ކޮވިޑްގެ ހާލަތު ގޯސްވުމުން ކޯޓުތަކުގެ ހިންގުމަށް ބޮޑު ބަދަލެއް

ޖުޑީ|ޝިއަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ): މާދަމާއިން ފެށިގެން ހުރިހާ ކޯޓެއްގެ ހިދުމަތްތައް އޮންލައިން ކުރުމަށް އިރުޝާދުދީފި -- ފޮޓޯ:މުހައްމަދު ޝާބިން / އަދަދު

ޖުޑީ|ޝިއަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ): މާދަމާއިން ފެށިގެން ހުރިހާ ކޯޓެއްގެ ހިދުމަތްތައް އޮންލައިން ކުރުމަށް އިރުޝާދުދީފި -- ފޮޓޯ:މުހައްމަދު ޝާބިން / އަދަދު

ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތަށް ރިއާޔަތްކޮށް، ރާއްޖޭގެ ހުރިހާ ކޯޓެއް ހިންގަމުން އައި އުސޫލަށް ބޮޑު ބަދަލެއް ގެނައުމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝިއަލް އެޑްމިނިސްޓްރޭޝަނުން (ޑީޖޭއޭ) ނިންމައިފި އެވެ.

ކޯޓުތަކުގެ ބެލެނިވެރި ފަރާތްކަމުގައިވާ ޑީޖޭއޭއިން މިއަދު ނެރުނު ސާކިއުލާގައި ބުނާ ގޮތުން މާދަމާއިން ފެށިގެން ރާއްޖޭގެ ހުރިހާ ކޯޓެއްގައި ވެސް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމަށްޓަކައި، ޝަރުއީ ދާއިރާގެ މަސައްކަތްތަކަށް ބަދަލުތަކެއް ގެންނަން ޖެހެ އެވެ.

އެގޮތުން، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އޮންލައިންކޮށް ދެވެން ހުރި ހުރިހާ ހިދުމަތެއް އެގޮތަށް ދިނުމަށް ޑީޖީޖޭއޭއިން ނެރުނު ސާކިއުލާގައި ބާރުއަޅާފައިވެ އެވެ. އަދި ކޯޓުތަކުގެ މަސައްކަތް ގޭގައި ތިބެގެން ކުރެވޭނެ މުވައްޒަފުންނަށް އެ މަގު ފަހުކޮށްދިނުމަށާއި ވީހާވެސް މަދު، އަދި ކޮންމެހެން ހާޒިރުވެގެން މަސައްކަތްކުރާން ލާޒިމްވާ މުވައްޒަފުން ވަޒީފާއަށް ނެރުމަށް އިރުޝާދު ދީފައިވެ އެވެ.

"ޝަރުއީ ކޯޓުތަކާއި އިދާރާތަކުގެ މުވައްޒަފުން ރިމޯޓްކޮށް މަސައްކަތް ކުރުމާއި ބެހޭ އުސޫލު" ގެ ދަށުން ކޮވިޑްގެ ބަލި ހާލަތަށް ރިޔާއަތްކޮށް ގޭގައި މަސައްކަތް ކުރެވޭނެ މަގު ކޯޓު މުވައްޒަފުންނަށް ފަހިކޮށްދިން ނަމަވެސް، އެ ހުރިހާ އެންމެންގެ މަސައްކަތްތައް ސުޕަވައިޒްކޮށް ޖަވާބުދާރީކުރެވޭނެ ނިޒާމެއް ކޮންމެ ކޯޓަކުން ވެސް އެކުލަވާލަން ޖެހެ އެވެ.

އެގޮތަށް މަސައްކަތް ކުރަން ފަށާއިރު، ކޯޓުގެ މައުލޫމާތުތައް ރައްކާތެރިކުރެވޭނެ ފިޔަވަޅުތަކެއް އެޅުމަށާއި، އެ ފިޔަވަޅުތައް އެ އޮފީހާއެކު ހިއްސާކުރުމަށް ޑީޖޭއޭއިން އަންގާފައިވެ އެވެ.

އޭގެ އިތުރުން މިގޮތަށް މަސައްކަތް ކުރާއިރު، ފިޔަވަޅުތަކާ ގުޅޭ ގޮތުން ގުޅާނެ ވަކި ފަރާތެއް ކޮންމެ ކޯޓަކުން ވެސް ހަމަޖައްސައި، އެކަން އާންމުކޮށް އިއުލާނުކުރުމަށް ވެސް ހުރިހާ ކޯޓަކަށް އިރުޝާދު ދީފައިވެ އެވެ.

ރާއްޖޭގައި ކޮވިޑް ހާލަތު މިހާރު ގޯސްވަމުން ދާއިރު، މިހާރު ދުވާލެއްގެ މައްޗަށް ފައްސިވާ މީހުންގެ އަދަދު އުޅެނީ 2،000 އިން މަތީގަ އެވެ. 115 ހާސް މީހުންނަށް މިހާރު ބަލި ޖެހިފައި ވާއިރު، އޭގެ ތެރެއިން 48 މީހަކަށް ދަނީ އެޑްމިޓްކުރެވިގެން ފަރުވާ ދެމުންނެވެ. ހަތަރު މީހަކު އޮތީ ވެންޓިލޭޓަރުގަ އެވެ.

މިހާތަނަށް މި ބަލީގައި ރާއްޖެއިން ޖުމްލަ 270 މީހަކު ވަނީ މަރުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox