ކޮމޮރޯސް އަތުން ބަލިވެ ގާނާ ކެޓިއިރު، މޮރޮކޯ އާއި ގެބޮން ދެ ވަނަ ބުރަށް

Jan 19, 2022, 6:58 AM
ކޮމޮރޯސް އަތުން ބަލިވެ ގާނާ ކެޓިއިރު، މޮރޮކޯ އާއި ގެބޮން ދެ ވަނަ ބުރަށް

ގެރުއާ، ކެމަރޫން (ޖެނުއަރީ 19) - އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން)ގައި އަލަށް ވާދަކުރާ ކޮމޮރޯސް އަތުން ބަލިވެ މުބާރާތް ހަތަރު ފަހަރު ކާމިޔާބުކޮށްފައިވާ ގާނާ ކަޓައިފި އެވެ.

މުބާރާތުގެ ގްރޫޕް ސީގެ ފަހު މެޗުތައް ރޭ ކުޅުނުއިރު ވަރުގަދަ ގާނާ އަށް ދެ ވަނަ ބުރުގެ އުއްމީދެއް އޮތީ ކޮމޮރޯސް އަތުން މޮޅުވެގެންނެވެ. ނަމަވެސް އެންމެން ހީކުރި ގޮތާ ޚިލާފަށް މި މެޗުން ގާނާ ބަލިވީ އެވެ. ގާނާ 3-2 އިން ބަލިވި މި މެޗަކީ މުބާރާތުގެ ތާރީޚުގައި ވެސް އެންމެ ގިނަ ބަޔަކަށް ހައިރާންކަން ގެނުވި އެއް ނަތީޖާ އަށް ވާނެ އެވެ.

މި މެޗުގެ ފެށުން ވެސް ގާނާ އަށް ދިޔައީ ގޯސްކޮށެވެ. މިގޮތުން ކޮމޮރޯސް އިން މެޗުގެ އަށް ވަނަ މިނެޓުގަ ގޯލެއް ޖަހައި ލީޑު ނެގި އެވެ. މި ގޯލު އެ ޓީމަށް ޖަހައިދިނީ ބެން ނަބުހާން އެވެ. އޭގެ ފަހުން ގާތް ގާތުގަ ގާނާ އިން ދެ ހަމަލާއެއް ފޮނުވާލި ނަމަވެސް ދެ ހަަމަލާ ވެސް ކޮމޮރޯސް ކީޕަރު ސާލިމް ބެން ބޮއިނާ ވަނީ މަތަކޮށްފަ އެވެ.

މެޗުގައި ގާނާ އަށް އިތުރު މައްސަލަތަކެއް ދިމާވީ ކެޕްޓަން އަންދްރޭ އަޔޫ އަށް މެޗުގެ 25 ވަނަ މިނެޓުގަ ރަތް ކާޑު ދެއްކި ހިސާބުން ނެވެ. ކޮމޮރޯސްގެ ކީޕަރު ސާލިމް ދިފާއުކުރި ބޯޅަ ދެ ވަނަ ފަހަރަށް ފޮނުވާލަން އުޅުމުގެ ތެރޭގައި ކުރި ފައުލަށް ރެފްރީ ރަތް ކާޑު ދެއްކީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ބެލުމަށްފަހުގަ އެވެ. މި ހާދިސާ އަށް ފަހު ކޮމޮރޯސްގެ ކީޕަރު ސާލިމް އަށް އަނިޔާވެ ބަދަލުކުރަން ވެސް ޖެހުނެވެ.

ދިހަ ކުޅުންތެރިންނާ އެކު ކުޅުނު ނަމަވެސް ގާނާ އިން ފުރަތަމަ ހާފުގެ ބާކީ ވަގުތުކޮޅުގައި ވެސް ރަނގަޅު ހަމަލާތަކެއް އުފެއްދި އެވެ. މިގޮތުން ތޯމާސް ޕާޓޭ ފޮނުވާލި ހިލޭ ޖެހުން ގޯލާ އަމާޒު ނުވެ ބޭރަށް ދިޔައިރު، އޭގެ ދެ މިނެޓު ފަހުން އޭރިއާ ބޭރުން ފޮނުވާލި ހަމަލާ ކީޕަރު އަލީ އަހަަމަދާ ދިފާއުކުރި އެވެ. މެޗުގެ ބާކީ ކުޅެން ޖެހުނު ގާނާ ކޮޅަށް ކޮމޮރޯސްގެ ދެ ވަނަ ގޯލު ޖަހައިދިނީ ދެ ވަނަ ހާފުގައި އަހުމަދު މޮގްނީ އެވެ. އޭގެ ތިން މިނެޓު ފަހުން ލިބުނު ކޯނަރަކުން ގާނާ އިން ގޯލެއް ޖަހަައި އުއްމީދު ދެމެހެއްޓި އެވެ. މި ގޯލް ޖަހައިދިނީ ރިޗްމޮންޑް ބޮއާކޭ އެވެ.

މެޗުގެ 77 ވަނަ މިނެޓުގައި ގާނާ އިން އެ ޓީމުގެ ދެވަނަ ގޯލު ޖަހާ ނަތީޖާ ހަމަހަމަކުރި އެވެ. މިއީ ވެސް ލިބުނު ކޯނަރަކުން ޖެހި ގޯލެކެވެ. ދުނިޔޭގެ 132 ވަނައިގަ ރޭންކް ކުރެވިފައި އޮތް ކޮމޮރޯސް އިން ގާނާގެ ސަޕޯޓަރުން ރޮއްވާލީ މެޗު ނިމެން ފަސް މިނެޓަށްވެފައި ވަނިކޮށް ޖެހި ގޯލުންނެވެ. މި ގޯލް ވެސް ޖަހައިދިނީ ދެވަނަ ގޯލް ޖެހި މުގްނީ އެވެ.

މި ނަތީޖާއާ އެކު ގާނާ ކުޅުނު ތިން މެޗުން އެންމެ ޕޮއިންޓަކާ އެކު މުބާރާތް ނިންމާލަން ޖެހުނުއިރު ކޮމޮރޯސް އަށް ލިބުނީ ގްރޫޕްގެ ތިންވަނަ އެވެ. ތިން ޕޮއިންޓާ އެކު ކޮމޮރޯސް އަށް ދެ ވަނަ ބުރުގެ ފުރުސަތު އަދި އެބައޮތެވެ. ހުރިހާ ގްރޫޕެއްގެ ތިން ވަނަ އަށް ދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދި ޓީމްތަކުގެ ތެރޭގައި ހިމެނިއްޖެނަމަ އެޓީމަށް ދެ ވަނަ ބުރުގެ ޖާގަ ލިބޭނެ އެވެ.

މި ގްރޫޕްގެ އެއް ވަނަ އަދި ދެ ވަނަ ހޯދީ މޮރޯކޯ އާއި ގެބޮން އެވެ. މި ދެ ޓީމް ރޭ ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. މޮރޮކޯ އަށް އެއް ވަނަ ހަތް ޕޮއިންޓާ އެކު ލިބުނުއިރު، ގެބޮން އަށް ލިބުނީ ފަސް ޕޮއިންޓެވެ.

މުބާރާތުގެ ދެ ވަނަ ބުރުން ޖާގަ ހޯދި އެހެން ޓީމްތަކަށް ބަލާއިރު، ސެނެގާލް ވަނީ ގްރޫޕް ބީގެ އެއްވަނަ ޓީމްގެ ގޮތުގައި ދެވަނަ ބުރުން ޖާގަ ހޯދާފަ އެވެ.

ފޯރިގަދަކޮށް ދިޔަ އެ ގްރޫޕްގެ ދެ ވަނަ ހޯދީ ފަހު މެޗުގަ ޒިންބާބްވޭ އަތުން ބަލިވި ގިނީ އެވެ. ގިނީ އަށް ހަތަރު ޕޮއިންޓް ލިބުނުއިރު، ތިން ވަނަ އަށް ދިޔަ މަލާވީ އަށް ވެސް ލިބުނީ ހަތަރު ޕޮއިންޓެވެ. ގިނީ އަށް ކުރި ލިބެނީ ހެޑް-ޓު-ހެޑް ގަވާއިދަށް ބަލާއިރު ކުރި ލިބޭތީ އެވެ. ގްރޫޕްގެ ފުލަށް ދިޔައީ ތިން ޕޮއިންޓާ އެކު ޒިމްބާބްވޭ އެވެ.

މުބާރާތުގެ ދެ ވަނަ ބުރުން ޖާގަ ހޯދާފައިވާ ޓީމްތަކަކީ ބުރްކީނާ ފާސޯ، ގެބޮން، ނައިޖީރިއާ، ސެނެގޯލް، ގިނީ، ކެމަރޫން އަދި މޮރޮކޯ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox