ފަލަސްތީނަށް އެހީވާން 1.6 ބިލިއަން ޑޮލަރު ހޯދަނީ

ގާޒާގައި ސްކޫލް ކުދިން ސަފު ހަދައިގެން ތިބިއިރު މަގުމަތީގައި ފެންބޮޑުވެފައި. -- ފޮޓޯ: އޭއެފްޕީ

ގާޒާގައި ސްކޫލް ކުދިން ސަފު ހަދައިގެން ތިބިއިރު މަގުމަތީގައި ފެންބޮޑުވެފައި. -- ފޮޓޯ: އޭއެފްޕީ

ގުދުސް (ޖެނުއަރީ 19) - ފަލަސްތީނަށް އެހީވުމަށް 1.6 ބިލިއަން ޑޮލަރު ބޭނުންވާ ކަމަށް ފަލަސްތީން ރެފިއުޖީންނަށް ހާއްސަ އދ. ގެ އެޖެންސީން (ޔޫއެންއާރްޑަބްލިއުއޭ) ބުނެފި އެވެ.

އދ. ގެ އެޖެންސީން ބުނީ ބަޖެޓުގެ ދަތިކަން ވަރަށް ދިމާވަމުންދާ ކަމަށާއި ބައިނަލްއަގްވާމީ އެހީތެރިކަން އިތުރު ނުވާ ނަމަ ވަރަށް ގިނަ ކަންކަން ހުއްޓާލަން ޖެހޭނެ ކަމަށެވެ.

އެގޮތުން އެ އެޖެންސީން އެހީ ފޯރުކޮށްދޭ ފަލަސްތީން ރެފިއުޖީންގެ ދިރިއުޅުމުގެ ފެންވަރު ދަށްވެ، ސިއްހަތަށް ނުރަނގަޅު ކުރުން އެކަށީގެންވާ ކަމަށް ބަޔާނެއްގައި ބުންޏެވެ.

ފަލަސްތީން ރެފިއުޖީންނަށް ހާއްސަ އދ. ގެ އެޖެންސީގެ ބަޖެޓަށް އަސަރު ކުރަން ފެށީ 2018 ވަނަ އަހަރު އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެހީގެ އަދަދުތައް ކުޑަ ކުރެއްވުމުންނެވެ.

ޓްރަމްޕްގެ ސަރުކާރުން ބުނީ އެ އެޖެންސީއަކީ ރަނގަޅަށް މަސައްކަތް ކުރާ ތަނެއް ނޫން ކަމަށެވެ. އިޒްރޭލް އުފެދުނުތާ އަހަރެއް ފަހުން 1949 ވަނަ އަހަރު އުފެއްދި އެ އެޖެންސީއަށް އިޒްރޭލުން ވެސް ވަރަށް ގިނައިން ފާޑުކިޔަ އެވެ.

ރައީސް ޖޯ ބައިޑެންގެ ސަރުކާރުން ބައެއް އެހީތައް އިތުރު ކުރި ނަމަވެސް، އެ އެޖެންސީން ބުނީ އަދިވެސް މަސައްކަތް ކުރަން ޖެހެނީ ވަރަށް ބޮޑެތި ދަތިތަކާ އެކުގައި ކަމަށެވެ.

މިދިޔަ ނޮވެމްބަރު މަހު އެ އެޖެންސީން ބުނީ ބަޖެޓު ހުސްވަމުން ދާތީ އެޖެންސީ އުވާލުމުގެ ހާލަތު ދިމާވުން ގާތް ކަމަށެވެ. އެ އެޖެންސީގެ މުވައްޒަފުންގެ ގޮތުގައި 28،000 މީހުން އުޅެ އެވެ.

އެޖެންސީން ފޯރުކޮށްދޭ ހިދުމަތްތަކަކީ ފަލަސްތީނުގެ ފަސް މިލިއަން ރައްޔިތުންނަށް ތައުލީމާއި ސިއްހީ ފަރުވާ ފޯރުކޮށްދިނުމެވެ. އެގޮތުން އިރުމަތީ ގުދުސް، އުރުދުން، ލުބްނާން އަދި ސީރިއާގައި އުޅޭ ފަލަސްތީން ރެފިއުޖީންނަށް ވެސް އެ ޖަމިއްޔާއިން ހިދުމަތް ފޯރުކޮށްދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox