ބ އަތޮޅުގެ ރިސޯޓުތަކުން ފިނޮޅުތަކުން ގަވައިދާ ހިލާފަށް މަންފާ ހޯދާތީ ފިޔަވަޅު އަޅަނީ

ބ އަތޮޅު ރައްތަކެއް:  ބ. އަތޮޅު ބަޔޮސްފިޔާ ރިޒާވަކީ ކައުންސިލްގެ ދަށުން ހިނގާ ތަނެއްގެ ގޮތުގައި ހަމަޖެއްސުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް އެ އަތޮޅު ކައުންސިލްތަކުން ވަނީ ގޮވާލާފައި-- ފޮޓޯ: ސޮކްސްކީ

ބ އަތޮޅު ރައްތަކެއް: ބ. އަތޮޅު ބަޔޮސްފިޔާ ރިޒާވަކީ ކައުންސިލްގެ ދަށުން ހިނގާ ތަނެއްގެ ގޮތުގައި ހަމަޖެއްސުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް އެ އަތޮޅު ކައުންސިލްތަކުން ވަނީ ގޮވާލާފައި-- ފޮޓޯ: ސޮކްސްކީ

ބ އަތޮޅުގައި ރިސޯޓުތައް ހިންގާ ކުންފުނިތަކުން ހުއްދަ ނުނަގާ ފިނޮޅުތަކާއި ފަޅުތަކުގެ އިތުރުން ފަޅުރައްތައް ބޭނުން ކޮށްގެން މާލީ މަންފާ ހޯދަމުންދާތީ ފިވަޔަޅު އަޅަން ނިންމާފައިވާ ކަމަށް އެ އަތޮޅު ކައުންސިލުން ބުނެފި އެވެ.

އެ އަތޮޅުގެ ހުރިހާ ރައްތަކެއްގެ ކައުންސިލުން އަތޮޅު ކައުންސިލާ ގުޅިގެން އެ އަތޮޅުގައި މިހާރު ބޭނުންކުރަން ނުފަށާ ހުރި ފަޅުތަކާއި ފިނޮޅުތަކާއި ފަޅުރަށްތަކާ ގުޅޭ ގޮތުންނާއި ފަޅުރައްތަކުގެ ހާލަތު ދެނެގަތުމަށް މަސައްކަތް ކުރި އެވެ.

އޭގައި ބައިވެރިވެ ގަރާރެއްގައި ސޮއި ކޮށްފައި ވަނީ އެ އަތޮޅު ކައުންސިލާއި، ކުޑަރިކިލި ކައުންސިލާއި، ކަމަދޫ ކައުންސިލާއި، ތުޅާދޫ ކައުންސިލާއި، ދަރަވަންދޫ ކައުންސިލާއި، ކިހާދޫ ކައުންސިލާއި، ކެންދޫ ކައުންސިލްގެ އިތުރުން ފެހެންދޫ ކައުންސިލެވެ.

އެ މަސައްކަތުން ފާހަގަކުރެވުނު ކަންކަމުގެ ތެރޭގައި:

  1. ވަރުވާއަށް ދޫކުރެވިފައިވާ ބައެއް ރަށްރަށް ކުނި އަޅައި ފުރާލާފައިވާކަން
  2. ހުއްދަ ނުނަގައި ބައެއް ރިސޯޓްތަކުން ފިނޮޅުތައް ބޭނުންކޮށް މާލީ މަންފާ ހޯދަމުންދާކަން
  3. ރިސޯޓް ހަދަން ދޫކޮށްފައިވާ ބައެއް ރަށްރަށުގައި އެއްވެސް މަސައްކަތެއް ކޮށްފައިނުވާކަން
  4. ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތައް އެންމެ އެކަށީގެންވާ ގޮތަށް ބޭނުންނުކުރާކަން

ކައުންސިލްތަކަށް ފާހަގަ ކުރެވުނު ކަންކަމަށް ބަލައި އަތޮޅުގައި އެއްވެސް ރިސޯޓެއް އިތުރަށް ނުހެދުމަށާއި އިތުރަށް އެއްވެސް ރިސޯޓެއް ހަދާނަމަ ހަދަން ހުޅުވާލަންވާނީ ބ. އަތޮޅު ކައުންސިލްގެ އިޒުނައެއް ހޯދުމަށް ފަހުގައި ކަމަށް ވަނީ ނިންމާފަ އެވެ.

އަދި އަތޮޅުގައި މިހާރު ވަރުވާއަށް ދޫކޮށްފައިވާ ރަށްތަކުގެ އެއްބަސްވުންތައް އަތޮޅު ކައުންސިލްގެ މައްޗަށް ބަދަލުކޮށް ދިނުމަށާއި އަތޮޅުން ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތައް މޮނިޓާކުރެވޭނެ ދައުރެއް އަތޮޅު ކައުންސިލަށް ހަވާލުކުރުމަށްވެސް ކައުންސިލްތަކުން ނިންމާފައި ވެއެވެ.

"އަތޮޅު ރަށްރަށުގެ އިހްތިސޯސްގެ ތެރެއަށް ނުވަދެހުރި ހުރިހާ ފަޅުތަކާއި ފިނޮޅުތަކާއި އަދި ފަޅުރަށްތައް ބެލެހެއްޓުން އަތޮޅު ކައުންސިލް ހަވާލުކުރުމަށާއި، ގަވާއިދާ ހިލާފަށް ބޭނުންކޮށްފައިވާ ރަށްތަކާމެދު ފިޔަވަޅުއެޅުމަށްވެސް ވަނީ ނިންމާފައި،: ކައުންސިލްތަކުން ސޮއިކޮށްފައިވާ ގަރާރުގައި ވެއެވެ.

މީގެ އިތުރުން ބ. އަތޮޅުގެ ބަޔޮސްފިޔާ ރިޒާވަކީ ކައުންސިލްގެ ދަށުން ހިންގާ ތަނެއްގެ ގޮތުގައި ހަމަޖެއްސުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ވަނީ ގޮވާލާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox