މަހްމޫދް އައްބާސްގެ ވާދަވެރިޔާގެ ފަރާތުން ގާޒާއަށް އެއް މިލިއަން ކޮވިޑް ވެކްސިން ފޮނުވައިފި

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް (ކ) އަދި ވާދަވެރި ލީޑަރު މުހައްމަދު ދަހްލަން. -- ފޮޓޯ: އޭއެފްޕީ

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް (ކ) އަދި ވާދަވެރި ލީޑަރު މުހައްމަދު ދަހްލަން. -- ފޮޓޯ: އޭއެފްޕީ

ރަފާހް، ފަލަސްތީން (ޖެނުއަރީ 26) - ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްއާ ވާދަވެރި ލީޑަރުގެ ފަރާތުން ގާޒާއަށް ކޮވިޑް ވެކްސިންގެ އެއް މިލިއަން ޑޯޒް ފޮނުވައިފި އެވެ.

މުހައްމަދު ދަހްލަން މިހާރު ޔޫއޭއީގައި ދިރިއުޅެމުން ދަނީ ފަލަސްތީނުން އަރުވާލާފައި ވާތީ އެވެ. އޭނާ ގާޒާއަށް ވެކްސިން ފޮނުވީ ޔޫއޭއީ އިންނެވެ.

ގާޒާއަށް އުފަން ދަހްލަން އަކީ ކުރިން ފަލަސްތީން ސަރުކާރުގެ އޮފިޝަލެކެވެ. އޭނާ ވަނީ މަހްމޫދް އައްބާސްގެ ސަރުކާރުން ގާޒާއަށް ކަނޑައަޅާފައި ހުންނަ ސެކިއުރިޓީ ޗީފްގެ މަގާމު 2007 ވަނަ އަހަރުގެ ކުރިން އަދާކޮށްފަ އެވެ.

ދެހާސް ހަތް ވަނަ އަހަރަށް ފަހު ގާޒާގައި ވެރިކަން ކުރަނީ ހަމާސް ޖަމާއަތުންނެވެ. ނަމަވެސް ފަލަސްތީނުގެ އެހެން ހިސާބުތަކުގައި ވެރިކަން ކުރަނީ މަހްމޫދް އައްބާސްގެ ފަތަހް ޖަމާއަތުންނެވެ.

ގާޒާ ހެލްތު މިނިސްޓްރީގެ ތަރުޖަމާނު މަހްމޫދު ހައްމާދް ނޫސްވެރިންނަށް ވިދާޅުވީ ރަޝިއާއިން އުފެއްދި ސްޕަޓްނިކް ވީ ކޮވިޑް ވެކްސިންގެ އެއް މިލިއަން ޑޯޒް ލިބިފައިވާ ކަމަށެވެ.

އެއީ އިޒްރޭލުން ވަށައި ބަންދުކޮށްގެން އުޅޭ ގާޒާއަށް މިހާތަނަށް ލިބުނު ކޮވިޑް ވެކްސިންގެ އެންމެ ބޮޑު ޝިޕްމަންޓެވެ. އެ ޝިޕްމަންޓް ގާޒާއަށް އެތެރެކުރީ މިސްރާއި ގާޒާއާ ދެމެދު އޮންނަ ރަފާހް ކްރޮސިން އިންނެވެ.

މީގެ ކުރިން ވެސް ދަހްލަން ހަމަޖައްސައިދިން ކޮވިޑް ވެކްސިންގެ ކުދި ޝިޕްމަންޓްތަކެއް އެ ކްރޮސިން މެދުވެރިކޮށް ގާޒާއަށް އެތެރެކޮށްފައިވެ އެވެ.

މިދިޔަ އަހަރު ބާއްވަން ތާވަލް ކުރި ފަލަސްތީން އިންތިހާބުގެ މައި ކެންޑިޑޭޓެއްގެ ގޮތުގައި ދަހްލަން ފެންނާނެ ކަމަށް އޮތީ ބެލެވިފަ އެވެ. ނަމަވެސް ފަލަސްތީން ސަރުކާރުން ވަނީ މުއްދަތެއް ނެތް ގޮތަށް އިންތިހާބު ފަސްކޮށްފަ އެވެ.

ގާޒާ ހެލްތް މިނިސްޓްރީގެ ޕްރިވެންޓިން މެޑިސިންގެ ވެރިޔާ މަގްދީ ދުހައިރް ވިދާޅުވީ ހަލުވިކަމާ އެކު ފެތުރޭ އޮމިކްރޯން ވޭރިއެންޓްގެ ސަބަބުން އެ ތަނުގެ ސިއްހީ ނިޒާމަށް ބާރު ބޮޑުވެފައިވާ ކަމަށެވެ.

ގާތްގަނޑަކަށް 2.3 މިލިއަން މީހުން ދިރިއުޅޭ ގާޒާއިން މިހާތަނަށް 196،578 ކޮވިޑް ކޭސް ރިޕޯޓުކޮށްފައިވެ އެވެ. އެ ބަލީގައި ގާޒާއިން 1،744 މީހުން މަރުވެފައި ވާއިރު، ވެކްސިންގެ ދެ ޑޯޒް ޖަހާފައިވަނީ 578،000 މީހުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox