ސިޓީ އޮޅުވާލުމެއްގެ ތެރޭގައި ނުބަހައްޓާނަން: ގާޑިއޯލާ

Jan 22, 2022, 8:17 AM
ސިޓީ އޮޅުވާލުމެއްގެ ތެރޭގައި ނުބަހައްޓާނަން: ގާޑިއޯލާ

މެންޗެސްޓާ (ޖެނުއަރީ 22) - މެންޗެސްޓާ ސިޓީގައި އޭނާގެ މުސްތަގުބަލާ ބެހޭގޮތުން ގޮތެއް ނިންމުން ލަސްކޮށް އެ ކްލަބް އޮޅުވާލުމެއްގެ ތެރޭގައި ނުބަހައްޓާނެ ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ކުރިން ބާސެލޯނާ އާއި ބަޔާން މިއުނިކްގެ ކޯޗަކަށް ހުރި ގާޑިއޯލާ ސިޓީއާ އެކު އެންމެ ފަހުން ސޮއިކުރި ކޮންޓްރެކްޓް އަންނަ ސީޒަނުގެ ނިޔަލަށް ހަމަވާނެ އެވެ.

ކޮންޓްރެކްޓްގެ ފަހު އަހަރު ފަށަން އުޅުނު ކަމުގައި ވިޔަސް ގާޑިއޯލާ ބުނީ މި ވަގުތު އަދި ވިސްނަނީ ސިޓީގައި ކުރަން ހުރި މަސައްކަތަށް ކަމަށެވެ. އަދި އެ ޓީމަށް ފަހު ދެން ހަދާނެ ގޮތަކާ މެދު އަދި ހިޔާލެއް އަދި ނުކުރާ ކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ.

"އެ މީހުން (ސިޓީން) އަހަންނަށް ބުނިހާ ކަމެއް އެބަކޮށްދޭ. އެ މީހުންނަށް އޮޅުވާލައިގެން ކަމެއް ނުކުރާނަން. އެ މީހުންނަށް ދެރަވާނެ ގޮތެއް ވެސް އަހަރެން ނުހަދާނަން. އެއީ އެ ފަދަ ކަމެއް އަހަރެން ކޮށްފިނަމަ އެއީ އަހަރެން ކުރާނެ ވަރަށް ގޯސް ކަމެއް،" ގާޑިއޯލާ ބުންޏެވެ.

ސިޓީގެ ކޯޗުކަމާ ހަވާލުވި ފަހުން ދެ ފަހަރެއްގެ މަތިން ކޮންޓްރެކްޓް އާ ކުރިއިރު ވެސް ހުރިހާ މަޝްވަރާތަކެއް ދިޔައީ ވަރަށް ދެފުށް ފެންނަ ގޮތަކަށް ދެބަސްވުމެއް ނެތި ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް އެ ގޮތަށް ކަންތައް ހިނގާނެ ކަމަށް ގާޑިއޯލާ އުއްމީދުކުރެ އެވެ.

ގާޑިއޯލާ ބުނީ އޭނާ އަކީ އެއްވެސް އިރެއްގައި ޓީމެއްގެ ކޯޗަކަށް ހުންނައިރު، އެ ޓީމެއް ގޮވައިގެން މާ ދުރަށް ވިސްނާނެ މީހެއް ނޫން ކަމަށެވެ. އެއީ މިހާރު ފުޓްބޯޅައިގެ މާހައުލު އޮތްގޮތުން ނަތީޖާ ނުނެރެވޭ ހާލަތެއް އައިސްފިނަަމަ ކޯޗަކު ޓީމަކުން ވަކިކުރަން މާ ވަގުތެއް ނުނަގާނެކަން ފެންނަ މަންޒަރުން ސާފުވާ ކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ.

ސިޓީގެ ކޯޗުކަމާ 2016 ވަނަ އަހަރު ހަވާލުވި ގާޑިއޯލާ ވަނީ އެ ޓީމާ އެކު ތިން ފަހަރު ޕްރިމިއާ ލީގާއި ހަތަރު ލީގު ކަޕް އަދި އެފްއޭ ކަޕް ޗެމްޕިއަންކަން ހޯދައިފަ އެވެ. މި ފަހަރުގެ ޕްރިމިއާ ލީގު ކާމިޔާބު ކުރާނެ ފޭވަރިޓެއްގެ ގޮތުގައި ވެސް އޮތީ ސިޓީ އެވެ. ލީގުގެ އެއް ވަނައިގައި ސިޓީ އޮތީ 11 ޕޮއިންޓުގެ ލީޑަކާ އެކު އެވެ.

ލީގުގައި މިރޭ ސިޓީ ކުޅޭ މެޗުގައި ރާއްޖެ ގަޑިން 22:30 ގައި ނުކުންނާނީ ސައުތެމްޓަނާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox