ވޯލްޑް ކަޕް ޕްލޭއޮފާ ދިމާކޮށް ބަލޮޓެލީ އިޓަލީ ޓީމަށް

Jan 25, 2022, 7:19 AM
ވޯލްޑް ކަޕް ޕްލޭއޮފާ ދިމާކޮށް ބަލޮޓެލީ އިޓަލީ ޓީމަށް

މިލާން (ޖެނުއަރީ 25) - އިޓަލީ ގައުމީ ޓީމުން ވޯލްޑް ކަޕް ކޮލިފައިން ޕްލޭއޮފްގައި ކުޅެން ތައްޔާރުވަމުން އަންނައިރު، މާރިއޯ ބަލޮޓެލީ އަށް އަލުން ގައުމީ ޓީމުން ފުރުސަތު ދީފި އެވެ.

އުމުރުން 31 އަހަރުގެ ބަލޮޓެލީ އެންމެ ފަހުން އިޓަލީ ޓީމަށް ކުޅުނީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގަ އެވެ. އަލަށް ޕްރޮމޯޓްވި ތުރުކީގެ އެޑާނާ ޑެމިސްޕޯރް އަށް ކުޅެމުން އަންނަ ބަލޮޓެލީ ވަނީ އިޓަލީ ގައުމީ ޓީމަށް ކުޅެދިން 36 މެޗުން 14 ގޯލު ޖަހައިފަ އެވެ.

ގަތަރުގައި މި އަހަރު ފަހުކޮޅުގައި ބާއްވާ ވޯލްޑް ކަޕްގައި އެންމެ ފަހުން ޔޫރަޕްގެ ޗެމްޕިއަންކަން ހޯދި ދެ ޓީމު ކަމަށްވާ އިޓަލީ އާއި ޕޯޗުގަލްގެ ތެރެއިން ކޮންމެ ވެސް އެއް ޓީމަކަށް ނުކުޅެވޭނެކަން ވަނީ ކަށަވަރުވެފަ އެވެ.

ޕޯޗުގަލް އާއި އިޓަލީ ކޮލިފައިންގައި ވާދަކުރި ގްރޫޕްތަކުން ދިޔައީ ރަނަރަޕަށެެވެ. އެހެންވެ، ވޯލްޑް ކަޕް ޖާގައެއް ހޯދަން ދެ ޓީމު ވެސް ކުޅެން ޖެހިފައި އޮތީ ޕްލޭއޮފް ބުުރުގަ އެވެ. އިޓަލީ އާއި ޕޯޗުގަލް ލައްވާލީ އެއް ފަޅިއެއްގަ އެވެ. އިޓަލީ ޕްލޭއޮފް ފުރަތަމަ މެޗުގައި ކުޅޭނީ ނޯތު މެސެޑޯނިއާއާ އެވެ. ޕޯޗުގަލް އިން ފުރަތަމަ މެޗުގައި ތުރުކީއާ ބައްދަލުކުރާނެ އެވެ. ފުރަތަމަ ޕްލޭއޮފް މެޗުތަކުން މޮޅުވެއްޖެނަމަ ޕޯޗުގަލް އާއި އިޓަލީ ޖެހޭނީ ވޯލްޑް ކަޕްގެ ޖާގަ އަކަށް ގަދަހިފުމަކަށް ދާށެވެ.

މިދިޔަ އަހަރުގެ ޔޫރޯ ތަށި އުފުލާލި އިޓަލީ އަށް އެންމެ ފަހުން 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕުން ޖާގަ ނުލިިބުނީ އެ ފަހަރުގެ ޕްލޭއޮފްގައި ސްވިޑެން އަތުން ބަލިވުމުންނެވެ.

ޕްލޭއޮފްގައި ވާދަކުރަން ކޯޗު ރޮބާޓޯ މަންޗިނީގެ އިރުޝާދުގެ ދަށުން އިޓަލީން 35 ކުޅުންތެރިންނާ އެކު މާދަމާ ފަރިތަކުރުންތައް ފަށާނެ އެވެ. އިޓަލީ ސްކޮޑުގައި ވަނީ ބަލޮޓެލީގެ އިތުރުން ދާދި ފަހުން އިޓަލީ ރަށްވެއްސަކަަށްވި ޖާއޯ ޕެޑްރޯ އާއި ލުއިޒް ފިލީޕޭ އަށް ފުރުސަތު ދީފަ އެވެ.

ޕެޑްރޯ އާއި ލުއިޒް އަކީ ބްރެޒިލް އަށް އުފަން ކުޅުންތެރިންނެވެ. އެކަމަކު، ފީފާގެ މިންގަނޑަށް ބަލައިގެން އެ ދެ ކުޅުންތެރިންނަށް އިޓަލީ ތަމްސީލްކުރެވޭގޮތްވީ އެވެ. ބްރެޒިލަށް އުފަން އެމަސަން ޕަލްމިއޭރީ އާއި ޖޯޖީނިއޯ ވެސް އަންނަނީ އިޓަލީ އަށް ކުޅެމުންނެވެ.

މައުރީޒިއޯ ސާރީގެ ކޯޗުކަމުގައި ލާޒިއޯ އަށް ފިލީޕޭ ލުއިޒް އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އަދި ޖާއޯ ޕެޑްރޯ ވަނީ ކަލިއަރީ ޓީމަށް 23 މެޗުން 10 ގޯލު ޖަހައިފަ އެވެ.

އިޓަލީ ގައުމީ ޓީމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ އެ ޓީމުގެ ތަރި ފެޑެރީކޯ ކިއޭސާ އަށް ސީރިއަސް އަނިޔާއެއްވެ ކުޅުމާ ދުރަށްދާން ޖެހިފައިވުމެވެ. ކިއޭސާގެ ވާތު ކަކުލުގެ ލިގަމެންޓަށް ލިބިފައިވާ އަނިޔާއިން ރަނގަޅުވާން އޮޕަރޭޝަން ކޮށްފައިވާއިރު، އޭނާ އަށް އަލުން ދަނޑަށް ނުކުމެވޭވަރުވާނީ 7-9 މަސް ތެރޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox