މާފުށިވަރު ރިސޯޓު ވިއްކާލަނީ

އދ. މާފުށިވަރުގައި ހިންގާ އެލްޓީއައި މާފުށިވަރު މޯލްޑިވްސްގެ ޕޫލް ވޯޓާ ވިލާތައް: މި ރިސޯޓުގައި ގިނައީ ވޯޓާ ވިލާ. -- ފޮޓޯ: ކޯނީ

އދ. މާފުށިވަރުގައި ހިންގާ އެލްޓީއައި މާފުށިވަރު މޯލްޑިވްސްގެ ޕޫލް ވޯޓާ ވިލާތައް: މި ރިސޯޓުގައި ގިނައީ ވޯޓާ ވިލާ. -- ފޮޓޯ: ކޯނީ

އދ. މާފުށިވަރުގައި ތަރައްގީކޮށްފައިވާ މާފުށިވަރު މޯލްޑިވްސް ރިސޯޓު ވިއްކާލުމުގެ މަސައްކަތް ފަށައިފި އެވެ.

މި ރިސޯޓަކީ ޔުނިވާސަލް ކުންފުންޏާ ގުޅުން އޮންނަ ޕެރެޑައިސް ރިސޯޓް ޑިވެލޮޕްމަންޓު އެންޑް މެނޭޖްމަންޓުން ތަރައްގީކޮށްފައިވާ 81 ކޮޓަރީގެ ރިސޯޓެކެވެ.

ބޮޑު މަރާމާތަކަށް ފަހު މާފުށިވަރު ރިސޯޓު އަލުން ހުޅުވީ ކޮވިޑު ބަލިމަޑުކަމުގެ ސަބަބުން ބޯޑަރު ބަންދުކުރުމަށް ފަހު އަލުން ހުޅުވާލިތާ ކުޑަދުވަސްކޮޅެއްގެ ތެރޭގަ އެވެ. އެ ރިސޯޓު އަލުން ހުޅުވީ ޖަރުމަނުގެ ޑާ ޓޫރިސްޓިކް ކުންފުނީގެ އެލްޓީއައިގެ މެނޭޖުމަންޓުގެ ދަށުން އެލްޓީއައި މާފުށިވަރު މޯލްޑިވްސްގެ ނަމުގަ އެވެ.

ކުރިން މާފުށިވަރުގައި ރިސޯޓު ހިންގީ ޓްވިން އައިލެންޑްސް ރިސޯޓުގެ ނަމުގަ އެވެ.

ޓްވިން އައިލެންޑްސް ނަން ނިސްބަތްވަނީ މާފުށިވަރާ ޖެހިގެން އޮންނަ ދެ ހަސަނު ލޮނު ބުއި ހުރާ (އދ. ލޮނުބުއި) ހުރާ ވެސް ބޭނުންކުރަމުން ދާތީ އެވެ. އެކަމަކު މިއީ އެ ރިސޯޓާ އެކީ ކުއްޔަށް ދީފައިވާ ރަށެއް ކަން އެނގޭކަށް ނެތެވެ.

މާފުށިވަރުގައި ރިސޯޓެއް ހިންގަން އޮޕަރޭޓިން ލައިސެންސް ދިނީ 1991 ގަ އެވެ.

އދ. މާފުށިވަރު

  • ރަށުގެ ބޮޑުމިން – 3 ހެކްޓަރު
  • ކޮޓަރި – ބީޗް ވިލާ އާއި ވޯޓާ ވިލާ ހިމަނައިގެން 81 ކޮޓަރި
  • ރިސޯޓު ހިންގާތާ – 30 އަހަރު
  • ކޮޓަރި ވިއްކާ އަގުތައް - ރެޔަކަށް 471-668 ޑޮލަރު
  • އެންމެ ކައިރިން އޮންނަ މީހުން ދިރިއުޅޭ ރަށް – އދ. ދަނގެތި

މާފުށިވަރު ރިސޯޓު ވިއްކާލަނީ ކިހާ ވަރަކަށް ކަމެއް ސާފެއް ނޫނެވެ. މި ނޫނަސް ރާއްޖޭގައި ވިއްކާލާ ރިސޯޓުތަކާ ގުޅިގެން ހިންގާ މާލީ މުއާމަލާތްތަކުގެ މައުލޫމާތު މަދު ފަހަރެއްގައި ނޫނީ އާންމު ނުކުރެ އެވެ.

މި ރިސޯޓު ވިއްކާލުމުގެ މުއާމަލާތާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ކުރި އިއުލާނުގައި ވަނީ އެ ރަށް ކުއްޔަށް ހިފާފައިވާ ފަރާތަށް ލިބިދީފައިވާ އެންމެހޭ ހައްގުތައް އެހެން ފަރާތަކަށް ބަދަލުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާފައިވާ ކަމަށެވެ.

އަދި، އެ ރިސޯޓާ ގުޅިގެން އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތް ފަރާތެއް ވާނަމަ އިއުލާން ޝާއިއުކުރި ދުވަހުން ފެށިގެން 14 ދުވަހުގެ މުއްދަތެއްގެ ތެރޭގައި މިނިސްޓްރީއަށް ލިޔުމުން އަންގަން ވަނީ ބުނެފަ އެވެ.

މިއީ މި އަހަރުގެ ތެރޭގައި ރިސޯޓެއް ހަދަން ކުއްޔަށް ދީފައިވާ ރަށްތަކުގެ ތެރެއިން ވިއްކާލަން އިއުލާނުކުރި ދެވަނަ ރަށެވެ. އަނެއް ރަށަކީ ނ. ރާފުއްޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

ލޯނު ނުދެއްކުމުން މާލޭގެ ދެ ގެއެއް ސީބީއެމްއިން ވިއްކާލަނީ

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މާލޭގެ ދެ އިމާރާތެއް ނީލަމުގައި ވިއްކާލަން އެ ބޭންކުން ވަނީ އިޢުލާނުކޮށްފަ. މި ބިޑްތައް ފެށޭ އަގަކީ ހަތަރު މިލިއަން ރުފިޔާ ކަމަށްވާއިރު، މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ދަރަނި ހަލާސްނުކޮށްފިނަމަ މި މުދާ ވިއްކާލުމުގެ މަސައްކަތް ކުރިއަށް ދާނެ.

Newsletter

Get the latest news delivered straight to your inbox