އެފްރިކަން ކަޕް: ކެމަރޫނާއި ގެމްބިއާ ކުއާޓާ އަށް

Jan 25, 2022, 3:46 AM
ލަނޑު ޖެހުމަށް ފަހު ކެމަރޫން ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު ކެމަރޫން ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޔައުންޑޭ، ކެމަރޫން (ޖެނުއަރީ 25) - އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން)ގެ ދެ ވަނަ ބުރުގައި ރޭ ގިނީ އަތުން 1-0 އިން މޮޅުވެ، ގެމްބިއާ އަަލަތު މުބާރާތުގައި ކުއާޓާ ފައިނަލުން ފުރުސަތު ހޯދިއިރު، މުބާރާތް ބާއްވާ ގައުމު ކެމަރޫނުން 2-1 އިން ކޮމޮރޯސްގެ މައްޗަށް ކުރި ހޯދައި، ކުއާޓާ އަށް ދަތުރުކޮށްފި އެވެ.

މިއީ ފީފާގެ ރޭންކިންގެ 150 ވަނައިގައި އޮތް ގެމްބިއާ އިން ކަޕް އޮފް ނޭޝަންސްގައި ކުޅޭ ފުރަތަމަ މުބާރާތެވެ. އަލަށް ވާދަކޮށް ގެމްބިއާ އިން ކުއާޓާ ފައިނަލުގެ ފުރުސަތު ހޯދީ ރޭ ދެ ވަނަ ބުރުގެ މެޗުގައި ގިނީއާ ދެކޮޅަށް މޮޅު ކުޅުމެއް ދައްކައިގެންނެވެ. މެޗުގެ ހަމައެކަނި ގޯލު ފެނުނީ ދެ ވަނަ ހާފުގަ އެވެ.

ގެމްބިއާގެ ގޯލު ޖެހީ 71 ވަނަ މިނިޓްގައި ކުރިއަށް ކުޅޭ މޫސާ ބަރޯ އެވެ. ޔޫސުފާ ބޮބް ދިން ބޯޅައަކުން ބަރޯ މި ގޯލު ޖެހީ އޭރިއާ ތެރެއިންނެވެ. ގިނީން ނަތީޖާ ހަމަހަމަކުރެވޭތޯ ކުރި މަސައްކަތުގައި އިބްރާހިމާ ކޮންޓޭ ލަނޑެއް ޖެހި އެވެ. އެކަަމަކު، ރެފްރީ ނިންމީ އޮފްސައިޑް ކަމަށެވެ. އޭގެ ފަހުން ވެސް ގިނީ އިން ގިނަ ހަމަލާތަކެއް ފޮނުވާލި ނަމަވެސް ކާމިޔާބުވާގޮތެއްނުވި އެވެ.

މި މެޗުގައި ގެމްބިއާގެ ޔޫސުފާ ނިޖޭ އާއި ގިނީގެ ކޮންޓޭ އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދައްކައިފަ އެވެ. ގެމްބިއާ އިން ކުއާޓާގައި ކުޅެން ޖެހޭނީ ރޭ އަނެއް މެޗުން މޮޅުވި ކެމަރޫންއާ އެވެ.

ކެމަރޫންގެ ޕޯލް ބިޔާ ސްޓޭޑިއަމަށް މެޗު ބަލަން ވަންނަން ސަޕޯޓަރުން އުޅުނު ވަގުތުގައި ދަނޑުބޭރުގައި ވަނީ ހާދިސާތަކެއް ހިނގައިފަ އެވެ. ގަދަހަދައިގެން ދަނޑަށް ގިނަ ސަޕޯޓަރުން ވަންނަން މަސައްކަތްކުރިއިރު، ގިނަ ބަޔަކު ފިތި ތާށިވެ، ހިނގާދިޔަ ކަންތައްތަކުގެ ތެރޭގައި އަށް ވަރަކަށް މީހުން މަރުވެފައިވާ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. އަދި ގިނަ ބަޔަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ.

ދަނޑުބޭރުގައި އެ ހާދިސާ ހިނގި ނަމަވެސް މެޗު ވަނީ ކުރިއަށް ގެންގޮސްފަ އެވެ. ކޮވިޑާއި އަނިޔާގެ މައްސަލަތަކުގެ ސަބަބުން ކޮމޮރޯސް ރޭގެ މެޗު ކުޅުނީ ކީޕަރެއް ނެތި ޑިފެންޑަރަކަށް ކުޅެމުން އަންނަ ޗަކަރު އަލްހަދޫރް ގޯލަށް ލައިގެންނެވެ.

އުނދަގޫ ހާލަތެއްގައި މެޗު ކުޅެން ނުކުތް ކޮމޮރޯސް މެޗު ފަށައިގެން ކުރިމަތިލާން ޖެހުނީ މާ ބޮޑު ގޮންޖެހުމަކާ އެވެ، މެޗުގެ ހަތް ވަނަ މިނިޓްގައި ކޮމޮރޯސްގެ ނަޖިމް އަބްދޫ އަށް ވަނީ ސީދާ ރަތް ކާޑެއް ދައްކައިފަ އެވެ.

އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުންދިޔަ ކޮމޮރޯސް ކޮޅަށް ކެމަރޫންގެ ގޯލުތައް ޖެހީ 29 ވަނަ މިނިޓްގައި ކާލް ޓޯކޯ-އެކަމްބީ އާއި 70 ވަަނަ މިނިޓްގައި ވިންސެންޓް އަބޫބަކާރް އެެވެ. މެޗުގެ 81 ވަނަ މިނިޓްގައި ކޮމޮރޯސަށް ލިބުނު ހިލޭޖެހުމަކުން އެ ޓީމުގެ ޔޫސުފް އެމްޗަންގަމާ ވަނީ ގޯލެއް ޖަހައިފަ އެވެ. އެކަމަކު، އިތުރު ގޯލެއް ޖަހައި އެއްވަރުކުރެވޭ ގޮތެއްނުވެ، މެޗުން ބަލިވީ އެވެ.

މުޅިން އަލަށް އެފްރިކަން ކަޕްގައި ކުޅުނު ކޮމޮރޯސް އިން މި ފަހަރުގެ މުބާރާތް ނިންމާލަން ޖެހުނު ނަމަވެސް އެ ޓީމުން ވަނީ ފަހުރުވެރިވާން ޖެހޭ ވަރުގެ ނަތީޖާތަކެއް ނެރެފަ އެވެ. ގްރޫޕްގެ ފުރަތަމަ ދެ މެޗުން މޮރޮކޯ އާއި ގެބޮން އަތުން ބަލިވި ނަމަވެސް އެފްރިކާ ފުޓްބޯޅައިގެ ގަދަ ބާރު ގާނާ ކަޓުވާލި އެވެ. ގާނާ އަތުން ކޮމޮރޯސް މޮޅުވީ 3-2 އިންނެވެ.

އެފްރިކަން ކަޕްގެ ދެ ވަނަ ބުރުގެ ދެ މެޗެއް މިއަދު ވެސް ކުރިއަށްދާނެ އެެވެ. ސެނެގޯލާއި ކޭޕް ވާޑޭ ކުޅޭއިރު، މޮރޮކޯ ބައްދަލުކުރާނީ މަލާވީއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox