ފަލަސްތީންގެ މިޔުޒިއަމެއްގައި ހުރި ޔާސިރް އަރަފާތުގެ ކާޓޫނުތައް ނަގައިފި

ފަލަސްތީނުގެ ކުރީގެ ރައީސް ޔާސިރް އަރަފާތު. -- ފޮޓޯ: އޭއެފްޕީފ

ފަލަސްތީނުގެ ކުރީގެ ރައީސް ޔާސިރް އަރަފާތު. -- ފޮޓޯ: އޭއެފްޕީފ

ރާމަﷲ، ފަލަސްތީން (ޖެނުއަރީ 25) - ފަލަސްތީނުގެ ކުރީގެ ރައީށް ޔާސިރް އަރަފާތުގެ ކާޓޫން އާޓްވޯކަކުން އެމަނިކުފާނަށް މަލާމާތް ރައްދުވާ ކަމަށް ތުހުމަތު ކުރަން ފެށުމުން، މިޔުޒަމަކުން އެ ތަކެތި ނަގައިފި އެވެ.

އިޒްރޭލުން ގާނޫނާ ހިލާފަށް ހިފައިގެން އުޅޭ ހުޅަނގު އައްސޭރީގެ ރާމަﷲ ސިޓީގައި ހުންނަ ޔާސިރް އަރަފާތު މިޔުޒިއަމްގައި ބެހެއްޓި އާޓްވޯކްގައި 35 ކާޓޫން ހިމެނެ އެވެ. މިދިޔަ އާދީއްތަ ދުވަހު އެ އާޓްވޯކް ބެހެއްޓުމާ އެކު ފާޑުކިޔުން އަމާޒުވި އެވެ.

ކާޓޫންތަކުގެ ފޮޓޯއެއް ޝެހާބް ނިއުސް އެޖެންސީން އާއްމުކޮށްފައިވާ އިރު، އޭގެން ފެންނަނީ ޔާސިރް އަރަފާތުގެ ނޭފަތާއި އަނގަ އާދަޔާ ހިލާފަށް ބޮޑުކޮށް ކުރަހާފައި ވަނިކޮށެވެ.

ދެހާސް ހަތަރު ވަނަ އަހަރު އަވަހާރަވި ޔާސިރް އަރަފާތުގެ ސަޕޯޓަރުން ޓްވިޓާގައި އެމަނިކުފާނުގެ ފޮޓޯތައް އާއްމު ކުރަމުން ބުނީ "އަހަރުމެން ދަންނަ ޝަހުސިއްޔަތަކީ މިއީ" ކަމަށެވެ.

އެ ފޮޓޯތައް މިޔުޒިއަމްގައި ބެހެއްޓުނު ގޮތާ ގުޅޭ ތަހުގީގެއް ހިންގަން ފަތަހް ޖަމިއްޔާގެ އެކްޓިވިސްޓުން އަންނަނީ ބާރު އަޅަމުންނެވެ. ފަތަހް އަކީ ޔާސިރް އަރަފާތު އުފެއްދެވި ޖަމިއްޔާ އެކެވެ.

މިޔުޒިއަމުން ނެރުނު ބަޔާނެއްގައި އާޓްވޯކް ދިފާއު ކުރުމަށް ފަހު ބުނީ އެއީ ފަލަސްތީނުގެ މަގްބޫލް ލީޑަރުގެ ސިފަ ރަމްޒުކޮށްދޭ އާޓިސްޓިކް މަސައްކަތެއް ކަމަށެވެ.

ނަމަވެސް އަންގާރަ ދުވަހު މިޔުޒިއަމްގެ ތަރުޖަމާނު ބުނީ އެ އާޓްވޯކް އެ ތަނުގައި ޑިސްޕްލޭ ނުކުރަން ނިންމާފައިވާ ކަމަށެވެ. ފަލަސްތީނުގެ ލީޑަރުން ވެސް ވަނީ އެ އާޓްވޯކް އާއްމު ކުރުމުން ފާޑުކިޔާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox