ރެއާލް މެޑްރިޑްގެ ލެޖެންޑް ފްރެންސިސްކޯ ހެންޓޯ މަރުވެއްޖެ

Jan 19, 2022, 7:08 AM
ގެންޓޯ: ރެއާލްގެ ކުރީގެ މަޝްހޫރު ކުޅުންތެރިޔާ ފަހުން ފެނުނީ އެ ކްލަބްގެ އޮނޮރަރީ ރޯލުތަކުން

ގެންޓޯ: ރެއާލްގެ ކުރީގެ މަޝްހޫރު ކުޅުންތެރިޔާ ފަހުން ފެނުނީ އެ ކްލަބްގެ އޮނޮރަރީ ރޯލުތަކުން

މެޑްރިޑް (ޖެނުއަރީ 19) - ރެއާލް މެޑްރިޑްގެ އެންމެ މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އެ ޓީމުގެ ކުރީގެ ތަރި ފްރެންސިސްކޯ ހެންޓޯ މަރުވެއްޖެ އެވެ.

ހެންޓޯ މަރުވިއިރު، އުމުރަކީ 88 އަހަރެވެ. ހެންޓޯ އަކީ ރެއާލް މެޑްރިޑްގެ އެންމެ ކާމިޔާބު ދުވަސްތަކުގައި އެކުލަބަށް ކުޅުނު ކުޅުންތެރިއެކެވެ. އެ ގޮތުން 1953 އިން 1971 ވަނަ އަހަރާއި ހަމައަށް އޭނާ ރެއާލް މެޑްރިޑަށް 600 އަށް ވުރެ ގިނަ މެޗު ކުޅެދިނެވެ.

ހެންޓޯ މަޝްހޫރުވެފަ ވަނީ ޔޫރަޕްގެ އެންމެ މަތީ ފެންވަރުގެ މުބާރާތުގެ ތަށި އެންމެ ގިނައިން ހޯދި ކުޅުންތެރިޔާގެ ގޮތުގަ އެވެ. މިގޮތުން އޭނާ ވަނީ ޔޫރަޕިއަން ކަޕް (ޗެމްޕިއަންސް ލީގު)ގެ ތަށި ހަ ފަހަރު ކާމިޔާބު ކޮށްފަ އެވެ. އޭގެއިން ކޮންމެ ފަހަރަކު ވެސް އޭނާ އެކަން ހާސިލްކުރީ ރެއާލްގެ ކުޅުންތެރިއެއްގެ ގޮތުގައި ހުރެ އެވެ.

ހެންޓޯ، ރެއާލާ އެކު ހޯދާފައިވާ ބައެއް ތަށްޓާ އެކު ފޮޓޯ އަކަށް ހުއްޓިގެން.

ރެއާލްގެ އެންމެ މަޝްހޫރު ލެޖެންޑުންގެ ތެރޭގައި ހިމެނޭ އަލްފްރެޑޯ ޑި ސްޓެފާނޯ، ފްރެންކް ޕުސްކަސް އަދި ރޭމަންޑް ކޮޕާއާ އެކު ހެންޓޯ ކުޅުނު ދުވަސްވަރަކީ ޔޫރަޕްގަ ރެއާލްގެ އެންމެ ވިދުންގަދަ ދުވަސްވަރެވެ. އެ ކްލަބްގެ ތާރީހުގެ ބޮޑުބައި ހާއްސަވަނީ އެ ދުވަސްވަރު ހޯދި ކާމިޔާބީ އަށެވެ.

މެދުނުކެނޑި 18 އަހަރު ރެއާލް އަށް ކުޅުނު ހެންޓޯ ވަނީ އެކުލަބާ އެކު 12 ފަހަރު ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ހޯދާ ދެ ފަހަރު ކޮޕަ ޑެލްރޭ ވެސް އުފުލާލައިިފަ އެވެ.

ސްޕެއިންގެ ގައުމީ ޓީމަށް 1962 އަދި 1966 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ޚެންޓޯ ކުޅުނެވެ. ގައުމީ ޖޯޒީގައި ސްޕެއިން ޓީމަޑް ހެންޓޯ ވަނީ 43 މެޗު ކުޅެދީފަ އެވެ.

ހެންޓޯ މަރުވުމާ ގުޅިގެން ރެއާލުން ނެރުނު ބަޔާނެއްގަ ބުނެފަވަނީ އެ ކްލަބްގެ އެންމެ ތާރީހީ ކާމިޔާބީތަކުގައި ހިއްސާވި އެއް ކުޅުންތެރިޔާގެ މަރުވުމުގެ ހިތާމައިގަ ބައިވެރިވާ ކަމަށެވެ. އަދި މިއީ މުޅި ރެއާލްގެ ސަޕޯޓަރުންނަށް ވެސް ހިތާމަވެރި ހިތްދަތި ދުވަހެއް ކަމަށް ބަޔާނުގައި ރެއާލުން ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox