އެމެރިކާއިން އަނެއްކާވެސް ރާއްޖެއަށް ފައިޒާ ވެކްސިން ހަދިޔާކޮށްފި

އެމެރިކާއިން ރާއްޖެއަށް ދެ ލައްކައަށްވުރެ ގިނަ ވެކްސިން ހަދިޔާކޮށްފި--ފޮޓޯ: މުހަންމަދު ޝާބިން/އަދަދު

އެމެރިކާއިން ރާއްޖެއަށް ދެ ލައްކައަށްވުރެ ގިނަ ވެކްސިން ހަދިޔާކޮށްފި--ފޮޓޯ: މުހަންމަދު ޝާބިން/އަދަދު

އެމެރިކާގެ ފަރާތުން ރާއްޖެއަށް އެހީތެރިވުމުގެ ގޮތުން 210600 ޑޯޒްގެ ފައިޒާ ވެކްސިން މިއަދު ހަދިޔާކޮށްފި ކަމަށް ހެލްތް މިނިސްޓްރީން ބުނެފި އެވެ.

ވެކްސިން ގްލޯބަލް އެކްސެސް (ކޮވެކްސް) މެދުވެރިކޮށް ރާއްޖެއަށް މިއަދު ވަނީ މި ވެކްސިން ޑޯޒްތަކުގެ އިތުރުން ވެކްސިން ޖެހުމަށް ބޭނުންވާ ސިރިންޖުވެސް ލިބިފައި ކަމަށް އެ މިނިސްޓްރީން ހާމަކުރި އެވެ.

މިއަދު ގެނައި މި ޝިޕްމެންޓާ އެކު އެމެރިކާއިން ރާއްޖެއަށް ފޯރުކޮށްދީފައިވާ ވެކްސިން ޑޯޒްގެ އަދަދު 440000 އަށް އަރާނެ އެވެ. ފައިޒާ ވެކްސިންގެ އިތުރުން އެމެރިކާއިން މިހާތަނަށް ހަތް މިލިއަން ޑޮލަރުގެ އެމާޖެންސީ ސަޕްލައި ވެސް ރާއްޖެއަށް ފޯރުކޮށްދީފައިވެ އެވެ.

މީގެ ތެރޭގައި 60 ވެންޓިލޭޓަރާއި، 100000 ރެޕިޑް ޑައެގްނޯސްޓިކް ޓެސްޓް ކިޓް ހިމެނެ އެވެ.

"ޕެންޑެމިކްގެ ތިންވަނަ އަހަރަށް އަޅާއިރު، ވައިރަހާ ދެކޮޅަށް ގުޅިގެން ކުރަމުންގެންދާ މަސައްކަތް ކުރިއަށް ގެންދަންޖެހޭ. އެމެރިކާއިން މި ދަނީ (ރާއްޖެވެސް ހިމެނޭގޮތަށް) 120 ގައުމަކަށް ވެކްސިން ފޯރުކޮށްދީ މި ބަލިމަޑުކަމުގެ އިގްތިސާދީ އަދި އިޖްތިމާއީ ގެއްލުން ކުޑަކުރުމަށް މަސައްކަތް ކުރަމުން," އެމެރިކާ އެމްބަސީގެ ޗާޖޭ ޑީ އެފެއާޒް މާޓިން ކެލީ ވިދާޅުވި އެވެ.

ކުއްލި ހާލަތުގައި ބޭނުންކުރާނެ ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓުގެ ތެރެއިން 32000 ކޭ.އެން95 މާސްކާއި، 4000 ޕްރޮޓެކްޓިވް ގޮގްލްސް، 316000 އަންގި އެމެރިކާއިން މިހާތަނަށް މިނިސްޓްރީ އޮފް ހެލްތްއަށް ހަދިޔާކޮށްފައިވެ އެވެ.

އަލަށް މި ލިބުނު ވެކްސިން ޝިޕްމެންޓާއެކު ރާއްޖޭގައި މިހާރު އާންމުންނަށް ދެމުން ގެންދާ ބޫސްޓާ ޑޯޒްގެ ޝޮޓްތައް ޖެހުން މެދުކެނޑުމެއް ނެތި ކުރިއަށް ދާނެކަމަށް އެޗްޕީއޭއިން ހާމަކުރި އެވެ.

މިހާތަނަށް 62402 މީހުން ވެކްސިންގެ ބޫސްޓާ ޑޯޒް ޖަހާފައިވެ އެވެ. އަދި ރާއްޖޭގައި ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންގެ އަދަދު މިހާރު ވަނީ 369551 އަށް އަރާފަ ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox