ދެ ކުޅިވަރެއްގެ ބައިނަލްއަޤްވާމީ މެޗުތަކެއް ކުޅޭތީ ބާސްކެޓް ސީޒަންގެ ފެށުން ފަސްކުރަން ޖެހިއްޖެ

ދެ ކުޅިވަރެއްގެ ބައިނަލްއަޤްވާމީ މެޗުތަކެއް ކުޅޭތީ ބާސްކެޓް ސީޒަންގެ ފެށުން ފަސްކުރަން ޖެހިއްޖެ

ޤައުމީ ވޮލީބޯޅަ ޓީމާއި ޓޭބަލް ޓެނިސް ޓީމް ކުޅޭ ބައިނަލްއަޤްވާމީ މެޗުތަކަށް ސޯސްލް އިންޑޯ ހޯލް ބޭނުންވާތީ ބާސްކެޓްބޯޅަ ސީޒަންގެ ފެށުން ފަސްކުރަން މަޖުބޫރުވެއްޖެ އެވެ.

މި އަހަރުގެ ބާސްކެޓްބޯޅަ ސީޒަން ފަށަން އޮތީ އަންނަ މަހުގެ އެއް ވަނަ ދުވަހުގަ އެވެ. ސީޒަން ފަށަން ނިންމާފައި އޮތީ ފެބްރުއަރީ 1 އިން މާޗް 16 ހަމައަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އެމްބީއޭ ކަޕުންނެވެ.

ބާސްކެޓްބޯޅަ ސީޒަން ފެށުން ފަސް ކުރަން ޖެހުނީ އަންނަ މަހުގެ 6-12 އަށް ރާއްޖޭގެ ޤައުމީ ވޮލީބޯޅަ ޓީމާއި ބަންގްލަދޭޝްގެ ވޮލީބޯޅަ ޓީމް ކުޅެން ހަމަޖެހިފައިވާ އެކުވެރިކަމުގެ މެޗުތަކާއި، މާޗް މަހުގެ 20-11 އަށް ބޭއްމުވަށް ހަމަޖެހިފައިވާ ސައުތު އޭޝިއަން ޖޫނިއާ ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގެ މެޗުތަކަށް އިންޑޯ ހޯލް ދޫކޮށްލަން ޖެހުމުންނެވެ.

އަހަރު ފެށުމުގެ ކުރިން އިންޑޯ ހޯލް ކުރިއަށް އޮތް ދެ މަހަށް ދޫކޮށްފައިވަނީ ބާސްކެޓްބޯޅަ އެސޯސިއޭޝަނަށެވެ. ނަމަވެސް ވޮލީބޯޅަ ޤައުމީ ޓީމުގެ އެކުވެރިކަމުގެ މެޗުތަކެއް މާލޭގައި ކުޅެން ނިންމި ހިސާބުން ސީޒަންގެ ފެށުން ލަސް ކުރަން އެމްބީއޭއަށް މަޖުބޫރުވީ އެވެ.

މޯލްޑިވްސް ބާސްކެޓްބޯޅަ އެސޯޯސިއޭޝަން (އެމްބީއޭ)ގެ މުޙައްމަދު އާދަމް (އެޑަމް)، "އަދަދު" އަށް ވިދާޅުވީ އެމްބީއޭ ކަޕަކީ އަބަދުވެސް ޒުވާން ގިނަ ކުޅުންތެރިންތަކަކަށް ގިނަ ފުރުސަތުތަކެއް ލިބޭ މުބާރާތަކަށްވުމާ އެކު އެންމެ ފަހު ވަގުތާއި ހަމައަށް ޝެޑިއުލްއަށް ބަދަލު ގެނެސް މުބާރާތް ބޭއްވޭތޯ މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް އިތުރު ގޮތެއް ނެތުމުން މުބާރާތް އަންނަ މަހު ނުބާއްވަން ނިންމީ އެވެ.

"އަޅުގަނޑުމެންގެ އެންމެ ފަހު ވަގުތަށްވެސް މަސައްކަތް މިކުރީ ޝެޑިއުލްއަށް އެޑްޖަސްޓްމަންޓެއް ގެނެސްގެން މުބާރާތް ބޭއްވޭތޯ. އެކަމަކު، ވޮލީބޯޅަ މެޗުތަކާއި ޓީޓީ މުބާރާތާއި ދޭތެރޭ އަޅުގަނޑުމެންނަށް އެކަށީގެންވާ ދުވަސްތަކެއް ނުލިބޭ މުބާރާތް ބާއްވާކަށް. އެހެންވެ އެންމެ ފަހު ވަގުތު ކެންސަލްކުރަން ނިންމީ"

އެޑަމް ވިދާޅުވީ އެމްބީއޭ ކަޕަކީ ގިނަ އާ ކުޅުންތެރިންތަކެއް ވެސް ފެންނަ މުބާރާތެއް ކަމަށާއި، މި މުބާރާތް ކެންސަލް ކުރަން ޖެހުމުން ޒުވާން ކުޅުންތެރިންނަށް ވެސް ފުރުސަތު ލިބޭ މުބާރާތެއް މި އަހަރުގެ ތެރޭގައި ބޭއްވުމަށް އެކްސްކޯއާ އެކު މަޝްވަރާ ކުރެވުން އަންނަކަމަށެވެ.

ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލަކީ ހަތަރު ކުޅިވަރެއްގެ މުބާރާތްތައް ކުރިއަށްގެންދަން އޮތް ހަމައެކަނި ތަނެވެ. އެއީ ބާސްކެޓް، ވޮލީ، ނެޓްބޯޅަ އަދި ޓޭބަލް ޓެނިހެވެ. މި ހަތަރު ކުޅިވަރުން މުބާރާތްތައް ބާއްވަނީ އަހަރުގެ އެކި ދުވަސްތަކަށް ބަހާލައިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox