ތައިލޭންޑްގެ ބޮޑު ވަޒީރަކު 30 އަހަރަށް ފަހު ސައުދީ އަރަބިއްޔާއަށް ވަޑައިގަންނަވަނީ

ތައިލޭންޑްގެ ބޮޑު ވަޒީރު ޕްރަޔުތް ޗަން އޮޗާ ސައުދީ އަރަބިއްޔާއަށް ވަޑައިގަންނަވާނީ އަންގާރަ ދުވަހު. -- ފޮޓޯ: އޭއެފްޕީ

ތައިލޭންޑްގެ ބޮޑު ވަޒީރު ޕްރަޔުތް ޗަން އޮޗާ ސައުދީ އަރަބިއްޔާއަށް ވަޑައިގަންނަވާނީ އަންގާރަ ދުވަހު. -- ފޮޓޯ: އޭއެފްޕީ

ބެންކޮކް، ތައިލޭންޑް (ޖެނުއަރީ 24) - ސައުދީ އަރަބިއްޔާގެ ގަނޑުވަރަކުން ޖަވާހިރު ވަގަށް ނެގި މައްސަލައިގައި އުފެދުނު ޑިޕްލޮމެޓިކް ދެބަސްވުމަށް ފަހު، 30 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ތައިލޭންޑްގެ ބޮޑު ވަޒީރަކު ސައުދީ އަރަބިއްޔާއަށް ވަޑައިގަންނަވަން ހަމަޖެހިއްޖެ އެވެ.

ތައިލޭންޑަށް އުފަން މަސައްކަތު މީހެއް ކަމަށްވާ، ކްރިއަންގްކްރައި ޓެކަމޮންގް ސައުދީ އަރަބިއްޔާގެ އަމީރެއްގެ ގަނޑުވަރުން 20 މިލިއަން ޑޮލަރުގެ އަގުހުރި ޖަވާހިރު ވަގަށް ނެގީ 1989 ވަނަ އަހަރު އެވެ. އެއާ އެކު ދެ ގައުމުގެ މެދުގައި އުފެދުނު "ބްލޫ ޑަޔަމަންޑް" މައްސަލަ މިއަދާ ހަމައަށް ވެސް ހައްލުވެފައެއް ނުވެ އެވެ.

ވަގަށް ނެގި ޖަވާހިރުތަކުގެ ތެރެއިން ބައެއް ޖަވާހިރު ތައިލޭންޑްގެ ފުލުހުން ސައުދީ އަރަބިއްޔާގެ އޮފިޝަލުންނާ ހަވާލުކުރި އެވެ. ނަމަވެސް ސައުދީ އަރަބިއްޔާއިން ބުނީ ހަވާލުކުރި ގިނަ ޖަވާހިރަކީ ފޭކު ކަމަށެވެ. ވަގަށް ނެގި ޖަވާހިރުތަކުގެ ތެރެއިން އެންމެ އަގުހުރި 50 ކެރަޓްގެ ބްލޫ ޑަޔަމަންޑް ވީ ތަނެއް ހޯދިފައެއް ނުވެ އެވެ.

ތައިލޭންޑްގެ ބޮޑު ވަޒީރު ޕްރަޔުތް ޗަން އޮޗާ ސައުދީ އަރަބިއްޔާއަށް ދަތުރެއް ކުރެއްވުމަށް ދައުވަތު ފޮނުއްވީ ވަލީ އަހުދު އަމީރު މުހައްމަދު ބިން ސަލްމާން އެވެ. ދެ ދުވަހުގެ ދަތުރު ފައްޓަވާނީ އަންގާރަ ދުވަހުގައި ކަމަށް ތައިލޭންޑްގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުންޏެވެ.

"މިއީ ދެ ގައުމުގެ ދައުލަތުގެ އިސްވެރިންގެ ތެރެއިން ބޭފުޅަކު 30 އަހަރުގެ ތެރޭގައި ކުރައްވާ ފުރަތަމަ ދަތުރު،" ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

ޕްރަޔުތް އާއި ސައުދީ ވަލީ އަހުދުގެ ބައްދަލުވުމުގެ އަމާޒަކަށް ވާނީ "ދެ ގައުމުގެ ގުޅުން ވަރުގަދަކޮށް ކުރިއެރުވުން" ކަމުގައި ބަޔާނުގައި ބުންޏެވެ.

"މި ދަތުރަކީ ދެ ގައުމުން ކަންބޮޑުވާ އެއް ގޮތް މައްސަލަތަކުގައި ވިސްނުން އެއް ގޮތަކަށް ހުރުމާ އެކު ކުރެވުނު މަޝްވަރާތަކަށް ފަހު ރޭވުނު ދަތުރެއް،" ސައުދީ އަރަބިއްޔާގެ ސަރުކާރުން ނެރުނު ބަޔާނުގައި ބުންޏެވެ.

ސައުދީ އަރަބިއްޔާއިން ތުހުމަތުކޮށްފައިވާ ގޮތުގައި ޖަވާހިރުތަކުގެ ތަހުގީގަށް ތައިލެންޑްގެ ފުލުހުން ހުރަސް އެޅި އެވެ. ތައިލޭންޑްގެ އިސް ފުލުހުން ޖަވާހިރުތައް ސިއްރުން ނަގައި، ވެރިކޮށްލި ކަމަށް ވެސް ސައުދީ އަރަބިއްޔާއިން ތުހުމަރު ކުރި އެވެ.

އެކަން ތަހުގީގު ކުރަން ހާއްސަ ވިޔަފާރިވެރިޔަކު ސައުދީ އަރަބިއްޔާގެ ސަރުކާރުން ތައިލޭންޑަށް ފޮނުވީ 1990 ވަނަ އަހަރު އެވެ. ނަމަވެސް ބެންކޮކްގައި ސައުދީ ޑިޕްލޮމެޓުންގެ ގަޔަށް ބަޑި ޖަހައި މަރާލިތާ ތިން ދުވަސް ފަހުން، އެ ވިޔަފާރިވެރިޔާ ވީނުވީއެއް ނޭނގި ގެއްލުނެވެ.

ވިޔަފާރިވެރިޔާ މަރާލި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ފަސް މީހެއްގެ މައްޗަށް ފެށި ތަހުގީގު 2014 ވަނަ އަހަރު ހުއްޓާލީ ހެކި ނެތް ކަމަށް ބުނެ އެވެ. ތުހުމަތުވި ފަސް މީހުންގެ ތެރޭގައި ތައިލޭންޑް އިސް ފުލުހަކު ވެސް ހިމެނެ އެވެ.

އެ މައްސަލައާ ހެދި ސައުދީ އަރަބިއްޔާގެ ސަފީރަކު ތައިލެންޑަށް ނުފޮނުވާތާ އަހަރުތަކެއް ވެއްޖެ އެވެ. ދެ ގައުމުގެ މެދުގައި ދަތުރު ކުރުމުގައި ވެސް ގިނަ ހުރަސްތަކެއް ހުރެ އެވެ.

ތައިލޭންޑްގެ ފަތުރުވެރިކަން ކުރެއެރުވައި، ވަޒީފާގެ ފުރުސަތު ހޯދައި ދިނުމުގެ ބޭނުމުގައި މައްސަލަ ހައްލުކޮށް، ގުޅުން ރަނގަޅު ކުރަން އެ ގައުމުން ބޭނުންވެ އެވެ.

ޖަވާހިރުތައް ވަގަށް ނެގިކަން ސާބިތުވި ކްރިއަންގްކްރައި ޖަލުގައި ފަސް އަހަރު ހޭދަކުރި އެވެ. ނަމަވެސް އޭނާ ހައްޔަރު ކުރުމުގެ ކުރިން ގިނަ ޖަވާހިރުތައް ވިއްކާލި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox