ބާސެލޯނާ ކަޓައިފި، ހަޒާޑްގެ ގޯލުން ރެއާލް އަނެއް ބުރަށް

Jan 21, 2022, 4:33 AM
ބާސެލޯނާ ކަޓައިފި، ހަޒާޑްގެ ގޯލުން ރެއާލް އަނެއް ބުރަށް

މެޑްރިޑް (ޖެނުއަރީ 21) - ސްޕެނިޝް ކަޕް (ކޮޕަ ޑެލް ރޭ)ގައި ރޭ ކުޅުނު ގަދަ 16 ބުރުގެ މެޗުތަކުގައި، އެތުލެޓިކް ބިލްބާއޯ އަތުން 3-2 އިން ބަލިވެ، ބާސެލޯނާ މުބާރާތުން ކެޓިއިރު، އެޑެން ހަޒާޑް ޖެހި ގޯލުން 2-1 އިން އެލްޗޭގެ މައްޗަށް ކުރިހޯދައި ރެއާލް މެޑްރިޑުން ކުއާޓާ ފައިނަލުގެ ފުރުސަތު ހޯދައިފި އެވެ.

ރޭގެ މެޗު ފަށައިގެން ދެ މިނިޓް ތެރޭ ބިލްބާއޯގެ އިކާ މުނިއައީން ވަނީ އެ ޓީމަށް ލީޑުނަގައިދީފަ އެވެ. މެޗުގެ 20 ވަަނަ މިނިޓްގައި އޭރިއާތެރެއިން ފެރާން ޓޮރޭޒް ޖެހި މޮޅު ގޯލުން ބާސެލޯނާ ނަތީޖާ ހަމަހަމަކުރި އެވެ. މިއީ މި މަހު މެންޗެސްޓާ ސިޓީ ދޫކޮށް ބާސެލޯނާ އަށް ބަދަލުވުމަށް ފަހު ފެރާން ޓޮރޭޒް ޖެހި ފުރަތަމަ ގޯލެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނިޓަށް ވެފައި ހުއްޓައި އިނީގޯ މާޓީނޭޒް ވަނީ ބިލްބާއޯ އަށް ދެ ވަނަ ފަހަރަށް މި މެޗުގައި ލީޑުނަގައިދީފަ އެވެ. އެކަމަކު، އިތުރު ވަގުތުގެ ތިން ވަނަ މިނިޓްގައި ޕެޑްރީ ގޮންޒާލޭޒް ވަނީ އޭނާ އަށް ލިބުނު ފުރުސަތުގެ ބޭނުންހިފައި ބާސެލޯނާ އަށް އެއްވަރުކޮށްދީފަ އެވެ.

Advertisement

އެކަމަކު، ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތުގެ ދެ ހާފްގެ ތެރެއިން ފުރަތަމަ ހާފުގައި ލިބުނު ޕެނަލްޓީ އަކުން މުނިއައީން ވަނީ ބިލްބާއޯ މޮޅުވި ގޯލު ޖަހައިފަ އެވެ.

ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނީ މޮޅުވާން ދަނޑުމަތީގައި ކުރި މަސައްކަތަށް ބަލާއިރު، ބިލްބާއޯ ފެނުނީ ބާސެލޯނާ އަށް ވުރެ ރަނގަޅުކޮށް ކަމަށާއި ނަތީޖާގައި ވެސް ފެނުނީ އެ ތަފާތު ކަމަށެވެ.

ރެއާލް މޮޅުވީ ވެސް އިތުރު ވަގުތުގެ ދެ ހާފް ކުޅެގެންނެވެ. މެޗުގެ 90 މިނިޓް ހަމަވިއިރު، ދެ ޓީމަށް ވެސް ގޯލެއް ނުޖެހި އޮވެފައި އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި، ގޮންޒާލޫ ވާޑޫ ވަނީ އެލްޗޭ އަށް ލީޑުނަގައިދީފަ އެވެ. އެއީ ރެއާލްގެ މާސެލޯ އަށް ރަތް ކާޑެއް ދެއްކިތާ މާ ގިނައިރެއްނުވެ އެވެ.

ރެއާލުން ވަނީ އެއް ކުޅުންތެރިއަކު މަދުކޮށް، އިތުރު ވަގުުތުގެ ދެ ވަނަ ހާފުގައި ކުޅެން އަރައި ނަތީޖާ އަނބުރާލައިފަ އެވެ. ރެއާލުން އެއްވަރުކުރީ ޑެނީ ސެބާޔޯސް ދިން ބޯޅައަކުން އިސްކޯ ޖެހި ގޯލުންނެވެ. ރެއާލް މޮޅުކޮށްދިން ގޯލު ޖަހަން ހަޒާޑަށް ފުރުސަތު ތަނަވަަސްކޮށްދިނީ ޑޭވިޑް އަލަބާ އެވެ.

އެލްޗޭ އިން ވެސް މެޗު ނިންމާލީ ކުޅުންތެރިއަކު މަދުކޮށެވެ. އެއީ އިތުރު ވަގުތުގެ ދެ ވަނަ ހާފުގައި ޕެރޭ މިލިއާ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުންނެވެ.

ކޮޕަ ޑެލް ރޭގެ ކުއާޓާ ފައިނަލުން ރެއާލާއި ބިލްބާއޯގެ އިތުރުން ދެން ފުރުސަތު ހޯދީ ރެއާލް ސޮސިއެޑާޑް، މަޔޯކާ، ރަޔޯ ވަޔެކާނޯ، ކަޑީޒް، ވެލެންސިއާ އަދި ރެއާލް ބެޓިސް އެވެ. މިހާރު އޮތްގޮތުން މުބާރާތުގެ ފޭވަރިޓަކީ ރެއާލް އެވެ.

ދާދި ފަހުން ސްޕެނިޝް ސުޕަ ކަޕްގެ ތަށި ހޯދި ރެއާލުން އެންމެ ފަހުން ކޮޕަ ޑެލް ރޭ ކާމިޔާބުކުރީ 2014 ގަ އެވެ. އޭރު ރެއާލްގެ ކޯޗަކީ މިހާރު އެ މަގާމުގައި ހުރި ކާލޯ އަންޗެލޮޓީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox