އައްޑުއަށް ބިޔަ މަޝްރޫއެއް، ގަން އެއާޕޯޓް މުޅިން އިޔާދަކުރަނިވި ހަކަތައަށް!

ސޯލާ ޕަނަލްތަކުން އުފައްދާ ހަކަތަ ފެނަކަ އަށް ގަތުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރަނީ. -- ފޮޓޯ: ފެނަކަ

ސޯލާ ޕަނަލްތަކުން އުފައްދާ ހަކަތަ ފެނަކަ އަށް ގަތުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރަނީ. -- ފޮޓޯ: ފެނަކަ

ސައްތައިން ސައްތަ އިއާދަކުރަނިވި ހަކަތައިން ހިންގާނެ ރާއްޖޭގެ ފުރަތަމަ އެއާޕޯޓަކަށް ގަން އެއާޕޯޓް ބަދަލުކުރުމުގެ އެއްބަސްވުމުގައި، އައްޑޫގައި އިއާދަކުރަނިވި ހަކަތައިގެ ބިޔަ މަޝްރޫއު ހިންގާ އަބޫދާބީގެ ކްލިއާ ފިއުޗާ ސިނާޖީ ކުންފުންޏާއެކު ފެނަކަ ކޯޕަރޭޝަނުން މިއަދު ސޮއިކޮށްފި އެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު "އަދަދު" އަށް ވިދާޅުވީ އައްޑޫގައި ކްލިއާ ފިއުޗާ ސިނާޖީން ހިންގާ މަޝްރޫއުގެ އަގު 10 މިލިއަން ޑޮލަރު (150 މިލިއަން ރުފިޔާ) އަށް ވުރެ މަތި ކަމަށެވެ. މިހާރު ފަށާފައިވާ މި މަޝްރޫއު އެއް އަހަރުތެރޭގައި ނިމެނޭ އެވެ.

މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން، ކްލިއާ ފިއުޗާއިން އައްޑޫގައި ޖަހާ ސޯލާ ޕެނަލްތަކުން އުފައްދާ ހަކަތަ ފެނަކަ އަށް ގަންނާނެ އެވެ.

"މި މަޝްރޫއުއިން ތިން ފައިދާއެއް ލިބޭ. އެއީ ތެލަށް ހޭދަވާ މިންވަރު ދަށަށް ދިއުން. ޖައްވަށް ދޫކުރާ ވިހަ ގޭސް މަދުވުން. އަދި ބައިނަލްއަގުވާމީ މުއާހަދާތަކާ އެއްގޮތަށް ރާއްޖެއިން ނެޓް ޒީރޯއަށް ވާސިލުވުމުގެ އިތުރު ބޮޅަކަށްވުން،" ސައީދު ވިދާޅުވި އެވެ.

"މިއީ މާލޭ ސަރަހައްދު ފިޔަވައި ރާއްޖޭގެ ސަރަހައްދެއްގައި ޕީޕީއޭއެއްގެ ދަށުން މިހާތަނަށް ގާއިމްކުރެވޭ އެންމެ ބޮޑު އިޢާދަކުރަނިވި ހަކަތައިގެ މަޝްރޫއު."

އެ މަޝްރޫއުގެ ދަށުން ހުޅުމީދޫގައި ދެ މަގަވޮޓް ޕީކްގެގެ ސޯލާ ޕީވީ، އަދި ބެޓާރީ ސްޓޯރޭޖެއް ގާއިމުކުރާނެ ކަމަށާއި ގަން އިންޓަނޭޝަނަލް އެއާޕޯޓްގައި 2.5 މަގަވޮޓް ޕީކްގެ ސޯލަރ ޕީވީ ބަހައްޓާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެ އެވެ.

"އުންމީދަކީ ކުރިމަގުގައި ހުޅުމީދޫގައި އިންސްޓޯލްކުރެވޭ ސޯލާ ޕެނަލްތަކުން ކައިރީގައި ހުރި ރިސޯޓްތަކަށް ވެސް ކަރަންޓް ދިނުން،" ސައީދު ވިދާޅުވި އެވެ.

އެ މަޝްރޫއުގެ ސަބަބުން ކަރަންޓު އުފެއްދުމަށް ކުރާ ހޭދައިން އަހަރަކު ގާތްގަނޑަކަށް 2.1 މިލިޔަން ލިޓަރު ޑީސަލް އެންދުން މަދުކުރެވޭނެ އެވެ. އެއީ މިހާރު ޑީސަލްގެ ރީޓެއިލް އަގަށް ބަލާއިރު 22 މިލިއަން ރުފިޔާ އެވެ. އަދި ޖައްވަށް ބޭރުވާ ވިހަ ގޭހުގެ ތެރެއިން އަހަރަކު 5,500 ޓަނު ކާބަން ޑައި އޮކްސައިޑް މަދުކުރެވޭނެ ކަމަށް ފެނަކައިން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox