފަ އެވެ.

ޕޯޗުގީސް ލީގާއި ޗެމްޕިއަންސް ލީގުގެ އިތުރުން ކޮލަމްބިއާ ގައުމީ ޓީމުގައި ވިދަމުން އަންނަ ޑިއާޒް ލިވަޕޫލަށް ސޮއިކޮށްފިނަމަ މި މަހުގެ ޓްރާންސްފާ މާކެޓް ތެރޭގައި ލިވަޕޫލުން ޓަކޫމީ މިނަމީނޯ ނޫނީ ޑިވޮކް އޮރީގީ ދޫކޮށްލާނެ އެވެ. މީގެ ތެރެއިން ލިވަޕޫލުން ދޫކޮށްލުމުގެ ފުރުސަތު ބޮޑީ އޮރީގީ އެވެ.

އޮރީގީގެ ކޮންޓްރެކްޓް މި ސީޒަން ނިމުމުން ހަމަވާނެ އެވެ. ދާދި ފަހުން މިނަމީނޯ އަށް ލީޑްސް ޔުނައިޓެޑާއި މޮނާކޯ އިން ލިބުނު އޮފާތަކަކަށް ލިވަޕޫލުން ނޫނެކޭ ބުނެފައިވާއިރު، އޭނާ ލިވަޕޫލްގެ ކޮންޓްރެކްޓްގައި ހުރީ 2024 ވަނަ އަހަރު ޖޫން މަހުގެ ނިޔަލަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox