މާލެ-ތިލަފުށި ބްރިޖުގެ ޖިއޯޓެކްނިކަލް ސާވޭ ފަށައިފި

ގްރޭޓާ މާލެ ސަރަހައްދު ފެންނަ ސެޓަލައިޓް އިމޭޖެއް: މި ބްރިޖު މަޝްރޫއު ނިމޭއިރު މާލެ އާއި ވިލިމާލެ އާއި ގުޅީފަޅާއި ތިލަފުށި ގުޅާލާނެ. -- ފޮޓޯ: ގޫގްލް އާތް

ގްރޭޓާ މާލެ ސަރަހައްދު ފެންނަ ސެޓަލައިޓް އިމޭޖެއް: މި ބްރިޖު މަޝްރޫއު ނިމޭއިރު މާލެ އާއި ވިލިމާލެ އާއި ގުޅީފަޅާއި ތިލަފުށި ގުޅާލާނެ. -- ފޮޓޯ: ގޫގްލް އާތް

ގްރޭޓާ މާލެ ސަރަހައްދުގެ ހުރިހާ ރަށްތަކެއް ގުޅާލަން ހިންގާ މާލެ-ތިލަފުށި ބްރިޖުގެ މަސައްކަތް ފެށުމުގެ ކުރިން ފުރިހަމަކުރަން ޖެހޭ ޖިއޯޓެކްނިކަލް ސާވޭގެ އަމަލީ މަސައްކަތް އިންޑަސްޓްރިއަލް ވިލެޖު ސަރަހައްދުގައި ފަށައިފި އެވެ.

މި ސާވޭ ކުރަނީ ބްރިޖުގެ މަސައްކަތް ކުރާ އިންޑިއާގެ އެފްކޮންސް ކުންފުނިންނެވެ. އަދި ސާވޭގެ ބޭނުންމަށް އެ ކުންފުނިން ދަނީ އެ ސަރަހައްދުގެ ވެލިގަނޑާއި ބިމު އަޑީގެ ސާމްޕަލްތައް ނަގަމުންނެވެ. މިއީ ބްރިޖު އަޅާ ސަރަހައްދުގެ ބިމުގެ ހާލަތު ވަޒަންކުރަން ކުރާ ސާވޭއެކެވެ.

ގާތްގަނޑަކަށް 7.7 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ލަފާކުރެވޭ މި ބްރިޖު މަޝްރޫއަކީ މިހާތަނަށް ރާއްޖޭގައި ހިންގޭ އެންމެ ބޮޑު އުމްރާނީ ތަރައްގީގެ މަޝްރޫއެވެ.

މާލެ-ތިލަފުށި ބްރިޖުގެ ބިޔަ މަޝްރޫއަށް ހަރަދުކުރަނީ އިންޑިއާ އެގްޒިމް ބޭންކުން ހަމަޖެހިފައިވާ 400 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީންނާއި އެ ގައުމުގެ ސަރުކާރުން ފޯރުކޮށްދޭ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީންނެވެ.

މާލެ-ތިލަފުށި ބްރިޖު މަޝްރޫން މާލެ އާއި، ވިލިމާލެ އާއި، ގުޅިފަޅާއި، ތިލަފުށި އެއްގަމުން ގުޅާލާނެ އެވެ.

މި ރަށްތައް ގުޅާލަން އަޅާ ބްރިޖާއި ކޯސްވޭ އަދި މަގުތަކުގެ ނެޓްވާކުގެ ދިގުމިނުގައި 6.7 ކިލޯމީޓަރު ހުންނާނެ އެވެ. މި ލިންކުގެ ބައިތަކުގެ ތެރޭގައި ތިން ބްރިޖާއި، ދެ މަގާއި، ކޮންމެ ރަށަކަށް އަރާ ފޭބުމަށް އިންޓަޗޭންޖް ޕޮއިންޓްތަކާއި، ޕާކިން ސަރަހައްދުތައް ގާއިމު ކުރެވޭނެ އެވެ.

މި ތިން ބްރިޖަކީ 12 މީޓަރު އުސް މިނުގައި ކޮންމެ ކަނޑުއޮޅިއެއްގައި ގާއިމު ކުރެވޭ 70 މީޓަރު ފުޅާ ބްރިޖްތަކެކެވެ. އަދި، ކޮންމެ ބްރިޖެއްގެ ދަށުން ކަނޑު އުޅަނދުފަހަރަށް ދަތުރުކުރެވޭ ގޮތަށް ނެވިގޭޝަން ބްރިޖް ބައެއް ހުންނާނެ އެވެ.

މި މަޝްރޫއުގެ މަސައްކަތް ކުރިޔަށްދަނީ ދެ ބަޔަކަށް ބަހާލައިގެންނެވެ.

އެގޮތުން ފުރަތަމަ ބައިގައި ހިމެނެނީ މާލެއިން ގުޅީފަޅަށް ގުޅާލުމެވެ. މި މަސައްކަތް 27 މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ލަފާކުރެވެ އެވެ. ދެވަނަ ބައިގައި ހިމެނެނީ ތިލަފުށިން ގުޅިފަޅަށް ގުޅާލުމެވެ. މި މަސައްކަތް ނިންމަން 32 މަސް ހޭދަވާނެ އެވެ.

ބަހާލައިގެން ކުރިޔަށް ގެންދިޔަ ނަމަވެސް މި ދެބައިގެ މަސައްކަތް ފަށާނީ އެއްފަހަރާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަންނަ ކޮންމެ ލެނޯވޯ ލެޕްޓޮޕަކާއެކު ހަދިޔާ ލިބޭ ޕްރޮމޯޝަނެއް

އަހަރު ނިމުމާ ދިމާކޮށް ސިމްޑީން ފެށި މި ޕްރޮމޯޝަންގައި، ޑިސެމްބަރު 31 ގެ ނިޔަލަށް ލެނޯވޯގެ އައު މޮޑެލްތަކުގެ ލެޕްޓޮޕް ގަންނަ ފަރާތްތަކަށް ހިލޭ ޕްރިންޓަރަކާއި ބެކްޕެކެއް ލިބޭނެއެވެ. މި ޕްރޮމޯޝަންގެ މަގުސަދަކީ ކިޔަވާ ދަރިވަރުންނާއި މަސައްކަތްތެރިންނަށް އެންމެ ފަހުގެ އައި.އޭ ޓެކްނޮލޮޖީގެ ލެޕްޓޮޕްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

Newsletter

Get the latest news delivered straight to your inbox