ލިވަޕޫލުން ޑިބާލާ ހޯދުމުގެ ރޭހަށް: ރިޕޯޓް

Jan 27, 2022, 2:20 PM
ލިވަޕޫލުން ޑިބާލާ ހޯދުމުގެ ރޭހަށް: ރިޕޯޓް

ޓިއުރިން (ޖެނުއަރީ 27) - ޔުވެންޓަސް އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ޕްލޭމޭކަރު ޕައޮލޯ ޑިބާލާ ހޯދުމުގެ ރޭހަށް ލިވަޕޫލުން ވެސް ވަދެފައިވާ ކަމަށް އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އުމުރުން 28 އަހަރުގެ ޑިބާލާ، ޔުވެންޓަސްއާ އެކު ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަންގެ ނިޔަލަށް ހަމަވާނެ އެވެ. ޔުވެންޓަސް އިން ހުށަހަޅާފައިވާ އާ ކޮންޓްރެކްޓްގައި ސޮއިކުރަން ޑިބާލާ ބޭނުމެއް ނުވަނީ މިހާރު ލިބޭ ވަރަށް ވުރެ ކުޑަ މުސާރަ އަކަށް ކުޅެން ބޭނުންނުވާތީ އެވެ. ޑިބާލާ ބޭނުންވަނީ މިހާރު ލިބޭ މުސާރަ ކަމަށްވާ އަހަރަކު 16 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަގަކަށް އެކުލަބުގައި މަޑުކުރާށެވެ. ނަމަަވެސް ޔުވެންޓަސް އިން ހުށަހެޅީ ޑިބާލާގެ މުސާރަ 20 ޕަސެންޓް ކުޑަކޮށް އޭނާ 2025ގެ ނިޔަލަށް އެކުލަބުގައި މަޑުކުރުވާށެވެ.

މި ސީޒަން ނިމުމުން ހިލޭ ޓްރާންސްފާއެއްގައި ޑިބާލާގެ ސޮއި ހޯދުމަށް މީގެ ކުރިން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކްލަބްތަކަކީ އިންޓަ މިލާން، ޓޮޓެންހަމް ހޮޓްސްޕާސް އަދި އެތުލެޓިކޯ މެޑްރިޑް އެވެ. އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ލިވަޕޫލުން ވެސް އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރަން ކުރާ މަސައްކަތުގައި ޑިބާލާ އަށް ބިޑްކުރުމުގެ ފުރުސަތު އެބައޮތެވެ.

އެކަމަކު، ލިވަޕޫލުން ޑިބާލާ އަށް ހުށަހަޅާނީ މިހާރު އެ ލިބެމުން އަންނަ މުސާރަ އަށް ވުރެ ކުޑަ އަދަދެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ. މީގެ ކުރިން އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑުން ޑިބާލާގެ ސޮއި ހޯދުމާ ގާތަށް ޖެހިލި ނަމަވެސް މުސާރައިގެ ކަންކަމުގައި އެއްބަސްވުމަކަށް ނާދެވި އެ ޑީލް ހުއްޓުނީ އެވެ.

އަންނަ ސީޒަނަށް ލިވަޕޫލުން ގިނަ ޓްރާންސްފާތަކެއް ކުރާނެ ކަމަށް އެމެެރިކާ އާއި އިނގިރޭސި މީޑިއާތަކުން އަންނަނީ ރިޕޯޓްކުރަމުންނެވެ. ލިވަޕޫލުން އަންނަ ސީޒަނުގައި ފޯވާޑަށް ކުޅޭ އިތުރު ކުޅުންތެރިއަކަށް އިންވެސްޓްކުރާނެ ކަމަށް ރިޕޯޓްތައް ބުނާއިރު، ފާރަލަމުން އަންނަ ކުޅުންތެރިންގެ ލިސްޓުގެ އެންމެ ކުރީގައި އޮތް އެއް ނަމަކީ ޕޯޓޯ އަށް ކުޅޭ ކޮލަމްބިއާގެ ފޯވާޑް ލުއިޒް ޑިއާޒް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox