ޔޫކްރެއިން މައްސަލައިގައި އެމެރިކާ އާއި ރަޝިއާއިން ބައްދަލުކޮށްފި

އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކެން (ވ) އަދި ރަޝިއާގެ ފޮރިން މިނިސްޓަރު ސާގެއި ލެވްރޯވް. -- ފޮޓޯ: އީޕީއޭ

އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކެން (ވ) އަދި ރަޝިއާގެ ފޮރިން މިނިސްޓަރު ސާގެއި ލެވްރޯވް. -- ފޮޓޯ: އީޕީއޭ

ޖެނީވާ، ސްވިޓްޒަލޭންޑް (ޖެނުއަރީ 21) - ރަޝިއާއިން ޔޫކްރެއިން ހިފަން އުޅޭ ކަމުގެ ތުހުމަތުތައް ބޮޑުވެފައިވާ މި ދަނޑިވަޅުގައި އެމެރިކާ އާއި ރަޝިއާގެ ފޮރިން މިނިސްޓަރުން ބައްދަލުކޮށްފި އެވެ.

ޔޫކްރެއިންއާ ގުޅޭ މަޝްވަރާތައް ކުރުމަށް ޖެނީވާގައި ބައްދަލުކުރެއްވީ އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކެން އާއި ރަޝިއާގެ ފޮރިން މިނިސްޓަރު ސާގެއި ލެވްރޯވް އެވެ.

"މިއީ މުހިއްމު ވަގުތުކޮޅެއް،" މަޝްވަރާ ފެށުމުގެ ކުރިން ބްލިންކެން ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މައްސަލަތައް މި ތަނުގައި މިއަދު ހައްލު ކުރެވޭނެ ކަމަކަށް ގަބޫލެއް ނުކުރަން،" ޑިޕްލޮމެސީ ކުރިއަށް ނެރުމަކީ އަދިވެސް އޮތް އިހްތިޔާރެއްތޯ ބެލުން މުހިއްމުކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވި އެވެ.

ބައްދަލުވުމަށް ފަހު ލެވްރޯވް ވިދާޅުވީ މަޝްވަރާ ކުރިއަށް ދިޔައީ ވަރަށް ބޮޑަށް ހުޅުވާލެވިގެން ކަމަށާއި އެއީ މުހިއްމު މަޝްވަރާތަކެއް ކަމަށެވެ.

ރަޝިއާ އާއި ޔޫކްރެއިން ގުޅޭ ބޯޑަރު ކައިރީގައި 100،000 ރަޝިއާ ސިފައިން އެބަ ތިއްބެވެ. ނަމަވެސް ޔޫކްރެއިން ހިފަން އުޅޭ ކަމަށް ކުރާ ތުހުމަތުތައް ރަޝިއާއިން ދޮގުކުރެ އެވެ.

މަޝްވަރާގެ ތެރެއިން ބްލިންކެން ވިދާޅުވީ ރަޝިއާއިން ޔޫކްރެއިން ހިފައިފި ނަމަ "ގައުމުތައް ގުޅިގެން އަވަސް، ވަރުގަދަ ރައްދެއް ދޭނެ" ކަމަށެވެ.

ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން ހުޅަނގުގެ ގައުމުތަކަށް ޑިމާންޑްތަކެއް ހުށަހަޅުއްވާފައި ވާއިރު، އޭގެ ތެރޭގައި ނޭޓޯގެ މެމްބަރުކަން ޔޫކްރެއިނަށް ނުދިނުން ހިމެނެ އެވެ.

އޭގެ އިތުރުން ނޭޓޯއިން އިރުމަތީ ޔޫރަޕްގައި އަސްކަރީ ތަމްރީން ހިންގުން ހުއްޓާލައި، އެ ސަރަހައްދަށް ހަތިޔާރު ފޮނުވުން ހުއްޓާލަން ވެސް ހުށަހަޅުއްވާފައި ވެ އެވެ.

މަޝްވަރާއަށް ފަހު ބޭއްވި ޕްރެސް ކޮންފެރެންސްގައި ލެވްރޯވް ވިދާޅުވީ ނޭޓޯއިން އުޅެނީ ރަޝިއާއާ ދެކޮޅަށް ކަމަށާއި ރަޝިއާއިން "ދުވަހަކު ވެސް ޔޫކްރެއިން ރައްޔިތުންނަށް ބިރުދައްކާފައި ނުވާނެ" ކަމަށެވެ. އޭގެ އިތުރުން ޔޫކްރެއިން ހިފުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށް ވިދާޅުވި އެވެ.

ރަޝިއާއިން ހުށަހެޅި ޑިމާންޑްތަކާ ގުޅޭ ރައްދެއް އަންނަ ހަފްތާގައި ލިޔުމުން އެމެރިކާއިން ހުށަހަޅާނެ ކަމަށް ލެވްރޯވް ވިދާޅުވި އެވެ. އޭގެ ފަހުން ދެ ގައުމުން އަނެއްކާވެސް ބައްދަލުވުމެއް ބާއްވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox