ޗެނަލް ޕާކުގައި ކެފޭ، ރެސްޓޯރަންޓު ހަދަން ހަތް ބިން ދޫކުރަނީ

ހުޅުމާލޭ ދެ ފިޔަވަހި ގުޅާލާ ސަރަހައްދުގައި އޮޔެދެމޭ ގޮތަށް ހަދާފައިވާ "ޗެނަލް ޕާކް": ރެސްޓޯރަންޓު ނޫނީ ކެފޭ ހަދަން ދޫކުރާ ބިންތައް ހުންނަނީ ދެވަނަ ފިޔަވަހީގައި. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ހުޅުމާލޭ ދެ ފިޔަވަހި ގުޅާލާ ސަރަހައްދުގައި އޮޔެދެމޭ ގޮތަށް ހަދާފައިވާ "ޗެނަލް ޕާކް": ރެސްޓޯރަންޓު ނޫނީ ކެފޭ ހަދަން ދޫކުރާ ބިންތައް ހުންނަނީ ދެވަނަ ފިޔަވަހީގައި. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ހުޅުމާލޭ ދެ ފިޔަވަހި ގުޅޭ ސަރަހައްދުގައި ހަދާފައިވާ "ޗެނަލް ޕާކް" ސަރަހައްދުގައި ކެފޭ ނޫނީ ރެސްޓޯރަންޓު ހަދަން ހަތް ބިމެއް ދިގުމުއްދަތަށް ކުއްޔަށް ދޫކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު އިއުލާނުކޮށްފި އެވެ.

ހުޅުމާލޭގައި ދިރިއުޅޭ މީހުން މުނިފޫހިފިލުވުމަށް ގިނަ ރެކްރިއޭޝަނަލް ތަންތަން ހިމެނޭ ގޮތަށް ތަރައްގީކުރާ ޗެނަލް ޕާކުގައި ކެފޭ/ރެސްޓޯރަންޓުތައް ހަދަން ބިންތައް ދޫކުރަނީ 20 އަހަރު ދުވަހުގެ މުއްދަތަށެވެ. މި ތަނުގައި އިމާރާތްކުރުމުގެ ހުރިހާ ކަމެއް ކުރަން ޖެހެނީ ކުއްޔަށް ނަގާ ފަރާތުންނެވެ.

ކުއްޔަށް ދޫކުރާ ބިންތަކުގެ ބޮޑުމިން އުޅެނީ 3237 އަކަފޫޓާއި 1700 އަކަފޫޓާ ދޭތެރޭގަ އެވެ. މި ޕާކުގެ ދެ އަރިމަތިން ފޭސް 1 އާއި ފޭސް 2 އިން ކެފޭ ހަދަން ކުއްޔަށް ދޫކުރަން ރާވާފައިވީ ނަމަވެސް، މިފަހަރު ދޫކުރާ ހުރިހާ ބިންތަކެއް ހުންނަނީ ދެވަނަ ފިޔަވަހީގައި ކަމަށް އެޗްޑީސީން ބުންޏެވެ.

މި ޕާކުގެ މަސައްކަތް އެއްކޮށް ނިމޭއިރު ޖުމްލަ 14 ކެފޭ/ރެސްޓޯރަންޓު ހުންނާނެ އެވެ.

ޗެނަލް ޕާކުން ދޫކުރާ ބިންތައް

  • ލޮޓް ނަމްބަރު 11674 - 3،237.03 އަކަފޫޓޫ
  • ލޮޓް ނަމްބަރު 11675 - 2،957.49 އަކަފޫޓޫ
  • ލޮޓް ނަމްބަރު 11676 - 2586.57 އަކަފޫޓޫ
  • ލޮޓް ނަމްބަރު 11677 - 1،700.37 އަކަފޫޓު
  • ލޮޓް ނަމްބަރު 11678 - 1،706.08 އަކަފޫޓޫ
  • ލޮޓް ނަމްބަރު 11679 - 2،091.64 އަކަފޫޓޫ
  • ލޮޓް ނަމްބަރު 11680 - 3،0165.08 އަކަފޫޓޫ

އެކި ބޮޑު މިނުގައި ހުރި ބިންތަކުގައި އިމާރާތް ކުރެވެނީ ކަނޑައެޅިފައިވާ ވަކި ސަރަހައްދެއްގަ އެވެ. ބާކީ ސަރަހައްދު ކެފޭ ހިންގާ މީހުންނަށް ބޭނުންކުރެވުނު ނަމަވެސް, އެތަނުގައި އިމާރާތްކުރުމާއި ފަސޭހައިން ނުއުފުލޭ ފަރުނީޗަރު ބެހެއްޓުން މަަނަލެވެ.

ހުޅުމާލެ ޗެނަލް ޕާކް: ބިންތައް ދޫކުރަން އިއުލާނުކުރީ މި ސަރަހައްދުން -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
ހުޅުމާލެ ޗެނަލް ޕާކް: ބިންތައް ދޫކުރަން އިއުލާނުކުރީ މި ސަރަހައްދުން -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ހުޅުމާލެ ޗެނަލް ޕާކް: ބިންތައް ދޫކުރަން އިއުލާނުކުރީ މި ސަރަހައްދުން -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ބިމުގެ ވަކި ބަޔެއްގައި އިމާރާތްނުކުރެވޭތީ އެޗްޑީސީން ބިމު ކުލި ކަނޑައަޅާފައި ވަނީ އޯޕަން އޭރިއާއަށް ކުޑަކޮށް، އިމާރާތްކުރެވޭ ސަރަހައްދަށް ބޮޑުކޮށެވެ.

ޗެނަލް ޕާކު ސަރަހައްދުން ކުއްޔަށް ދިނުމަށް ހަމަޖެހިފައިވާ ބިންތަކުގެ ކުލީގެ ގޮތުގައި ބިޑް ކުރުމަށް ފެށޭ އަގެއްގެ ގޮތުގައި ކަނޑައަޅާފައިވާ އަގަކީ އަކަފޫޓަކަށް 25ރ. އެވެ. މީގެ އިތުރުން އާންމުކޮށް ކޮންމެ ޕްރޮޖެކްޓަކުންވެސް ނަގާ އިކިއުޒިޝަން ފީ ފެށޭ އަގެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 356.23ރ. އެވެ.

މި ދެ ފީ އަކީވެސް ބިޑްއަށް ހުށަހަޅާ ފަރާތްތަކުނެ ބިޑްގައި ހިމަނަން ޖެހޭ އަގުތަކެވެ. އަދި ހަމައެއާއެކު ބިޑުން ހޮވޭ ފަރާތްތަކުން މި ދެ ފީވެސް ދައްކަން ޖެހޭނެ އެވެ.

މި ތަންތަނަށް ބިޑު ހުށަހެޅުމުގެ ސުންގަޑިއަކީ ފެބްރުއަރީ، 10 އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޒެޑެކްސްގެ ރީބްރޭންޑިންއަށް ކާމިޔާބު އަހަރެއް

ޒެޑެކްސް ރީބްރޭންޑްކުރި ފަހުން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި، 200 އަށްވުރެ ގިނަ ދަރިވަރުންނަށް ރާއްޖެއިން ބޭރުން މަތީ ތައުލީމުގެ ފުރުސަތުތައް މުޅިން ހިލޭ ހޯދައިދީފައި. މި ކާމިޔާބީ ފާހަގަކުރުމަށް ޒެޑެކްސްއިން ހާއްސަ ގިވްއަވޭއެއް ކުރިއަށްގެންދާއިރު، ކުރިއަށް އޮތް އަހަރުތަކުގައި ދަރިވަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް ބުނޭ.

އައިކެއާ އިން އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންއެއް

ބައިނަލްއަޤްވާމީ ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ވިލިމާލެ ޕޮލިހުން ބޭއްވި "إސްރަށްވެހިންގެ އުފާ" ހަރަކާތުގައި، އައިކެއާ ހޮސްޕިޓަލުން ވަނީ އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންގއެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގެ މަގްސަދަކީ ދުވަސްވީ މީހުންގެ ލޮލުގެ ސިއްހަތަށް ހޭލުންތެރިކަން އިތުރުކުރުމާއި، ގަވާއިދުން ލޯ ޗެކްކުރުމުގެ މުހިންމުކަން އަންގައިދިނުމެވެ.

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފްތިތާހުކޮށްފި

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފުތިތާހުކޮށް، ވިޔަފާރިތަކަށް ހޯލްސޭލްކޮށް މުދަލަށް އޯޑަރު ދިނުމާއި ލައިވް ސްޓޮކް ބަލައިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ. މި ވެބްސައިޓް މެދުވެރިކޮށް އޯޑަރުކުރާ މުދާ މާލެ އާއި ހުޅުމާލެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، އަތޮޅުތެރޭގެ ބޯޓުފަހަރަށް ވެސް ޑެލިވަރީކޮށްދޭ.

ޓީޖީއެސްޓީ އުސޫލު ބަދަލުކުރާތީ މަޓާޓޯއިން މަރުހަބާކިޔައިފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް އޮތް އުސޫލު ބަދަލުކުރަން ސަރުކާރުން ނިންމުމުން މަޓާޓޯއިން މަރުހަބާ ކިޔައިފި. މި ބަދަލަކީ ޓޫރިޒަމް ދާއިރާގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ރާއްޖެއަކީ ބައިނަލްއަގުވާމީ މާކެޓުގައި ވާދަވެރި މަންޒިލެއްގެ ގޮތުގައި ބޭއްވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ޖަމިއްޔާއިން ދެކޭ.

ހުރިހާ ދިވެހިންގެ ރިސޯޓުތައް ވާނީ ބޮޑު ބަދަލަކަށް: ޗަމްޕާ އަފީފު

ސަރުކާރުން އިޢުލާނުކޮށްފައިވާ "ހުރިހާ ދިވެހިން ހިއްސާވާ 10 ރިސޯޓު" މަޝްރޫއަކީ އާންމު ރައްޔިތުންނަށް ޓޫރިޒަމްގެ މަންފާ ސީދާ ގޮތެއްގައި ލިބިގެންދާނެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއިރު، ސަރުކާރުން މިހާރު ދަނީ މި ރިސޯޓުތައް ތަރައްޤީކުރާނެ ރަށްތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން.

ގުދުރަތީ ދިރުންތަކާއި ސަގާފަތަށް ހާއްސަ ފުރަތަމަ މަޖައްލާ ނެރެފި

މި މަޖައްލާގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ، މިއީ ރާއްޖޭގައި މިހާތަނަށް އެންމެ މީހަކު ހުރިހާ އާޓިކަލްތަކެއް ލިޔެ ޝާއިއުކޮށްގެން ނެރޭ ފުރަތަމަ މަޖައްލާއަށް ވުމެވެ. މަޖައްލާގެ ފައުންޑަރު އަދި ލިޔުންތެރިޔާ ޔާސިރު ސާލިހަކީ ރާއްޖޭގެ ރަށްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭ ވެބްސައިޓެއް ކަމަށްވާ މޯލްޑިވްސް މައި އައިލެންޑްސްގެ ވެސް ބާނީ އެވެ.

ޓީޗަރުންނަށް ޕްރިމިއަމް ޓަޗުން ޑިސްކައުންޓް

މި އަހަރުގެ ޓީޗަރުންގެ ދުވަހާ ގުޅުވައިގެން ޕްރިމިއަމް ޓަޗުން ވިއްކާ ސެންޓާއި ކޮސްމެޓިކްސް ފަދަ ތަކެތިން ޓީޗަރުންނަށް ޚާއްސަ ޑިސްކައުންޓެއް ދިނުމަށް ވަނީ ނިންމާފައެވެ. މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އޮފާގެ ދަށުން، ޓީޗަރުންގެ ކާޑު ދެއްކުމުން މާލެ އަދި ހުޅުމާލޭގެ ފިހާރަތަކުން ޑިސްކައުންޓް ލިބޭނެއެވެ.

Newsletter

Get the latest news delivered straight to your inbox