ދަ ގްރާންޑޭ އަށް ލަންކާ ގައުމީ ޓީމުގެ ދެ ކުޅުންތެރިން

Jan 25, 2022, 3:13 AM
ދަ ގްރާންޑޭ ޓީމުން ސޮއިކުރި ލަންކާ ގައުމީ ޓީމުގެ އާކިބް (ކ) އާއި ޗަމޯދު.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ދަ ގްރާންޑޭ ޓީމުން ސޮއިކުރި ލަންކާ ގައުމީ ޓީމުގެ އާކިބް (ކ) އާއި ޗަމޯދު.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުން ސްރީ ލަންކާ ގައުމީ ޓީމަށް ކުޅޭ ދެ ކުޅުންތެރިން ކަމަށްވާ ޗަމޯދު ދިލްޝާން އާއި މުހައްމަދު އާކިބް ސޮއިކޮށްފި އެވެ.

ލަންކާ ގައުމީ ޓީމުގެ ޑިފެންޑަރު ޑަކްސަން ޕެރޭރާ ކުޅެމުން އަންނަނީ ކްލަބް ވެލެންސިއާ އަށެވެ.

މިދިޔަ އާދިއްތަ ދުވަހުގެރޭ 12 ޖެހުމާ ހަަމައަށް ރާއްޖޭގެ ޓްރާންސްފާ މާކެޓް ބަންދުވިއިރު، ދަ ގްރާންޑޭ އިން ވަނީ ޗަމޯދާއި އާކިބްގެ އިތުރުން ދާދި ފަހުން ނިމުނު ޕްރެެޒިޑެންޓްސް ކަޕްގައި ކްލަބް އީގަލްސް އަށް ކުޅުނު އަހުމަދު ވިޖުދާން (ވިޖޫ) ވެސް ގެނެސްފަ އެވެ. ވިޖޫ އަކީ މިދިޔަ ސީޒަނުގައި ދަ ގްރާންޑޭގެ ކެޕްޓަންކަން ވެސް ކުރި ކުޅުންތެރިއެކެވެ.

މިދިޔަ އޮކްޓޫބަރު މަހު މާލޭގައި ކުރިއަށްދިޔަ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތާއި ނޮވެމްބަރު މަހު ލަންކާގައި ބޭއްވި ފޯ ނޭޝަންސް ފުޓްބޯޅަ މުބާރާތުގައި ލަންކާ އިން ކުޅުނު ހުރިހާ މެޗެއްގައި ޗަމޯދާއި އާކިބް ވަނީ ކުޅެފަ އެވެ. ލަންކާ ސުޕަ ލީގުގައި ކުޅޭ ކޮލަމްބޯ އެފްސީ ޓީމަށް ކުޅެމުން އަންނަ ޗަމޯދާއި އާކިބް ވަނީ ދާދި ފަހުން ނިމުނު ސުޕަ ލީގުގެ ސީޒަނުގައި ވެސް މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ކޮލަމްބޯ ޓީމު ސުޕަ ލީގުގެ ތިން ވަނަ އަށް ދިޔައިރު، ލީގުގެ ދެ ވަނަ އަށް އެންމެ ގިނަ ގޯލު ޖެހި ދެ ކުޅުންތެރިންގެ ތެރޭގައި އާކިބް ހިމެނެ އެވެ. އާކިބް ވަނީ ސުޕަ ލީގުގައި އަށް ގޯލު ޖަހައިފަ އެވެ. އަދި ޗަމޯދު ވެސް ވަނީ ފަސް ގޯލު ޖަހައިފަ އެވެ.

އާކިބް ވަނީ ފޯ ނޭޝަންސް ކަޕްގެ ފައިނަލުގައި ސީޝެލްސް ކޮޅަށް ލަންކާގެ ދެ ވަަނަ ގޯލު ޖަހައިދީފަ އެވެ.

މިދިޔަ ސީޒަނުގައި ދަ ގްރާންޑޭގެ މެޗެއްގެ ތެރެއިން ވިޖޫ ބޯޅަ ހިފައިގެން: އޭނާ އަލުން ވަނީ ދަ ގްރާންޑޭ އަށް ބަދަލުވެފައި.-- ފޮޓޯ: އެފްއޭއެމް

ޗަމޯދާއި އާކިބް ދަ ގްރާންޑޭ ޓީމާ ގުޅުމުން އެ ޓީމުގައި ބިދޭސީ ހަތަރު ކުޅުނު ކުޅުންތެރިން ހަމަވީ އެވެ. ދަ ގްރާންޑޭ އިން މީގެ ކުރިން ވަނީ ސާބިއާގެ ޑިފެންޑަރު މާކޯ އިވަނޮވިޗާއި ޖަޕާނުގެ ވިންގް ހޫގޯ ކަވަބާޓާ ގެނެސްފަ އެވެ. އެ ކުޅުންތެރިން ވަނީ ދާދި ފަހުން ނިމުނު ޕްރެޒިޑެންޓްސް ކަޕްގެ މެޗުތަކުގައި ދަ ގްރާންޑޭ އަށް ކުޅެފަ އެވެ.

ދަ ގްރާންޑޭ އަށް ދެ ވަނަ ޑިވިޝަނުގައި ވެސް ކުޅެދިން ވިޖޫ ވަނީ އެ ޓީމު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްކޮށްދިނުމުގައި ވެސް މުހިންމު ރޯލެއް ކުޅެފަ އެވެ. ދަ ގްރާންޑޭ ފުރަތަމަ ޑިވިޝަނުގައި ކުޅުނު ދެ ސީޒަނުގައި ވެސް އެ ޓީމަށް ކުޅެފައި، ވިޖޫ މި ފަހަރު ފުރަތަމަ ފެނުނީ ޔޫތު ޗެމްޕިއަންޝިޕްގައި އޭނާ ކުރިން ކުޅުނު ކްލަބް އީގަލްސް އިންނެވެ.

ޕްރެޒިޑެންޓްސް ކަޕް ނިމުމުން އީގަލްސް ދޫކޮށްލުމަށް ފަހު އޭނާ އަލުން ދަ ގްރާންޑޭއާ ގުޅުނީ އެވެ.

ޓްރާންސްފާ މާކެޓްގެ ފަހު ދުވަހު ދަ ގްރާންޑޭ އިން ވަނީ އެ ޓީމުގެ ކޮންޓްރެކްޓްގައި ހުރި އަޔާޒް އަހުމަދު (އަޔާ) ސަސް އަށް ދޫކޮށްލައިފަ އެވެ. އަޔާ ސަސް އަށް ދިނީ ޓްރާންސްފާ ފީއެއް ދެއްކުމުންނެވެ.

އަހުމަދު ނާޝިދު (ނާދު)ގެ ކޯޗުކަމުގައި ކުޅޭ ދަ ގްރާންޑޭ އިން ޕްރެޒިޑެންޓްސް ކަޕްގެ ލީގު ބުރު ނިންމާލީ ހަތް މެޗުން އެއް ޕޮއިންޓާ އެކު އެވެ. މެޗަކަށް ފަހު މެޗެއް ކުރިއެރުން ލިބެމުން އަންނަކަން ނާދު ވަނީ ފާހަގަކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox