ހަނގުރާމައިގެ މައިދާނުގައި އުފަންވާ ދިވެހިން ރަޖިސްޓްރީ ކުރާ އުސޫލު އާންމުކޮށްފި

ސީރިޔާގެ ދާހިލީ ހަނގުރާމައަށް ގޮސް އުޅުނު އަންހެނުންތަކަކާއި އެމީހުންނަށް ލިބުނު ދަރިން ރެފިއުޖީ ކޭމްޕެއްގައި: އެ ހަނގުރާމައަށް ދިޔަ ދިވެހިން ގެނައުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުން -- ފޮޓޯ: ސީބީއެސް ނިއުސް

ސީރިޔާގެ ދާހިލީ ހަނގުރާމައަށް ގޮސް އުޅުނު އަންހެނުންތަކަކާއި އެމީހުންނަށް ލިބުނު ދަރިން ރެފިއުޖީ ކޭމްޕެއްގައި: އެ ހަނގުރާމައަށް ދިޔަ ދިވެހިން ގެނައުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުން -- ފޮޓޯ: ސީބީއެސް ނިއުސް

ހަނގުރާމަވެރި ސަރަޙައްދުތަކުގައި ދިވެހިންނަށް ލިބޭ ދަރިން ދިވެހި ރައްޔިތުންގެ ދަފްތަރުގައި ރަޖިސްޓްރީ ކުރުމުގައި އަމަލުކުރަން ޖެހޭ ހާއްސަ އުސޫލު ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން އިއްޔެ އާންމުކޮށްފި އެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން އެކުލަވައިލި މި އުސޫލުގައި، އެކި ގައުމުތަކުގައި ހިނގާ ދާހިލީ ހަނގުރާމަތަކުގައި ބައިވެރިވާ ދިވެހިންނަށް ލިބޭ ދަރިން ރަޖިސްޓްރީ ކުރަން ބެލެނިވެރިން ފުރިހަމަ ކުރަން ޖެހޭ ކަންކަމާއި ކައުންސިލުތަކުގެ ޒިންމާ ސާފުކޮށް ބަޔާންކޮށްފައިވެ އެވެ.

"ހަނގުރާމަވެރި ސަރަހައްދެއްގައި ދިވެހި ރައްޔިތަކަށް އުފަންވެފައިވާ ކުދިންގެ އުފަންވުން، ކަމާބެހޭ ގާނޫނުތަކުގައިވާ ގޮތުގެ މަތިން ދިވެހިރާއްޖޭގައި ރަޖިސްޓަރ ކޮށްފައި ނުވާނަމަ، އެ ކުދިންގެ އުފަންވުން، މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ދިވެހިރާއްޖޭގައި ރަޖިސްޓަރ ކުރަންވާނެ،" އެ އުސޫލުގައި ލިޔެފައިވެ އެވެ.

ގާނޫނު ބުނާ ގޮތުން ހަނގުރާމައިގެ މައިދާނުގައި ލިބޭ ކުދިން އަނބުރާ ރާއްޖެ އައުމުގެ ކުރިން އެ ކުދިންގެ އުފަންވުން ރާއްޖޭގައި ރަޖިސްޓްރީ ކުރަން ޖެހެ އެވެ. އެކަން ކުރަން އެ ކުއްޖާގެ ބެލެނިވެރިން ނޫނީ ބެލެނިވެރިން ހަމަޖައްސާ ޕަވާ އޮފް އެޓާނީ ފުރަތަަމަ ދާން ޖެހޭނީ ފެމިލީ ކޯޓަށެވެ. އެ ކުއްޖާއަކީ ދިވެހި ރައްޔިތަކަށް އުފަން ދަރިއަކުކަމާމެދު ގޮތް ނިންމާނީ އެ ކޯޓުންނެވެ.

ޑީއެންއޭ އާއި އެފަދަ ސައިންޓިފިކް ގަރީނާތަކަކީ ހައްދުގެ މައްސަލަތައް ތައުޒީރީ މިންގަނޑުން ސާބިތުކުރުމަށް ފުދޭނޭ ވަސީލަތްތަކެއް ކަން ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާތީ، ދިވެއްސަކަށް އުފަން ދަރިއެއްތޯ ސާބިތުކުރުމަށް ޑީއެންއޭ ތަހުލީލު ރިޕޯޓް ހުށަހެޅޭނެ އެވެ.

މަންމަ އަދި ބައްޕަ ނެތް ހާލަތުގައި ގާތް ތިމާގެ މީހެއްގެ ޑީއެންއޭ ޕްރޮފައިލް ވެސް ހުށަހެޅެ އެވެ. އަދި، އެކަމަށް ހެކިކޮށްދޭނެ މީހުންގެ ބަޔާން ވެސް ހުށަހެޅޭނެ އެވެ.

މިގޮތަށް ކޯޓަށް ހުށަހަޅާ ހެކި މަދަނީ މިންގަނޑުން ވަޒަން ކުރުމަށް ފަހު، 14 ދުވަހުގެ ތެރޭގައި ކޯޓުން ފައިސަލާ ކުރަން ޖެހެ އެވެ.

އެ ކުއްޖަކީ ދިވެއްސެއްކަމަށް ކޯޓުން ކަނޑައަޅައިފި ނަމަ، މައްސަލަ ނިންމިގޮތުގެ ރިޕޯޓާއި އެކު ހަތަރު ދުވަހުގެ ތެރޭގައި އެކުއްޖާގެ އުފަންދުވަހުގެ ސެޓްފިކެޓް ހައްދަން ހުށަހަޅަން ޖެހެ އެވެ. ހުށަހަޅަންޖެހެނީ ބެލެނިވެރިންގެ ރަށްވެހިކަން އޮންނަ ސިޓީ ނޫނީ ރަށު ކައުންސިލަށެވެ.

މިއަދުން ފެށިގެން މި ގަވާއިދަށް އަމަލުކުރަން ފަށާފައި ވާއިރު، އެކި ގައުމުތަކުގައި ހިނގާ ދާހިލީ ހަނގުރާމަތަކަށް ދިއުމަށްފަހު އެނބުރި ރާއްޖެ އަންނަ މީހުންނާއި ކުދިން ބަންދުކުރެވޭނެ ހާއްސަ އިޖުރާއަތްތަކެއްވެސް ހޯމް މިނިސްޓްރީން ވަނީ ވަރަށް ފަހުން އެކުލަވާލާފަ އެވެ.

މިގޮތަށް ހަނގުރާމަތަކަށް ގޮސްފައިވާ ދިވެހިންގެ ސީދާ އަދަދެއް ނޭނގުނު ނަމަވެސް، ސީރިޔާގެ ރެފިއުޖީ ކޭމްޕުތަކުގައި ހާލުގައި ޖެހިފައިވާ މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނޭ ކަމަށް އެކި މަސްދަރުތަކުގެ މައުލޫމާތު ދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox