އާސެނަލް އަށް ނޫނެކޭ ބުނެ ވްލަހޮވިޗް ޔުވެންޓަސް އަށް ބަދަލުވާން ތައްޔާރުވެއްޖެ

Jan 26, 2022, 10:38 AM
އާސެނަލް އަށް ނޫނެކޭ ބުނެ ވްލަހޮވިޗް ޔުވެންޓަސް އަށް ބަދަލުވާން ތައްޔާރުވެއްޖެ

ޓިއުރިން، އިޓަލީ (ޖެނުއަރީ 26) - އާސެނަލް އިން ގަންނަން މަސައްކަތްކުރި ފިއޮރެންޓީނާގެ ޒުވާން ފޯވާޑް ޑޫސަން ވްލަހޮވިޗް އިޓަލީގެ ޔުވެންޓަސް އަށް ބަދަލުވާން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ވްލަހޮވިޗް، 21، އަކީ މި ޓްރާންސްފާގައި އާސެނަލް އިން ހޯދަން އެންމެ ބޮޑަށް މަސައްކަތްކުރި ކުޅުންތެރިޔާ އެވެ. އޭނާ ހޯދުމަށް އާސެނަލުން ވަނީ ދެ ފަހަރެއްގެ މަތިން ބިޑްކޮށްފަ އެވެ.

އާސެނަލްގެ ހުށަހެޅުން ފިއޮރެންޓީނާ އިން ގަބޫލުކުރި ނަމަވެސް ޑީލްގެ ކަންކަން ހަމަ ނުޖެހުނީ ވްލަހޮވިޗް އާސެނަލާ ގުޅެން ބޭނުން ނުވާތީ އެވެ. ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަކޮށްފައިވަނީ އާސެނަލަކީ ޗެމްޕިއަންސް ލީގުގައި ކުޅޭ ޓީމަކަށް ނުވުމާއި އެ ކްލަބް މި ވަގުތު އޮތް ހާލަތުގެ ސަބަބުންނެވެ.

އާސެނަލުން ވްލަހޮވިޗްގެ އެޖެންޓާ އެކު މަޝްވަރާތައް ކުރިއަށް ގެންދަނިކޮށް ޔުވެންޓަސް އިންވަނީ މި ޑީލްގެ ހައިޖެކްކޮށްފަ އެވެ. ޔުވެންޓަސް އިން ވްލަހޮވިޗް ހޯދުމުގެ ރޭހުގައި ކުރިހޯދީ ބޮޑު މުސާރައެއް ހުށަހަޅައިގެން ކަމަށް އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ޔުވެންޓަސް އިން ހުށަހަޅާފައިވާ 75 މިލިއަން ޔޫރޯގެ ބިޑް ފިއޮރެންޓިނާ އިން ގަބޫލުކޮށްފައިވާއިރު، ވްލަހޮވިޗް ވަނީ އޭނާގެ ފަރާތުން ޔުވެންޓަސްގެ ކޮންޓްރެކްޓްގައި ހިމަނަން ބޭނުންވާ ހުށަހެޅުންތައް އަންގައިފަ އެވެ. ވިހި ގޯލު ޖަހައިގެން އިޓާލިއަން ލީގުގެ ލަނޑު ލިސްޓުގެ އެއް ވަނައިގައި އޮތް ވްލަހޮވިޗްގެ ބަދަލުގައި އެހެން ފޯވާޑެއް ހޯދުމުގެ މަސައްކަތް ފިއޮރެންޓީނާ އިން ވަނީ ފަށައިފަ އެވެ. އަނެއްކޮޅުން ފައިސާ އަށް ކްލަބް ބަދަލުކުރާ ކަމަށް ބުނެ، ވްލަހޮވިޗާ ދެކޮޅަށް ފިއޮރެންޓީނާގެ ސަޕޯޓަރުން ވަނީ ޕްރެކްޓިސް ދަނޑު ކައިރީގައި ބެނާ ދަމައިފަ އެވެ.

ފިއޮރެންޓީނާ އިން 2018 ވަނަ އަހަރު ވްލާހޮވިޗް ގަތީ ހަތަރު މިލިއަން ޑޮލަރު ދީފަ އެވެ. ސާބިއާގެ ޕާޓިޒަން ބެލްގްރޭޑް ދޫކޮށް މިވީ ހަތަރު އަހަރު ތެރޭ ވްލަހޮވިޗް ވަނީ ވަރަށް ބޮޑު ކުރިއެރުމެއް ހޯދައިފަ އެވެ. ފިއޮރެންޓީނާގެ އިތުރުން ސާބިއާ ގައުމީ ޓީމުގައި ވެސް ވްލަހޮވިޗްގެ ފޯމު ރަނގަޅެވެ. ސާބިއާ އިން ވޯލްޑް ކަޕްގެ ޖާގަ ހޯދުމުގައި ވްލަހޮވިޗް އިސް ރޯލެއް އަދާކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox