ޔުވެންޓަސްގެ ތަރި ޑިބާލާ ހޯދުމުގެ މަސައްކަތް ޓޮޓެންހަމުން ފަށައިފި

Jan 22, 2022, 4:31 AM
ޔުވެންޓަސްގެ ތަރި ޑިބާލާ ހޯދުމުގެ މަސައްކަތް ޓޮޓެންހަމުން ފަށައިފި

ލަންޑަން، (ޖެނުއަރީ 22) - ޔުވެންޓަސްގެ އާޖެންޓީނާގެ ތަރި ޕައޮލޯ ޑިބާލާ ހޯދުމުގެ މަސައްކަތް އިނގިރޭސި ކުލަބު ޓޮޓެންހަމުން ފަށައިފި އެވެ.

ޑިބާލާ، 28، ޔުވެންޓަސްއާ އެކު ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަންގެ ނިޔަލަށް ހަމަވާއިރު، ޔުވެންޓަސް އިން ހުށަހަޅާފައިވާ އާ ކޮންޓްރެކްޓްގައި ސޮއިކުރަން ޑިބާލާ ބޭނުމެއް ނުވެ އެވެ. އޭނާ ބޭނުންވަނީ މިހާރު ލިބޭ މުސާރަ ކަމަށްވާ އަހަރަކު 16 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަގަކަށް އެކުލަބުގައި މަޑުކުރާށެވެ. ނަމަަވެސް ޔުވެންޓަސް އިން ބޭނުންވަނީ ޑިބާލާ މުސާރަ ކުޑަކޮށް އޭނާ 2025ގެ ނިޔަލަށް އެކުލަބުގައި މަޑުކުރުވާށެވެ.

ޑިބާލާގެ އަނިޔާގެ މައްސަލަތަކާ ހެދި ސީޒަނެއްގައި އޭނާ އަށް ގިނަ މެޗުތަކެއް ނުކުޅެވޭތީީ ޔުވެންޓަސް އިން އޭނާގެ މުސާރަ ބޮޑުކުރާކަށް ބޭނުމެއް ނޫނެވެ. އެހެންކަމުން އޭނާ މި ސީޒަން ނިމުމަށްފަހު ހިލޭ ޓްރާންސްފާ އެއްގައި އެހެން ކުލަބަކަށް ބަދަލުވުމުގެ ފުރުސަތު ބޮޑެވެ.

އެންމެ ފަހުން ލީގުގައި ޔުވެންޓަސް އުދިނޭސީއާ ދެކޮޅަށް ކުޅުނު މެޗުގައި ޑިބާލާ ގޯލު ޖެހުމަށް ފަހު އުފާފާޅުކޮށްފައެއް ނުވެ އެވެ. އިޓަލީގެ ނޫސްތަކުން ބުނަނީ މިއީ ޑިބާލާ އެކުލަބުގެ މެނޭޖުމަންޓަށް ދިން މެސެޖެއް ކަމަށެވެ.

ޔުވެންޓަސްއާ ޑިބާލާއާ ދެމެދު މައްސަަލަތައް ގޯސްވެފައިވާ މި ދަނޑިވަޅުގައި ޓޮޓެންހަމުން އަންނަނީ އިނގިރޭސި ޕްރިމިއާ ލީގަށް އޭނާ ގެންދިއުމަށް މަސައްކަތް ކުރަމުންނެވެ. މިގޮތުން ޓޮޓެންހަމްގެ މެނޭޖްމަންޓުން ޑިބާލާގެ އޭޖެންޓާ މަޝްވަރާކުރަމުން އަންނަ ކަމަށް މީޑީޔާތަކުން ރިޕޯޓްކުރެ އެވެ.

މީގެ ކުރިން 2019 ވަނަ އަހަރުވެސް ޓޮޓެންހަމުން ޑިބާލާ އަށް ބިޑް ކުރިއެވެ. އެފަހަރު އެންމެ ފަހު ވަގުތު ޑީލް ކާމިޔާބު ނުކުރެވުނީ އިމޭޖް ރައިޓްސްއާއި ގުޅޭ މައްސަލައެއް ކުރިމަތިވެގެންނެވެ.

ޔުވެންޓަސް އަށް 276 މެޗު ކުޅެދީ 111 ގޯލް ޖަހައިދީފައިވާ ޑިބާލާ އަކީ ޓޮޓެންހަމްގެ މިހާރުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ވަރަށް ގަޔާވާ ކުޅުންތެރިއެކެވެ. ބެލޭވޭ ގޮތުގައި ޓޮޓެންހަމް ވަރުގަދަ ކުރަން ކޮންޓޭ އެންމެ ބޭނުންވާ ކުޅުންތެރިޔަކީވެސް ޑިބާލާ އެވެ. އެކުލަބުގައި އާޖެންޓީނާ ގައުމީ ޓީމްގެ ބައެއް ކުޅުންތެރިން ތިބުމަކީ ދިބާލާ ޓޮޓެންހަމަށް އަތުވެދާނެ ކަމެއް ކަމަށް އެކުލަބުގެ މެނޭޖްމަންޓުން ގަބޫލުކުރެ އެވެ. އާޖެންޓީނާގެ ކްރިސްޓިއަން ރޮމޭރޯ އާއި ޖިއޮވާނީ ލޮ ސެލްސޯ ކުޅެނީ ޓޮޓެންހަމަށެވެ.

ޓޮޓެންހަމް މިވަގުތު އޮތީ އިނގިރޭސި ޕްރިމިއާ ލީގް ތާވަލްގެ ފަސް ވަނައިގަ އެވެ. އެކުލަބަށް ކުރިއަށް އޮތް މެޗަކީ ލަންޑަންގެ ވާދަވެރިން ކަމަށްވާ ޗެލްސީއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox